ދޮށީ ދީދީ ފުރެއްދެ އަލަ މެލުވަން ދަސްކޮށްދިން ވާހަކަ

ދޮށީ ދީދީ ނުވަތަ އައިސާ ދީދީ މަގުމަތީން ހިންގަވާފައި ވަޑައިގަންނަވާއިރު އެ ދީދީއަށް ވުރެ ކުރީގައި ހުރެގެން އެއްވެސް މީހަކު މަގުމަތިން ހިނގާފައި ދިއުމަކީ އަދަބާއި ޚިލާފް ކަމެކެވެ. އެއީ އެދުވަސްވަރުގެ އާދަކާދައެވެ. މީދޫ މީހުން އެކަމަނާ އަށް ލޯބިކޮށް އެހާމެ ޤަދަރު ވެސް ކުރެއެވެ. އެކަމަނާގެ ކީރިތިކަމާއި މޫރިތިކަން އެހާވެސް ބޮޑެވެ. އެކަމަނާ މަގުމަތީން ހިންގަވާފައި ވަޑައިގަންނަވާއިރު އެކަމަނާގެ ކުރީގައި ހުރެގެން މީހަކު ހިނގާފައި ދާނަމަ އެކަމަނާ ކަރުކެހިލައެވެ. އެކަމަނާގެ އަޑު އިވުމާއެކު އެމީހަކު އެނބުރި ބަލާފައި އަދަބުވެރިކަމާއެކު މަގުގެ އެއްފަރާތުގައި މަޑުކޮށްލާނެއެވެ. އެ ކަމަނާ އެމީހަކުގެ ކުރިއަށް އަރާވަޑާއިގަތުމުން މެނުވީ އެމީހަކު ހުންނާނީ ކިޔަމަންތެރިކަމާއެކު މަގުގެ އެއްފަރާތުގައި މަޑުކޮށްގެންނެވެ. އެ ކަމަނާގެ ފަހަތުން ނޫނީ އެއްވެސް މީހަކު ހިނގާފައި ނުދާނެއެވެ. މިހާ މަތިވެރި ކަނބަލަކަށް އެކަމަނާ ވުމުގެ ސަބަބެއްކަމަށް ބެލެވެނީ އެކަމަނާގެ ކާފާފުޅަކީ އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީން ކަމަށްވެފައި އެކަމަނާގެ ބައްޕާފުޅަކީ ދެކުނުގެ އަތޮޅުތަކުގެ ހުރި އެންމެ އިސްވެރިޔާ ކަމަށްވެފައި އަދި އެކަމަނާގެ ފިރިކަލުން މީދޫ އައްނާއިބު މުޙައްމަދު ތައްކާނަކީ މީދޫގެ ޤަދަރުވެރި ބޭކަލަކަށްވުމެވެ.

އެއްދުވަހަކު މިކަމަނާގެ ޢިއްޒަތުގައި މަގުމަތީން ހިންގަވާފައި ވަޑައިގެން އަސެއިސާގެ އަށް ވަދެވަޑައިގެން އެގޭބަދިގެއާ ކައިރިއަށް ގޮސް ބަދިގޭގައި އިން އާމިނަތަށް ގޮވާލައްވައިފިއެވެ. އެހެނަސް އާމިނަ މި ގޮވައިލެއްވުމަށް ޖަވާބެއް ނުދިނެވެ. ދެވަނަ ފަހަރަށް އެކަމަނާ ގޮވާލެއްވިއެވެ. މިގޮވައިލެއްވުމަށް ވެސް އާމިނަ ޖަވާބެއްނުދިނުމުން ތިންވަނަ ފަހަރު އެކަމަނާ ގޮވާލެއްވީ ވަރަށް ކޯފާވެހުރެއެވެ. އެހިނދު އާމިނަ ރޮއިހޭރި އާދޭސް ކޮށްފައި ދެންނެވިއެވެ. ސާހިބާ ކަމަނާއެވެ. އަޅުގަޑަށް މަޢާފް ކުރައްވާށެވެ. ކަމަނާ ގޮވައިލެއްވުމުން އަޅުގަނޑު އަނގައިން ނުބުނެ ހުންނަންޖެހުނީ އަޅުގަނޑު މިހުރީ ފުރެއްދެއަލަ މެލުވަން