އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ ސ. މީދޫގައި، 1964 ސެޕްޓެމްބަރ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު ނިސްބަތްވަނީ ރާއްޖޭގެ މަޝްހޫރު ދިޔަމިގިލީ ޚާންދާނަށެވެ. އަދި ރާއްޖޭގެ ތަޢުލީމާއި ޢިލްމުވެރިކަން ފެތުރުމުގެ އިސްދައުރެއް އަދާކުރައްވާފައިވާ އަދި ޢަދްލު އިންޞާފުގެ ދާއިރާއަށް ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ...