Author: ހަސަންމަލާ

0

ކަޅިހާރި އޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 3

ވީހާވެސް އަވަހަށް ހިކިފަސްތަނެއް ހޯދުމުގެ ނިޔަތުގައި މިގޮތްމަތީން ދުއްވާތާ މަހެއް ފާއިތުވެއްޖެއެވެ. ބައެއްދުވަސްދުވަހު މަސްބޭނުން އޮވެއެވެ. ވިއްސާރަވެ ކަނޑުގަދަވީމާ އަރަގުވަނީއޭ ހީވާފަހަރު އާދެއެވެ. އަނބިދަރީންނާއި ބައްދަލުވުމުގެ އުއްމީދު ކެނޑި މަރުއައިސް ބައްދަލުކުރުމުގެ އުއްމީދު ބޮޑުވާ ދުވަސްދުވަސް އާދެއެވެ. އެދުރުގޭ އަހުމަދުދީދީގެ ނަސޭހަތާއި ބުއްދިވެރި ހިކުމަތްތެރި ބަސްތައް ކޮންމެދުވަހަކު...

0

ކަޅިހާރި އޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 2

ހުވަދޫކަނޑު ދުވާން ފެށިއިރު ކުރިއަށްދަނީ ގަޑިއަކު ދެތިން މޭލެވެ. ވަޔާއި އޮއި ހުރިނެތްގޮތާއި ރިޔަލުގެ ކުޑަބޮޑުމިނަށް ބަލައިފައި އެޅެގޭ އޮޑި ފިޔަވައި އަނެއް ފަސް އޮޑި ދަތުރުކުރީ ސީދާ އުތުރަށެވެ. އެޅެގޭ އޮޑި ދަތުރުކުރީ ކުޑައިކޮށް އިރުއުތުރަށެވެ. އިރުއޮއްސުމާ ހަމަޔަށް މި މިސްރާބަށް ވައިލިބެއެވެ. އިރުއޮއްސި އަނދިރިކަން...

0

ކަޅިހާރި އޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 1

ވާހަކައިގެ ފެށުން މިއީ ކަޅިހާރި އޮޑި ބެހުނު ވާހަކައެވެ. މި އޮޑިޔަކީ މީދޫ ކަޅިހާރި އަހުމަދުދީދީގެ އޮޑިއެވެ. މި އަހުމަދުދީދީއަކީ ގަނޑުވަރު ހަސަންދީދީ ކަޅިހާރި މެދުބީފާނާއި ކައިވެނިކޮށްގެން ލިބުނު ތިން ކުދީންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ވިޔަފާރި ކުރި ވަރަށް ތަނަވަސް މީހެކެވެ. މި އަހުމަދުދީދީއާ...

0

މޭޔަރު ސޯބެގެ މަރުކަޒުކުރުމުގެ ބާބު 1

އެންމެފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ހަތްގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މުޅި އަތޮޅުގައިވެސް އޮތީ އެމްޑީޕީގެ ރޫހެވެ. ރައްޔިތުންނަށް ކަމުދިޔައީ އެމްޑީޕީގެ ޝިއާރުތަކާއި ގޮވުންތަކެވެ. މީގެ މާނަޔަކީ ކޮބައިބާވައެވެ؟ މީގެ މާނަޔަކީ އެންމެންގެ ކެމިސްޓްރީ އެއްގޮތްވުން ބާވައެވެ؟ އެންމެންވެސް އެކައްޗެއް ބޭނުންވުންބާވައެވެ؟...

0

ބޮޑުދޮންވެލިގަޑު

ކޯގަންނު ގަބުރުސްތާނުގެ އުތުރުކޮޅުން ފެށިގެން ހޭޅިފަށާއި ދޭތެރޭގައި ފުޓުބޯޅަ ދަނޑެއްވަރުގެ ހުސްތަންކޮޅެއް އޮވެއެވެ. ގާތްގަޑަކަށް ފަންސާސްހާސް އަކަފޫޓުގެ މިތަންކޮޅަށް ކިޔައިއުޅެނީ ބޮޑުދޮންވެލިގަޑެވެ. މިތަންކޮޅުގައި ވިނައެއް ނުހުރެއެވެ. ހުންނަނީ މުޅިންވެސް ވެއްޔެވެ. ޖޫނިއަރ ޖަންގަލީ ކުލަބުގެ ޒަމާނުގައި މިއީ އެކުލަބުގެ ރަސްމީ ފުޓުބޯޅަދަނޑެވެ. ވެލިގަނޑު މަޑުވެފައި ހިސާބަކަށް ގަނބާތީ...