ވެގެންނެވެ. އެކަމަނާ ވިދާޅުވިއެވެ. އަލަ މެލުވަންހުރެ އަނގައިން ނުބުނެވެނީ ހެއްޔެވެ. އާމިނަ ބުންޏެވެ. ކަމަނާއެވެ. އަލަ މެލުވަންހުރެ ވާހަކަ ދައްކައިފިނަމަ ވާގޮތަކީ މި މެލުވާ އަލަ ކާއިރު އަނގަ ކަހާ ވަރުން އެއިން އެންމެ އެތިކޮޅެއްވެސް ނުކެވޭނެތީއެވެ. މިހެން ބުނުމުން މިކަމަނާ ހިނިފުޅުވަޑުވާލައްވާފައި ވިދާޅުވިއެވެ. އާމިނަ އަލަ މެލުވާ ގޮތް ނިކަން ތިމަންނައަށް ބުނެދީ ބަލާށެވެ. އެހިނދު އާމިނަ އަލަ މެލުވާ ގޮތް އެކަމަނާއަށް ކިޔައިދެމުން ބުންޏެވެ. އަލައިގެ ތޮށި މަށާލައި ތެލީގެ ތެރެއަށް ފެންއަޅައި ކެޔޮފަތުން ވަށައިގެން އަލަ ކަވަރުކޮށް ބަނދުކޮށް އަލައިގެ ބޭރުން ކެޔޮފަތްއަޅައި ކެޔޮފަތުގެ ބޭރުން ބޮނބި އަޅައި ބޮނބީގެ ބޭރުން ގާއަޅާއި ފޫސްމަ ބަންދުވާ ގޮތަށް ހެދުމަށް ފަހު އުނދުނުގައި އަލިފާން ރޯކޮށްގެން އަލަ ކައްކައި ނިމެންދެން އަނގައިން ނުބުނެ ހުންނަނީއެވެ. އަލަ ކައްކަން ހުރެ އެއްވެސް ވާހަކައެއް ދައްކައިފިނަމަ އެ އަލަ ކާއިރު އަނގަ ކަހާވަރު އެއިން އަލަކޮޅެއް ނުކެވޭނެއެވެ.

އެކަމަނާ ހިނިފުޅު ވަޑުވާލެއްވުމަށް ފަހު ވިދާޅުވިއެވެ. ހުރިހާ އަލަތައް އުނދުނުން ބައިލާފައި ތިމަންނަ ކާރިއަށްގެނެސް ދޭށެވެ. އާމިނަ، އެކަމަނާ އެދުނު ފަދައިން އުނދުނުން އަލަ ލޯގަނޑު ބާލައި އެ އަލަތަށް އެކަމަނާގެ އަރިހަށް ގެނެސް ދިނުމުން ވަޅިއެއް ހޯދައިގެން އެ އަލަތަށް ކުރިން މަށާފައި ހުރި ވަރަށް ވުރެން ބަޮޑަށް މަށައި އަލައިގައިހުރި މުލުގެ ނިޝާންތައް ފިލަންދެން މަށައި ދިނުމަށްފަހުު އެކަމަނާ ވިދާޅުވިއެވެ. ކުޑަ ކުޑަ ދެ ބަނބުކެއު ފަތާއި ގަނޑުއަޅި ކޮޅަކާއި ކެއުރިޔާން ފަށަކާއި އިލޮށިގަނޑަކާއި ގެނެސް ދޭށެވެ. އާމިނަ އެތަކެތި ގެނެސް އެކަމަނާ އަތަށް ދިނުމުން ބަނބުކެޔޮފަތަށް ގަނޑުއަޅިކޮޅު އަޅައި ފަށްޖަހައި އެފަތުގެ ބޭރުން ކެއުރިޔާންފަށުން ބަނދެ އެބަން ފަތުގައި އިލޮށިގަނޑުން ބާތަކެއް ކަނޑުއްވައި ވިދާޅުވިއެވެ. އަލަ މެލުވާ ތެއްޔަށް ފެން އަޅަައި އޭގެތެރެއަށް މި އަޅިގަނޑު އަޅައި އަލަތައް ތެލީގެ ތެރެއަށް އަޅުއްވާފައި އާމިނަ އަށް ވިދާޅުވިއެވެ. އުނދުނުގައި އަލިފާން ރޯކޮށް އަލުން އަލަ މެލުވަންވީއެވެ. އަދި ކަލޭ ބޭނުންވާ ވާހަކަ އެއް ދައްކާށެވެ. މިކަމަނާ އެންގި ފަދައިން އާމިނަ އަލަ މެލުވިއެވެ. އަލަ މެލުވައި ނިމުުން އެއަލަތަށް އާމިނައާއި އެހިސާބުގެ އެތަށް ބަޔަކަށް ކާންދީފިއެވެ. އެއްވެސް މީހެއްގެ އަނގައެއް ނުކަހައެވެ. އެދުވަހުން ފެށިގެން މިއަދާހަމައަށް ވެސް އެމީހުން ފުރެއްދެ އަލަ މެލުވަނީ ދޮށީ ދީދީ ދަސް ކޮށް ދެއްވި ފަދައިންނެވެ.

އެއްދުވަހަކު މިކަމަނާގެ ޢިއްޒަތުގައި މަގުމަތީން ހިންގަވާފައި ވަޑައިގެން އަސެއިސާގެ އަށް ވަދެވަޑައިގެން އެގޭބަދިގެއާ ކައިރިއަށް ގޮސް ބަދިގޭގައި އިން އާމިނަތަށް ގޮވާލައްވައިފިއެވެ. އެހެނަސް އާމިނަ މި ގޮވައިލެއްވުމަށް ޖަވާބެއް ނުދިނެވެ. ދެވަނަ ފަހަރަށް އެކަމަނާ ގޮވާލެއްވިއެވެ. މިގޮވައިލެއްވުމަށް ވެސް އާމިނަ ޖަވާބެއްނުދިނުމުން ތިންވަނަ ފަހަރު އެކަމަނާ ގޮވާލެއްވީ ވަރަށް ކޯފާވެހުރެއެވެ. އެހިނދު އާމިނަ ރޮއިހޭރި އާދޭސް ކޮށްފައި ދެންނެވިއެވެ. ސާހިބާ ކަމަނާއެވެ. އަޅުގަޑަށް މަޢާފް ކުރައްވާށެވެ. ކަމަނާ ގޮވައިލެއްވުމުން އަޅުގަނޑު އަނގައިން ނުބުނެ ހުންނަންޖެހުނީ އަޅުގަނޑު މިހުރީ ފުރެއްދެއަލަ މެލުވަން ވެގެންނެވެ. އެކަމަނާ ވިދާޅުވިއެވެ. އަލަ މެލުވަންހުރެ އަނގައިން ނުބުނެވެނީ ހެއްޔެވެ. އާމިނަ ބުންޏެވެ. ކަމަނާއެވެ. އަލަ މެލުވަންހުރެ ވާހަކަ ދައްކައިފިނަމަ ވާގޮތަކީ މި މެލުވާ އަލަ ކާއިރު އަނގަ ކަހާ ވަރުން އެއިން އެންމެ އެތިކޮޅެއްވެސް ނުކެވޭނެތީއެވެ. މިހެން ބުނުމުން މިކަމަނާ ހިނިފުޅުވަޑުވާލައްވާފައި ވިދާޅުވިއެވެ. އާމިނަ އަލަ މެލުވާ ގޮތް ނިކަން ތިމަންނައަށް ބުނެދީ ބަލާށެވެ. އެހިނދު އާމިނަ އަލަ މެލުވާ ގޮތް އެކަމަނާއަށް ކިޔައިދެމުން ބުންޏެވެ. އަލައިގެ ތޮށި މަށާލައި ތެލީގެ ތެރެއަށް ފެންއަޅައި ކެޔޮފަތުން ވަށައިގެން އަލަ ކަވަރުކޮށް ބަނދުކޮށް އަލައިގެ ބޭރުން ކެޔޮފަތްއަޅައި ކެޔޮފަތުގެ ބޭރުން ބޮނބި އަޅައި ބޮނބީގެ ބޭރުން ގާއަޅާއި ފޫސްމަ ބަންދުވާ ގޮތަށް ހެދުމަށް ފަހު އުނދުނުގައި އަލިފާން ރޯކޮށްގެން އަލަ ކައްކައި ނިމެންދެން އަނގައިން ނުބުނެ ހުންނަނީއެވެ. އަލަ ކައްކަން ހުރެ އެއްވެސް ވާހަކައެއް ދައްކައިފިނަމަ އެ އަލަ ކާއިރު އަނގަ ކަހާވަރު އެއިން އަލަކޮޅެއް ނުކެވޭނެއެވެ.

