އަހުރެންނަށް ހިމާޔަތްދިން މިސްކިތްދާރައިގެ ވާހަކަ

އެކުވެރިންނޭވެ. މިއީ ހަމަ ސީދާ އަހުރެންނަށް ދިމާވި ސާފުތެދު ހަގީގީ ވާހަކައެކެވެ. ފޮނިތޮށިކޮޅެއް ހަވާދުކޮޅެއް ހަކުރުކޮޅެއް ލައިގެން ރަހަ ހެޔޮވަރުކުރަން އެއްވެސް މަސައްކަތެއް ނުކުރާހުށީމެވެ. ލިޔާނީ ހަމަ ފެނުނުގޮތަށް ކަޅާއި ހުދުންނެވެ. ފިހިގަނޑަކުން ތަފާތު ކުލަތަކެއް ޖައްސާކަށެއްވެސް ނޫޅޭނަމެވެ. މިއީ ބިރުވެރި ވާހަކައެކެވެ. ހަންޑި ވާހަކައެކެވެ.

މިސްކިތްދާރައަކީ މިސްކިތުގެ ތެރޭގައި އުޅޭކަމަށް ބޯދާޒަމާނުގައި ބުނެއުޅޭ ޚިޔާލީ ދެއްވެކެވެ. އަނެއްބަޔަކު ސިފަކުރަނީ މިސްކިތްދާރައަކީ ރާއްޖެ އިސްލާމް ވުމަށްފަހުގައި އުފެދުނު ދެއްވެއްކަމަށެވެ. މިއީ މުއުމިން (އިސްލާމް) ޖިންނިއެއްކަމަށްވެސް ބުނެއުޅެއެވެ. އޭތީގެ ސަބަބުން އެއްވެސް ނުބައިކަމެއް މެދުވެރި ނުވާނެކަމަށްވެސް ބުނެވެއެވެ.

މިސްކިތްދާރަ ފެނިފައިވަނީ އަދި ފެންނަނީވެސް ވަރަށް މަދުބަޔަކަށެވެ. މިސްކިތްދާރަ ފެންނާނީ ހުދުކުލައާއި މުށިކުލައިގެ ބުޅަލެއްގެ ސިފައިގައެވެ. ބައެއް މީހުންނަށް މިބުޅާ ފެންނާނީ ރޭގަނޑުގެ ވަގުތުތަކުގައި ނުބައި ޖިންނިއެއްގެ ނުރައްކަލެއް ދިމާވެއްޖެނަމަ އެމީހާގެ ސަލާމަތަށްޓަކައި ކަމަށް ފަންޑިތަވެރި މުސްކުޅީން ބުނެއެވެ. އަދި މިސްކިތްދާރައިގެ ހިމާޔަތަކީ ސޯލިހު އަޅަކާމެދު އުފެދުނު ލޯތްބަށްޓަކައި އެމީހެއްގެ މުޅި އައުލާދަށް ދާއިމީގޮތެއްގައި އޮންނަ ހިމާޔަތެއްކަމަށްވެސް ބައެއް މުސްކުޅިން ބުނާތީ އަހަމެވެ.

ބުޅަލެއްގެ ސިފައިގައި މިސްކިތްދާރަ ކުރިމަތީންނާއި ފަހަތުން ވެސް ފެނެއެވެ. މީހެއްގެ ކުރިމަތީން ހުރަސް ކުރާންފަށައިފިނަމަ ދޭހަކޮށްދެނީ ނުބައި ޖިންނިއެއްގެ ނުރައްކަލެއް ކުރިމަތިވެއްޖެކަމާއި އެމީހާ ދާންއުޅޭ މިސްރާބު ވަގުތުން ބަދަލު ކޮށްލުން ރަނގަޅުކަމެވެ. މީހެއްގެ ފުރަގަހުން އަންނަން ފަށައިފިނަމަ ދޭހަކޮށްދެނީ ނުބައި ޖިންނިއެއްގެ ނުރައްކަލެއް ކުރިމަތިވެގެން އުޅޭކަމާއި އެމީހާ ދާންއުޅޭ މިސްރާބަށް ދިޔައަސް ނުރައްކަލެއް ކުރިމަތިނުވެ ދެވިދާނެ ކަމެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ އެނބުރި ފަހަތަށް ބަލައިގެން ނުވާނެއެވެ. ބުޅަލުގެ ގައިގައި ޖަހައި އަނިޔާކޮށްފިނަމަ ނުބައި ޖިންނި ޝައިތާނެއްގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެއެވެ.

