މާޔޫސްގެ އައްސޭރިން

ކުރިމަތީގައި އޮތް މާސިންގާ ބިޔަ ކަނޑަށް ބަލަންހުރި ޝަހީމާގެ ފަނޑުވެފައިވާ، އެހެނަސް ރީތި މޫނުގައިވާ ދެލޮލުން ފާއްދަމުން އޮހޮރެމުންދާ ކަރުނަތިކިތައް، ޖެހެމުންދާ ބާރު ފިނިވައިރޯޅި ތަކުގެ ސަބަބުން ގަނޑުވަމުންދާ ފަދައެވެ. އުސް ބިޔަ ރާޅުތަކުން އުފައްދަމުންދާ އަޑުފަތްގަނޑު އަންނަނީ ޝަހީމާއާ ކައިރިވަމުން އޭނާއަށް ހަނާއަޅަމުންނެވެ. އަދި އެރާޅުތަކުން...