ފަންނިއަރި ކަލޭގެ ބުނި ނަދުރުގެ ވާހަކަ
ފަންނިއަރި ކަލޭގެއަކީ ފޭރާންކުރާ މީހެކެވެ. މީނާ ފޭރާންކުރަން ދަނީ އިސްމެހެލާ ހެރައަށެވެ. މިމަސައްކަތްކުރަން މީނާ އިންނަނީ މިހާރުގެ އެޅަބެއްޔާ ރުއްދަނޑުގައި ހަދާފައި ހުންނަ ތަނެއްގައެވެ. މީނާގެ އާދައިގެމަތިން އެއްދުވަހަކު ފޭރާންކުރުމުގެ މަސައްކަތުގައި އަވަދިނެތި އެބައުޅެއެވެ. ދުވަހަކީ އާދަޔާއި ޚިލާފަށް ހޫނުގަދަދުވަހެކެވެ. އަމުދުން ވައިރޯޅިއެއްގެ ހިލަމެއްނެތެވެ. މެންދުރުވުމުން ހޫނުކަން އިހުނަށްވުރެވެސް ބޮޑުވިއެވެ. ގަދަހޫނުގެ ސަބަބުން މީނާ ހުރީ ވަރަށްބޮޑަށް ކަރުހިއްކައި ފެންބޮވައި ގެންފައެވެ. މިފަދަ ހާލެއްގައި ހުއްޓާ ކުއްލިއަކަށް ވަރަށްފިނި ވައިރޯޅިއެއް މީނާގެ ގައިގައި ބީހިލައިފިއެވެ. ވީއަރާމަކާއި އުފަލެއްގެ ބޮޑުކަމުން ބޭއިޚްތިޔާރުގައި މިކަލޭގެއަށް ބުނެވުނު ބަހަކީ އަދި މިކަހަލަ އެއްރޯޅި އަންނާދޭނވެއެވެ. މިބަސް ހަމަބޭރުވުމާއެކު ކުއްލިއަކަށް އެރި ނަގޫރޯޅިއެއްގައި މިކަލޭގެ ބިމުން ލުހި އިސްމެހެލާ ހެރައިގެ އެންމެދިގު ރުކަށްވުރެވެސް މަތީން ހިއްލާލައިގެންގޮސް ބޮނޑޮގަލާއާ ދިމާލުން ބޭރަށް ގެންގޮސްފިއެވެ. ހޭވަރިކަންވީއިރު މީނާއަށް ތިރިން ފެންނަނީ ކަނޑެވެ.
މިކަމާ ގަތްބިރެއްގެ ބޮޑުކަމުން ކުއްލިއަކަށް ނަދުރެއް ބުނެފިއެވެ. ތިމަންނާ އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން ބިންމަތީގައި ފައި ޖެހިއްޖެނަމަ އެޖެހުނު ތަނެއްގައި ފެންވަޅެއް ގާއިމްކުރާންކަމަށް ވައުދުވެއްޖެއެވެ. މާގިނަ އިރުތަކެއްނުވެ މިކަލޭގެ މަޑުމަޑުން ތިރިވަމުން ތިރިވަމުންއައިސް އެއްވެސް އަނިޔާއެއްނުވެ ބިންމައްޗަށް ތިރިވެއްޖެއެވެ. މީނާގެ ފައި ބިންމަތީގައި ޖެހުމުން އެތަން ވަރަށް ރަގަޅަށް ފާހަގަކޮށް ވަޅެއްކޮނެ ވަށައިގެން ގާޖަހައި މީސްތަކުންނަށް ބޭނުންކުރެވޭނެ ގޮތްވެސް ހަދައިފިއެވެ.
މިވަޅު ހުންނަނީ މީދޫގެ އިރު އުތުރު ސަރަހައްދު ނުވަތަ މާއެޅެ އޭރިއާގެ އަޑިގަނޑުގައެވެ. ގޮނޑުދޮށާއި މިވަޅާއި ދޭތެރޭގައި ހުންނާނީ ގާތްގަނޑަކަށް ސަތޭކަ މީޓަރެވެ. މިވަޅު ވަރަށް ފަހަކާޖެހެންދެންވެސް ހުއްޓެވެ. މިއީ ވަށައިގެން ހިރިގަލުން ހަދާފައިވާ ވަރަށް ކުޑަކުޑަ ވަޅެކެވެ. މިވަޅަކީ ވަރަށް ވެސް ފެން މީރު ވަޅެއްކަމަށް ކުރީ ޒަމާނުގެ މީހުން ބުނެއުޅެއެވެ. އަހުރެން ކުޑައިރު އެވަޅުގެ ކައިރިއަށްގޮސް އަތްފަޔާއި މޫނުދޮވެ އަދި ފެންބޮއެ ހަދަމެވެ. ވަޅުހުންނަ ސަރަހައްދަކީ އިހު ގަސްތައްބޯ ޖަންގަލީގެ އޭރިއާއެކެވެ. މިހާރު މިވަޅެއް ނެތެވެ. ވަޅު ހުރިތަން އެނގެއެވެ. މާވަހަރު އިބިރާ ކިޔާމީހަކު މިވަޅު ލުއްސާލައިގެން ގެންގޮސް އޭނާގެ ދަނޑަށް ފެން ދިނުމަށްޓަކައި އެދަނޑުގެ ކައިރީގައި ވަޅެއްކޮނެ ހިރިގަލުގެ ބައިތައް އެވަޅުގެ އަރިމަތީގައި ޖަހައި އަދި އޭގެމައްޗަށް ސިމެންތިން ކުޑަ ތަންކޮޅެއް ރާނައިގެން އެބަބޭނުންކުރެއެވެ. އާސާރީ ތަރިކައެއް މިބީދައިން މީނާ ހަލާކުކޮށް ހިތުހުރިގޮތަކަށް ބޭނުންކުރާއިރުވެސް ބަޔަކު އަޅައެއްނުލައެވެ.
ފަންނިއަރި ކަލޭގެ ވަޅޭ ބުނީމާ މިހާރުގެ ކުދީންނަށް އެއީ ކޮން ވަޅެއްކަން ނޭގިދާނެއެވެ. އެކަމަކު ކުރީގެ މީހުންނަށް އެވަޅުގެ ތާރީޚާއި އެވަޅާ ބެހޭ ހުރިހާ ވާހަކަތަކެއް އެނގޭނެއެވެ. ފަންނިއަރި ކަލޭގެއަކީ ކޮންދުވަސްވަރެއްގައި އުޅުނު މީހެއްކަން އެނގޭކަށް ނެތެވެ. އެކަމަކު ޔަގީންވަނީ އެމީހަކު އުޅުނީ މީގެ ހަތަރު ސަތޭކަ އަހަރަށްވުރެ ކުރީގެ ދުވަސްވަރެއްގައި ކަމެވެ.

Miee haadhahaa bodu ajaaibekeve… Fanniari kaleyge ah mi dhekkevee anekkaa Mu’ujizaatheh noon baavaeve…
GOOKEYL VADODHASHI HANDI akee falklandish handiyah dhee..mehen benee GOOKEYL au onna hedhi..hahahahaha
ފަންނިއަރިކަލޭގެ އުޅޭގޮތުން ސްޕައިޑާމޭން ވަރަށް ހަސަދަވެރިވޭ. އެޅަބެއްޔާ ރުއްދަނޑުގައި ސްޕައިޑާމޭން އާއި ފަންނިއަރި ކަލޭގެ ސަކަރާތްޖަހާއިރު އެސަރަހައްދުގެ ފަރުމަތީގައި އުޅޭ ލަނޑާތައްވެސް މި މަންޒަރުބަލަން ދެފެންދޭތެރޭގައި އުޅޭވަހަކަ އަޑުއިވޭ.
Safaru kaiydha mee meehunah malaamaaiy kurevey varuge meeheh kamakah nudheken… Meenaa hunna mila kamaai meehunnah meenaa kuraa jessumaai goanaa meenaayah hama neygenee baa…
ސަފަރު ކައްދަގެބާރު ހިނގާނީ ސަފަރު މަސްފެށުމުން. ވީމާ ލިބޭ ކުޑަވަގުތުކޮޅު ސަފަރު ކައްދަ ޖުނުބު ހިނައުމަކުން ވެސް ހިނާފައެއްނުވޭ. މިކަންވެސް ފަންނިއަރިކަލޭގެ އަށް އެނގޭނެތަ.!
miko maai dhaavagathaa..bala maai afiringe milhi aulaadhakeeyas hanaa baakiya nunaa…hudhu gameehah liyas mela ronga ronga hinnanei edafei..dhathah niungulhaashumaa..thats the trademark of our clan….
Asthaaa… Safaru kaiydha mee haadha mila, mududhaaru meehekey dho… Feneh nuvaraa, dhatheh nu’ungulhaa… Meenayaa kairivaanves aharemennakah vaa laahikeh noon…
I think thks is one of the most significant
information for me. And i am glad reading your article.
But should remark on few general things, The web site style is wonderful, the articles is really great :
D. Good job, cheers
my website :: Freeadx.in