އެކަމަނާ ހިނިފުޅު ވަޑުވާލެއްވުމަށް ފަހު ވިދާޅުވިއެވެ. ހުރިހާ އަލަތައް އުނދުނުން ބައިލާފައި ތިމަންނަ ކާރިއަށްގެނެސް ދޭށެވެ. އާމިނަ، އެކަމަނާ އެދުނު ފަދައިން އުނދުނުން އަލަ ލޯގަނޑު ބާލައި އެ އަލަތަށް އެކަމަނާގެ އަރިހަށް ގެނެސް ދިނުމުން ވަޅިއެއް ހޯދައިގެން އެ އަލަތަށް ކުރިން މަށާފައި ހުރި ވަރަށް ވުރެން ބަޮޑަށް މަށައި އަލައިގައިހުރި މުލުގެ ނިޝާންތައް ފިލަންދެން މަށައި ދިނުމަށްފަހުު އެކަމަނާ ވިދާޅުވިއެވެ. ކުޑަ ކުޑަ ދެ ބަނބުކެއު ފަތާއި ގަނޑުއަޅި ކޮޅަކާއި ކެއުރިޔާން ފަށަކާއި އިލޮށިގަނޑަކާއި ގެނެސް ދޭށެވެ. އާމިނަ އެތަކެތި ގެނެސް އެކަމަނާ އަތަށް ދިނުމުން ބަނބުކެޔޮފަތަށް ގަނޑުއަޅިކޮޅު އަޅައި ފަށްޖަހައި އެފަތުގެ ބޭރުން ކެއުރިޔާންފަށުން ބަނދެ އެބަން ފަތުގައި އިލޮށިގަނޑުން ބާތަކެއް ކަނޑުއްވައި ވިދާޅުވިއެވެ.  އަލަ މެލުވާ ތެއްޔަށް ފެން އަޅަައި އޭގެތެރެއަށް މި އަޅިގަނޑު އަޅައި އަލަތައް ތެލީގެ ތެރެއަށް އަޅުއްވާފައި އާމިނަ އަށް ވިދާޅުވިއެވެ. އުނދުނުގައި އަލިފާން ރޯކޮށް އަލުން އަލަ މެލުވަންވީއެވެ. އަދި ކަލޭ ބޭނުންވާ ވާހަކަ އެއް ދައްކާށެވެ. މިކަމަނާ އެންގި ފަދައިން އާމިނަ އަލަ މެލުވިއެވެ. އަލަ މެލުވައި ނިމުުން އެއަލަތަށް އާމިނައާއި އެހިސާބުގެ އެތަށް ބަޔަކަށް ކާނދީފިއެވެ. އެއްވެސް މީހެއްގެ އަނގައެއް ނުކަހައެވެ. އެދުވަހުން ފެށިގެން މިއަދާހަމައަށް ވެސް އެމީހުން ފުރެއްދެ އަލަ މެލުވަނީ ދޮށީ ދީދީ ދަސް ކޮށް ދެއްވި ފަދައިންނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *