ފޯކްލޯރުތަކުން ޓޫރިޒަމް ޕްރޮމޯޓްކުރަން ހުރަހެއްނޭޅޭނެ
ދުނިޔޭގެ ގިނަ ޤައުމުތަކުގައި ފޯކްލޯރުތައް ލިޔައެވެ. އެފަދައިން ދިވެހިރާއްޖޭގައިވެސް ފޯކްލޯރުތައް ލިޔައެވެ. އެފަދަ ފޯކްލޯރުތަކަކީ އެރަށެއްގެ ޓޫރިޒަމް ޕްރޮމޯޓްކެރުމަށް އެޅޭ ހުރަސްތަކެއް ނޫނެވެ. މީދޫ.ކޮމްގައިވާ ފޯކްލޯރުތަކީ މީދޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އެޅޭނެހުރަހެއް ނޫނެވެ. އެފަދަ ފޯކްލޯރުތަކުން ހުރަސްތަކެއް ހުރިކަމަށް ދޭހަވާފަދަގޮތަކަށް އެދާއިރާގެ އިއްޒަތްތެރި މެންބަރު ވިދާޅުވުމުން އެދާއިރާގެ ރައްޔިތުންގެ މައުލޫމާތަށްޓަކައި މިވާހަކަ ހިއްސާކޮއްލަމެވެ.
މީދޫ.ޑޮޓްކޮމް އަކީ އެއްވެސް ދުވަސްވަރެއްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި ހިންގާ ވެބްސައިޓެއް ނޫނެވެ. މި ވެބްސައިޓަކީ މީދޫގެ ތާރީޚާއި ސަގާފަތާ ގޫޅޭ ކަންތައް ދިރާސާކުރުމަށްފަހު އެފަދަ ލިޔުންތައް ލިޔެ ޝާއިއު ކުރުމަށްޓަކައި މީގެ 28 އަހަރު ކުރީން ހިންގަމުންއަންނަ ވެބްސައިޓެކެވެ. އޭގެ 2 އަހަރުފަހުން ޑޮމެއިންގައި ދިމާވި މައްސަލައެއްގައި މެދުކެނޑުނެވެ. އެއަށްފަހު އަލުން ވެބްސައިޓް ހިންގަމުން އައީއެވެ. އަމިއްލަ ފަރުދަކު ޝައުގު ހުރި ކަމެއްގެ ގޮތުން މިކަން ކުރަމުންއައީއެވެ. އެއަށްފަހު އެފަދަ ކަންކަމަށް ޝައުޤުވެރިވާ ބަޔަކު މިކަމުގައި ބައިވެރިވިއެވެ. އެގޮތުން އައްޑޫމީދޫއާ ބެހޭގޮތުން ފަހުގެ ގިނަބަޔަކަށް އެނގިފައިނުވާ މީދޫގެ ތާރީޚާއި، ސަގާފީ ތަރިކައާއި، ފޯކްލޯރ އަދި ޖޯގްރަފީއާ ގުޅޭ މުހިއްމު މަޢުލޫމާތު މި ވެބްސައިޓުން ފޯރުކޮށްދީފައިވާނެއެވެ.
މި ވެބްސައިޓް ތަރައްގީކޮށް ފަރުމާކުރަން އެކަށީގެންވާ ބަޖެޓެއް ބޭނުންވެއެވެ. މިހާރު ވެސް މި ވެބްސައިޓްގެ އޯނަރޝިޕް އޮންނަ ފަރާތުން މި ސައިޓަށް ކޮންމެ އަހަރެއްގެ މައްޗަށް 150 ވަރަކަށް ޑޮލަރު ޚަރަދުކުރެއެވެ. އެއީ ޑޯމެއިން އާއި ވެބް ހޯސްޓިން އަށެވެ. އައްޑޫމީދޫގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުންފަދަ ގޮތަކަށް މި ވެބްސައިޓް ތަރައްގީކުރަން މިހާތަނަށް އެއްވެސް ފަރާތަކުން ފަންޑެއް ލިބިފައި ނުވެއެވެ. އަދި އެފަދަ ވާހަކައެއް ދެކެވިފައިވެސް ނުވެއެވެ.
މީދޫ. ކޮމް އަކީ މީދޫގެ އިތުރުން އައްޑުއަތޮޅުގެ އެހެނިހެން ރަށްރަށުގެ ތާރީޚާއި، ސަގާފީ ތަރިކައާއި، ފޯކްލޯރ އަދި ޖޯގްރަފީއާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ އެންމެ އިތުބާރު އެއް މަސްދަރެވެ. މި ވެބްސައިޓުގައި މީދޫގެ ތާރީޚީ ފަސްމަންޒަރާއި، ސަގާފީ އާދަކާދަތަކާއި، އާސާރީ ބިނާތަކާއި، ތިމާވެށީގެ ޚާއްސަ ސިފަތަކާ ގުޅޭގޮތުން ފުންކޮށް ދިރާސާކޮށް އެއްކުރެވިފައިވާ މުއްސަނދި މައުލޫމާތުތަކެއް ހިމެނެއެވެ. މީގެއިތުރުން، މުޅި ރާއްޖޭގެ ތާރީޚާ ގުޅުންހުރި މުހިންމު ބައެއް ހާދިސާތަކާއި މައުލޫމާތު ވެސް މިސައިޓުން ފެންނަން އެބަހުއްޓެވެ.
ދިވެހިރާއްޖޭގެ ރަށްރަށުގެ ތާރީޚީ ގިނަ މައުލޫމާތަކީ އަދިވެސް އަނގަބަހުން ކިޔައިދެވޭ ވާހަކަތަކުގެ ގޮތުގައްޔާއި، އާއިލީ އަތުލިޔުންތަކުގެ ގޮތުގައި ހުރި ތަކެއްޗަކަށް ވާތީ، މީދޫ.ކޮމް ފަދަ ވެބްސައިޓް ތަކުން އެ އިލްމު އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގައި އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ.
ރަށު ފެންވަރުގެ ތާރީޚަށް އަހުލުވެރިވާން ބޭނުން މީހުންނާއި ދިވެހި ތާރީޚު އުނގެނޭ ދަރިވަރުންނަށް މިސައިޓުން އަންނަނިވި ދާއިރާތަކުން މައުލޫމާތު ލިބޭނެއެވެ.
* މީދޫ އާއި އައްޑޫ އަތޮޅުގެ ތަރައްގީގެ މަރުހަލާތައް
* ގަދީމީ އާބާދީތަކާއި އޭރުގެ ދިރިއުޅުމުގެ ވައްޓަފާޅި
* ރާއްޖޭގައި އިސްލާމީ އިލްމު ފެތުރުމުގައި މީދޫގެ އިލްމުވެރިން އަދާކުރެއްވި ދައުރު. ކޯގަންނު ގަބުރުސްތާނާއި، މަތިކިޅި އަދި ވޭރާނޑު ފަދަ ތާރީޚީ ތަންތަނާ ގުޅޭ ތަފްސީލު.
* ސަގާފީ އިލްމު އާލާކުރުން
* މި ވެބްސައިޓުގައި ހިމެނޭ ފޯކްލޯރ، ކެއިންބުއިމުގެ އާދަކާދަ، އަދި އިހުގެ ދިރިއުޅުމުގެ ތަޖުރިބާތަކަކީ އިޖުތިމާއީ އަދި ބަހަވީ ދިރާސާތަކަށް ބޭނުންވާނެ އަގުހުރި މައުލޫމާތުތަކެކެވެ.
ތިމާވެއްޓާއި ޖޯގްރަފީގެ ދިރާސާ
* ރަށުގެ ގުދުރަތީ ސިފަތަކާއި، ކުޅި އަދި ކަނޑޫފާ ފަދަ ތަންތަނާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތަކަކީ ތިމާވެށީގެ ދިރާސާތަކަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ މުހިންމު މަސްދަރެކެވެ.
* އިލްމީ ދިރާސާވެރިންނަށް ހުރި މުހިންމުކަން
* ވެބްސައިޓަކީ ދިރާސާވެރިންނަށް ބޭނުންތެރި “ޑިޖިޓަލް ޚަޒާނާ” އެކެވެ.
* އާއިލީ ވަނަވަރާއި އިޖުތިމާއީ ދިރާސާ
* ރާއްޖޭގެ ދެކުނުގެ ރަށްރަށުގެ އާއިލީ ގުޅުންތަކާއި، ހިޖުރަކުރުމުގެ ތާރީޚާއި، އިޖުތިމާއީ އޮނިގަނޑު ދެނެގަތުމަށް މި ވެބްސައިޓްގެ އެހީތެރިކަން ބޮޑެވެ.
* ތާރީޚީ ތަފާތު ތަަަސައްވުރެއް
* ދިވެހި ތާރީޚު އާންމުކޮށް ލިޔެވިފައި ހުންނަނީ މަރުކަޒީ ސަރުކާރު ބުރަވާ ގޮތަށެވެ. ނަމަވެސް މީދޫ.ކޮމް ފަދަ ސައިޓްތަކުން ރާއްޖޭގެ ދެކުނުގެ ރަށްރަށުގެ ތާރީޚީ ތަޖުރިބާތައް ހާމަކޮށްދިނުމަކީ ތާރީޚީ މިންގަނޑުން ބަލާއިރު ވަރަށް މުހިންމު ކަމެކެވެ.
* ތަރިކަ ރައްކާތެރިކުރުމުގެ ޚިދުމަތް
* މި ވެބްސައިޓަކީ “ޑިޖިޓަލް އާކައިވް” އެއްގެ ގޮތުގައި މަސައްކަތްކޮށް، އަންނަން އޮތް ޖީލުތަކަށް ތާރީޚީ ބިނާތަކާއި، އާދަކާދަތަކާއި، އަދި ރަށުގެ ނަންނަން ފަދަ މުހިންމު ތަރިކަ ރައްކާތެރިކޮށްދޭ މަސްދަރެކެވެ.
* ފާހަގަކޮށްލަންޖެހޭ މުހިންމު ކަންތައްތައް
* މި ވެބްސައިޓަކީ ނުހަނު އަގުހުރި މައުލޫމާތުތަކެއް ހިމެނޭ ސައިޓަކަށް ވިޔަސް، ދިރާސާވެރިން އަންނަނިވި ކަންކަމަށް ސަމާލުވުން މުހިންމެވެ.
* ބައެއް މައުލޫމާތުތަކަކީ އަނގަބަހުން ރިވާވެފައިވާ ވާހަކަތަކަށް ވުން އެކަށީގެންވެއެވެ.
* ހުރިހާ ލިޔުމެއްގައި އެކަޑެމިކް ރެފަރެންސް (މަސްދަރު) ފުރިހަމައަށް ހިމެނިފައި ނުވެދާނެއެވެ. އެހެންކަމުން، ރަސްމީ ލިޔުންތަކާއި އާސާރީ ހެކިތަކާ އަޅާކިޔައިގެން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ އެދެވިގެންވާ ކަމެކެވެ.
ނިންމައިލުން
މީދޫ.ކޮމް އަކީ ދިވެހި ތާރީޚާއި ސަގާފަތް ދިރުވައި އާލާކުރުމުގައި އަގުނުކުރެވޭ ފަދަ ޚިދުމަތެއް ކުރަމުންދާ ޕްލެޓްފޯމެކެވެ. މިއީ ދަރިވަރުންނަށް އުނގެނުމުގެ މަސްދަރެއްގެ ގޮތުގައި އަދި ދިރާސާވެރިންނަށް މުހިންމު މަރުޖިއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ތަރިކަ ރައްކާތެރިކުރާ ތަނެކެވެ. މި ވެބްސައިޓް އިތުރަށް ތަރައްގީކޮށް ދެމެހެއްޓުމަކީ މުސްތަގުބަލުގެ ޖީލުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެކެވެ.

މީގެ 28 އަހަރު ކުރީގެ ޙާލަތައް ވިސްނަވާލައިފިނަމަ އެއީ މީދޫގެ މުޅި އާބާދީއަށް ބައްލަވައިލެއްވިޔަސް އިންޓަރނެޓާއި ވެބްސައިޓަކީ ކޯޗެއްކަން މަދު ބަޔަކު ނޫނީ ދަންނަ ޒަމާނެއްނޫން. ޒަމާނީ ވެބްސައިޓު ތަކުގައި ބޭނުން ކުރާ ފަހުގެ “ފްރޮންޓް އެންޑް ފްރޭމްވޯކު” ތަކާއި “ލައިބްރަރީ” ތައް ހުރި ޒަމާނެއްނޫން. “އޭއައި ޕްރޮމްޕްޓަކުން” ވެބްސައިޓު ހެދުނު ޒަމާނެއްނޫން. އެހެން ކަމުން 28 އަހަރުކުރިން ހިންގަމުން އައި މިވެބްސައިޓަކީ ބުނެވޭނީ ހަބޭސް ސައިޓެކޭ! ސައިޓުގައި ހުރި މަޢުލޫމާތުތަކަކީ ކިތައްމެހައިވެސް މުއްސަނދި މަޢުލޫމާތުތަކެއް. “މޮޑާން ލުކް” އެއީ ހަތަރުކަން ހަމަވާ ހިސާބުކަމުގައި ހީފުޅުވެލައްވާނަމަ “ވިކިޕަިޑިއާ.ކޮމް” އަދި “ގޮވް.ޔޫކޭ” ފަދަ ވެބްސައިޓުތަކަށް ޒިޔާރަތްކޮއްލައްވާ