އެއްރެޔަކު ރަށުގެ އިރުމަތީފަރާތު އެންމެ ކޮޅުގައި ހުންނަ ގެއަކަށް ދިޔައީމެވެ. އެރެޔަކީ ހަނދުވަރު ވަރަށްވެސް ރީތިރެއެކެވެ. އެގޭގައި ހުރި އެކުވެރި މެހުމާނަކު އެދުނީ އޭނާ ގޮވައިގެން ހިނގާލަން ދިއުމަށެވެ. މިކަމަށް އެއްބަސްވެ ހިނގާފައިގޮސް ކޯގަންނު އަތިރިއަށް ފައިބައި މަޝްހޫރު ރާފަޅާ ދަށުގައި އިށީނދެގެން އިރުކޮޅަކު ތިބީއެވެ.  އެރޭގެ ނަލަ ހަނދުވަރުގެ ސަބަބުން ރާފަޅާދަށުގައި ތިބެފައި އަހުރެމެން ދިޔައީ ދެބަޑި ދޭތެރެއަށެވެ. އެތަނަށް ދިޔައީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ހަދާފައިވާ ބަޑި ބުރުޒުތަކާއި ބިންގަރާސްތައް ބަލައިލަންވެގެންނެވެ. ބަޑިބުރުޒުތަކާއި ބަންކަރުތައް ބެލުމަށްފަހު ކޮށިފަންނު މަޝްހޫރު ކިނބިގަސްދޮށުގައި މަޑުކޮށް އެތާނގައިވެސް އިރުކޮޅަކު ތިބެލާފައި ދެން ދިޔައީ އެކުވެރިޔާގެ ގެއަށެވެ. އޭނާ ގެއަށް ވައްދާފައި އަހުރެންވެސް ގެއަށް ދާންކަމަށް ގަސްތުކޮށް ހިނގައިގަތީއެވެ. އޭރު ހަނދު އޮއްސި ދުނިޔެއަށް އަނދިރިކަން ކުރިމަތިވާގޮތް ވެފައިވެއެވެ.

ގެއަށް ދާން ދަތުރުކުރީ ހުރަސް ބޮޑު މަގުން ހުޅަނގަށެވެ. ކާޑުގެއާ އަރާހަމަވީތަނާ މީހަކު ގޮވާލިހެން ހީވިއެވެ. ނަމަވެސް މިއަޑަކަށް ސަމާލުކަމެއް ނުދެމެވެ. އަހުރެން އެދިޔަގޮތަށްގޮސް ސިއްތާގެ ފަސްދީފައި މުހުއްމާކުރުގޭ ކަލޯގެއާ އަރާހަމަވިތަނާ ކަޅޮބެޔާގެ ގޯތިތެރެއިން ފިލަކުކުޅެއްގެ އަޑު އިވުނެވެ. ކުކުޅުގެ އަޑާއެކު ގިނަ އަދަދެއްގެ ފިޔޮއްތަކުގެ އަޑުވެސް އިވޭންފެށިއެވެ. މިއަޑު އިވުމުން އަހުރެންނަށް ހީކުރެވުނީ ފިޔޮއްތައް ކާލަން ބުޅާ މަސައްކަތްކުރާ އަޑުކަމަށެވެ. މި އަޑަކަށް ވެސް ސަމާލުކަމެއް ނުދެމެވެ. އަހުރެންގޮސް މުހުއްމާކުރުގޭ ކަލޯގެ ފަސްދިންތަނާ ކުކުޅުގެ އަޑާ ފިޔޮއްތަކުގެ އަޑު ވަރަށް ގަދަވިއެވެ. އަހުރެން ސިހުނެއްކަމަކު ވަރަށް ހަމަޖެހޭ ވައްތަރު ދައްކައިގެން ކަލޯގެ ދޮރާށި ކާރީގައި މަޑުކޮށްގެންހުރެ ވިސްނައި ފިކުރު ކޮށްލައިފީމެވެ. ޅަފިޔޮއްތަކުގެ އަޑުން އެއީ މަދުވެގެން 200 ވަރަކަށް ފިޔޮއްކަމަށް ލަފާކުރެވެއެވެ. މިއަޑުތައް އަހަރެންނާ ކާރިއަށް އަންނަކަންވެސް ޔަގީން ވެއްޖެއެވެ. އަދި އެހާ ޅަފިޔޮއްތަކެއް ކައިލަން ބުޅާ އުޅެފާނެކަމާމެދު ވެސް ޝައްކުވިއެވެ.

އަނެއްކާވެސް އަހުރެން ހިނގައިގަތީ ފާލަމާވީ ފަރާތަށް ހުޅަނގަށެވެ. އަހުރެން ގޮސް ރައިވެރީން މިސްކިތާ ކައިރިން ހަތަރުއަނގޮޅި ކަންމަތީގައި މަޑު ކޮށްފީމެވެ. ހަތަރުފަރާތަށް ރަނގަޅަށް ނަޒަރު ހިންގައިލުމަށްފަހު ގަސްތުކުރީ ހައްވާގެ މަނިކުގެއާއި ނަސީމުގެ ފަތުހުﷲގެ ހުންނަ މަގުން ކުރިއަށް ދިއުމަށެވެ. އަހުރެން އެމަގުން ދިހަ ވަރަކަށް ފޫޓް ކުރިއަށް ދެވުނުތަނާ ކުއްލިއަކަށް މަނިކުގެ ފާރުމަތީން ބުޅަލެއް ފުންމާލައިފިއެވެ. އެބުޅާ އައިސް އަހުރެންގެ ކުރިމައްޗަށްއަރައި ހުރަސް އަޅާން ފަށައިފިއެވެ. މިސޮރު ކުރާކަމަކީ އަހަރެންގެ ކުރިމަތީން މަގުގެ ދެފަރާތަށް ދެފަރާތަށް ހުރަސްކޮށް ދުވަނީއެވެ. މިމަގަކީ ބިޔަ ގަސްތަކުގެ ސަބަބުން ވަރަށް އަނދިރި ވަރަށް ނާމާން މަގެކެވެ. ފަތުހުﷲގެ ކުރިމައްޗަށް ވާގޮތަށް ބޮޑު ހުރަނދި ގަހެއްހުރެއެވެ. މިގަހަކީ ކުކުޅުތައް ނިދާން އަރާގަހެކެވެ. މިމަގުން ކުރިއަށްދިއުން މިބުޅާލުގެ އުނދަގުލާހެދި ވަރަށް ބޮޑު ތުރާލަކަށް ވެއްޖެއެވެ. ހިތަށް އެރިއެވެ. މިސޮރުގެ ގައިގައި ސައްޕެއް ޖަހައިލަންވީއެވެ. އަނެއްފަހަރަކު ހިތަށްއެރިއެވެ. މަގުމައްޗަށް ވެރިފައި އޮތް ބަނބުކޭލަކުން އެތިފަހަރެއް ދޫކޮށްލަންވީއެވެ. މިހެން ހިތަށް އެރިކޮންމެ ފަހަރަކުމެ ސިކުނޑި އެއްބަހެއް ނުވިއެވެ.

