އައިސާބީގެދަރު އަޙުމަދު ދީދީ ލިޔުއްވި ފިޤުހު ފިލާވަޅެއްގެ ނަކަލު

ތިރީގައި ލިޔެވިފައި އެވަނީ ފަޟީލަތުއްޝައިޚް އަޙުމަދު ދީދީ އިބްނު އިބްރާހިމް ލިޔުއްވި ފިޤުހު ފިލާވަޅެއްގެ ނަކަލެކެވެ. “ޝާފިޢީ މަޛްހަބުގައި ޙުކުމް ބަޔާންކޮށް ފަތުވާ ދިނުމުގައި އެންމެ މުޢުތަބަރު ކަންބޮޑީ ދެޝައިޚުން އިއްތިފާޤުވާގޮތެވެ. ދެން އަލް އިމާމުއްނަވަވީ އެވެ. އަލްއިމާމުއް ރާފިޢީއެވެ. ދެން ގިނަބޭކަލުން އިއްތިފާގުވާގޮތެވެ. ދެން ޢިލްމާއި ވަރަޢައިގެ ގޮތުން އެންމެ އަރާހުންނެވި އިމާމެއްގެ ފަތުވާއެވެ. އަލްމަރްޙޫމް ބަކްރަމަﷲ އައްޝައިޚުއްދިމްޔާޠީ އެކަލޭގެފާނުގެ ފަތުވާއޭ ކިޔުނުފޮތުގައި ލިޔުއްވާފައިވެޔޭ އިބްނު ޙަޖަރު، ރަމަލީއިމާމު، ޝައިޚުލް އިސްލާމް، އަލްޚަޠީބު، އިބްނު ޤާސިމު، އަލް މަހައްލީ، އައްޒައްޔާދީ، ޝަބްރާމަލްސީ، އިބްނު ޒިޔާދުލް ޔަމަނީ، ޤަލްޔޫބީ، އައްޝައިޚް ޙުޟަރު މި އެންމެ ބޭކަލުންގެ ފަތްފޮތްތައް މުޢުތަބަރެވެ. އަދި އަލްޢައްލާމާ އައްޝައިޚް ސަޢީދު ބުން މުޙައްމަދު ސުންބުލިލްމައްކީ އާއި ކުރެވުނު ސުވާލުތަކަކަށް ޖަވާބުދެއްވަމުން އެކަލޭގެފާނު ބުނުއްވިގޮތުގައި މި ފޮތްތަކުގެ ތެރެއިން އެންމެ އިސްކަން ދެވޭނީ އައްތުޙުުފާއާއި އައްނިހާޔަތު އަށެވެ. މައްސަލައަކަށް ބަލާއިރު ދެފޮތުގެ މެދުގައި ޚިލާފުހުރި މައްސަލައަކަށްވެފައި، މުފުތީއަކީ ތަރްޖީހު ކުރެވޭ ފެންވަރުގެ މީހެއްނަމަ އެމީހާގެ މައްޗަށްއޮތީ ބޮޑަށް ބުރަވާގޮތް އިޚްތިޔާރުކުޅައުމެވެ. ދެން އެއަށްފަހު ޝައިޚުލް އިސްލާމުގެ ބަހްޖަތުއެވެ. ކިޔުނުފޮތުގެ މައްޗަށް ލިޔުއްވި ޝަރަޙުއްޞަޣީރެވެ. ދެންއޭނާގެ ޝަރަހުލް މަންހަޖެވެ. އެކަމަކު އޭގައި ޟަޢީފު މައްސަލަތަކެއް ހިމެނެއެވެ. އިބްނު ޙަޖަރުގެ ފޮތްތަކުގެ މެދުގައި ޚިލާފެއްހުރިނަމަ އިސްކަންދެވޭހުށީ ތުހުފާއަށެވެ. ދެން ފަތުހުލް ޖަވާދެވެ. ދެން އިމްދާދެވެ. ފަތަވާއާއި ޝަރަޙުލްޢުބާބު ހަމަހަމައެވެ. އެކަމަކު އެންމެ ރަނގަޅު ޝަރަޙައަކާއެކު ފަހުގެ ޢިލްމުވެރީންގެ ޙާޝިޔާތައް (ޢާއްމުގޮތެއްގައި ރަމަލީ އިމާމުގެ ފަތަވާއާއި އެއްގޮތްވާ ) މުޢުތަބަރުއެވެ. ތުހުފާއާއި ނިހާޔަތާއި ދެފޮތާ ޚިލާފުވާނަމަ މުޢުތަބަރެއްނޫނެވެ.

ބައެއްބޭކަލުން ބުނުއްވި ގޮތުގައި މަޛްހަބުގެ އުޞޫލުތަކާއި ޚިލާފު ރައުޔަކަށް ބުރައެއްނުވެވޭނެއެވެ. ޙަވާޝީ ތަކުގެ ތެރެއިން އެންމެ އިސްކަންދެވޭނީ އައްޒިޔާދީ އަށެވެ. ދެންއިބްނު ޤާސިމަށެވެ. ދެން ޢުމައިރާއަށެވެ. ދެން ބާކީ ތިއްބެވި ބޭކަލުންގެ ޙަވާޝީތަކެވެ. ޟަޢީފު ޤައުމަކަށް ފަތަވާދިނުން ހުއްދައެއްނޫނެވެ. ނަމަވެސް އަމިއްލަ ނަފްސުގެ ޙައްޤުގައި ޢަމަލުކުރުން ހުއްދައެވެ. ދަންނައެ، ހަތަރު މަޛްހަބުގެ ހަތަރު އިމާމުންގެ މަޛްހަބު ތައް ރަނގަޅެވެ. ޞައްޙައެވެ. މިއީ “ނަވަވީ ބޭސް” މި މައުޟޫޢުގައި ލިޔުއުއްވައި މާނަކުރެއްވި ޙަދީޘެކެވެ. وقال صلى الله عليه وسلم ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘުކުރެއްވިއެވެ. فتحة الكتاب އަލްޙަމްދީ شفاء ބޭހެވެ. من كل داء ކޮންމެބައްޔަކަށް އަދި ވިދާޅުވިޔާއެވެ. في البطيخ ކަދޫގައި ހުއްޓެވެ. عشر خصال ދިހަކަމެއް هوއެއީ طعام ކެއުމެކެވެ. وشراب ބުއިމެކެވެ. وريحان މީރުވަސް ދުވާ އެއްޗެކެވެ. وفاكة މޭވާއެކެވެ. واشنان އަލިކުރާއެއްޗެކެވެ. يغسل البطن ބަނޑުދޮވެލާނެއެވެ. ويزيد في الجماع ބުރިކަށީގެ ފެންގިނަކޮއްފާނެއެތެވެ. ޖިމާޢުވުމުގައި އިތުރުވާނެތެވެ. ويقطع الأبردة ފިނިކަން ކަނޑައިފާނެތެވެ. وينقي البشرة ހަންގަނޑު ސާފުކޮށްފާނެތެވެ. تحفةالمرضية

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!