އަހުރެން ގޮސް މަނިކުގެ ގިފިލީ ފާރާ އަރާހަމަވިތަނާ ފާރުގެ އަނެއްފަރާތުގައި ހުންނަ އޮނު ފީންޏެއްގެ ތެރެއިން އެތައްސަތޭކަ ހިކަންޖެއްގެ އަޑު އިވޭންފަށައިފިއެވެ. އަދި ފާޑެއްގެ ނުބައި ވަހެއްވެސް ދުވަން ފަށައިފިއެވެ. ހިކަނދީގެ އަޑު އެންމެ ގަދަވިވަގުތު އެއްކަލަ ބުޅާ ފާރުމަތީން އެތެރެއަށް ފުންމާލައިފިއެވެ. ފުންމާލުމާއެކު އިވުނީ ބޮންފާޑުގެ އެއްޗެއް ގޮވީމާ އިވޭޒާތުގެ ބިރުވެރި އަޑެކެވެ. ގަތްބިރެއްގެ ބޮޑުކަމުން ހުރިހާ އިސްތަށިތަކެއްވެސް ކޮޅަށްޖެހުނެވެ. މުޅި މީހާ ބިމުން ލުހިގެން ދިޔަހެން ހީވިއެވެ. އެބިރުވެރި ވަގުތު  މަގުމަތީން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.  އޭރު ބުޅާވެސް ފެންނާކަށް ނެތެވެ. އެކަނިވެރިކަމާއި ބިރުވެރިކަން އިހުސާސްވީ މިހިސާބުންނެވެ.

ކުރުސި ކިޔަވައި ގަޔަށް ފުމެލައިފީމެވެ. އޭރު މުޅި ހިސާބު އޮތީ ހިމޭންވެފައެވެ. އެއްވެސް އަޑެއް ނީވެއެވެ. އަހުރެންގޮސް ރެކިމަނިކާގެ ދިޔަގެ އިމާ ހަމަނުވަނީސް އެއްކަލަ ބުޅާ ފާރުމަތީން މަގުމައްޗަށް ފުންމާލައިފިއެވެ. މިފަހަރު ބުޅަލުގެ ހަރަކާތްތައް ކުރިއާ ތަފާތެވެ. މިފަހަރު އެސޮރު އޮތީ އަހުރެންގެ ފުރަގަހުގައެވެ. އަހުރެން ކުރިއަށްދާ ވަރަކަށް ފަހަތުން ބުޅާ އާދެއެވެ. ރަފީގުގެ ހަތަރުއަނގޮޅިއާ ހަމަވުމާއެކު ބުޅާ ދުވެފައިގޮސް ފަތުހުﷲގެއާ ދިމާލުން ވަލުތެރެއަށް ވަދެގެން ހިނގާއްޖެއެވެ. އަހުރެން ހަށިފުރާ ނޭވައެއްލައިފައި އިރުކޮޅަކު އެތާގައި މަޑުކޮށްގެން ހުރުމަށްފަހު ލޮނޑިކެޑެމަގުން އިރަށް ތަންގަނޑަކަށް ހިނގާފައި ގެއަށް ހިނގައްޖައީމެވެ. ނިދާންކަމަށް އުޅުނަސް އެކަމެއްވެސް ފަސޭހައެއް ނުވިއެވެ.

ހެނދުނު ހަށިފޮޅައިލައި ތެދުވެގެން ސައިބޮއެގެން އަހުރެން ހަރުކޮށް ހިނގާފައި ދިޔައީ މާފަޔާ ބައްދަލު ކުރުމަށެވެ. ކުރީ ރޭގެ ހާދިސާ މާފަޔަށް ކިޔައި ދިނުމުން ވަރަށް ވިސްނާން އިނދެފައި ބުނެފިއެވެ. ބުޅާ އެގޮތަށް ކުރިމަތިން ހުރަސް ކުރާނަމަ ފަހަތަށް އައިކޮޅަށް އެނބުރިދާށެވެ. ބުޅާ ފަހަތުން އަންނަކަމަށް ވާނަމަ ކުރިއަށް ދިޔައަސް އެންމެ ރަނގަޅެވެ. އެކަމަކު އެނބުރި ފަހަތަށް ނުބަލާށެވެ. ރޭގަނޑު އެގޮތަށް ފެންނަ ބުޅަލަކަށް އަނިޔާ ނުކުރާށެވެ. އޭތި އަންނަނީ މީހާގެ ސަލާމަތަށްޓަކައެވެ. ކަނޑުން އަރައިގެން އަންނަ ފުރޭތަޔަކާ ކުރިމަތިލާންޖެހުނަސް ވަރުގަދަވާނީ ބުޅަލެވެ. ހަގީގަތުގައި އެއީ ބުޅަލެއްނޫނެވެ. އެއީ މިސްކިތްދާރައެވެ. ކަލޯ ތިޔަ ސަލާމަތްވީ ހަމަކިރިޔާއެވެ. ތިޔަބުޅަލުގެ ސަބަބުން ނޫންނަމަ ކަލޯ އޮންނާނީ ބޮނޑިދަށުވެފައެވެ. ދެންވެސް ރޭގަނޑު ބަލައިގެން އުޅޭށެވެ.

You may also like...

6 Responses

  1. ahammaa says:

    Ekuverieh tha? noonee edhuvasvaru dhimaavi biteh tha? ekuveriyaa ge vaahaka konmeves varakah genesdeefa hurinama thankolheh furihamavees

  2. HUssein Rasheed says:

    londikedemagun kudhu thankedakah irrah hingafei dhen gei madhiridhadigeh dhee!!!

  3. londikede fereithaa says:

    Londikedemagun irah thangandakah hingafei giyey geygey furei
    nunee…rafeequge, hawwaage,siththiyage,madhiraage,hasanaage,
    aanlhoage,elhethoshige,seyfuge,dhonseedhiyage,aisaadhara,vashodhiyage, aamineifaanunge,siththeebeege,dhohovaage,makeenaage,elhabeyyaage,
    dhaalu saeedge,hemedhiyage, gandovaro,thundaage, saeedhge,padeege,
    dheshinaage,alimanikaage,aisaage,dhaayaage,rekimanikaage
    dhiyage and baagiruge..iruge..

  4. Hussein Rasheed says:
    you have changed my comment..or was it my mistake? now i am confused..!!!!
    • ހުނިހަކުރު ހަދާމީހާ says:

      ސައިފުރަސްގެފާނު ވަރަށް ގިނައިިން އެމަނިކުފާނު ގެންގުޅުއްވާ ފިލައެއްގާ އަތްޕުޅު ކާއްތަވާ ލައްވާއިރަށް އައިރޫޟު އަންނަވާހަކަ ވެއެވެ. އަދި ޖިންނި އަންހެންކުދީންނާ ކުރާ ކައިވެނިން ކުދީން ލިބޭވާހަކަވެއެވެ. އެ ފިލަޔާބެހޭ ގޮތުން އުފެދުނީ ކޮން ސުވާލެއްތޯއެވެ. ސައިފު ވެސް ގެންގުޅުއްވީ އައިފޯނެއްކަން އެގިލައްވާތޯއެވެ. ތަނަކަށް ދެވޭއިރު ނުވަތަ ތަނަކަށް ވަންނައިރު އެވަގުތެއްގައި ހިނގާނެ ހުރިހާ ކަމެއް ނުލިޔުނު ކަމުގައިވިޔަސް ވިސްނަވާލެއްވުމުން ޖަވާބު ލިބިވަޑައިގަންނަވާ ބޭފުޅުން ގިނައެވެ. ވީއިރު ބަންކަރުންނާއި ރާފަޅާ ދަށުންނާއި ދެބަޑިދޭތެރެއިންނާއި ކިނބިގަސްދަށުންނާއި އެހެނިހެން ތަންތަނުގެ ދަށުން ދާ ދިއުމަކީ އެހާވަރަށް ވިސްނަން ޖެހޭނެކަމެއްކަމުގައި ނުދެކެން. އަދި އެފަދުގެ ކަމެއް ހުވަފެނުންވެސް ފެނިގެން ކިޔައިދެވިދާނެ ކަމުގައި ދެކެން. ކުޅޭށެ ކިރިކެޓް ކުޅޭށެ ކިރިކެޓް، ބަހާއި އަމަލުން ކުޅޭށެ ކިރިކެޓް، އުޅޭށެ އަންގާގޮތަށް އެކިރިކެޓް، ހިތާއި ރޫހުން ކުޅޭށެ ކިރިކެޓް.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!