ދެއްވަދޫގައި ހުރި އުމުރުން ދުވަސްވީ މީދޫ މުހައްމަދު ދީދީ

އައްޑުއަތޮޅު މީދޫއަށް އުފަން މުހައްމަދު ދީދީ ނުވަތަ ދެއްވަދޫ މީހުން ކިޔާގޮތުން ނަމަ އައްޑޫ މުހައްމައިދި ބެއްޔާއަކީ ދެއްވަދޫގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއެވެ. މުހައްމަދު ދީދީގެ ބައްޕަ އަޙުމަދު ދީދީއަކީ  މީދޫ ރަހާގެ ކައްދާ މަނިކުފާނު ގައުމާތަގޭ އީސާފުޅާއި ކައިވެނިކޮށްގެން ލިބުނު ދޮންމަނިކުފާނު މީދޫ ގަނޑުވަރު ކައްދާދީދީގެ ފާތުމަތު ދީދީއާ ކައިވެނިކޮށްގެން ލިބުނު އަހުމަދެވެ.

މުހައްމާދީއަކީ ދީނަށް ލޯބިކުރާ ދީންވެރިއެކެވެ. މަގުމަތީން ހިނގާފައި ދާއިރުވެސް އަބަދުވެސް ގުރުއާން ކިޔަވާނެއެވެ. ދެއްވަދޫ މީހަކު މައުލޫމާތު ދިންގޮތުގައި މުހައްމަދު ދީދީ ޚަތިމު ބަލައިގެން ގުރުއާން ކިޔެވިތަނެއް އޭނާ ނުދެކެއެވެ. އަބަދުވެސް ގުރުއާން ކިޔަވަނީ ޚަތިމު ނުބަލައެވެ.

މުހައްމަދު ދީދީ ދެކައިވެންޏެއް ކުރިއެވެ. މިދެކައިވެނިން ލިބުނީ ދެ އަންހެންކުދީންނެވެ. ފުރަތަމަ ކައިވެންޏަކީ ދާންދޫ އޮޅަކައިދާގެ ދޮންކަމަނާއާ ކުރި ކައިވެންޏެވެ. މި ތަނުން ލިބުނީ މަރިޔަމްދީދީ އެވެ. ދޮންކަމަނަ ނިޔާވުމުން ކައިވެނިކުރީ ދެއްވަދޫ ވާރުގޭ ތުއްތުދީދީގެ ރެކިދީދީގެ ފާތުމަތު ދީދީއާ އެވެ. މި ފާތިމަތު ދީދީގެ ފަރާތުން ލިބުނީ ދޮންދީދީ އެވެ. މިހާރު ތިބީ އުފަން 2 އަންހެން ކުދީންނާއި ކާފަކިޔާ 14 ކުދީންނެވެ.

މުހައްމަދު ދީދީ ބުނާގޮތުން އޭނާއަށް 113 އަހަރު ވެއްޖެއެވެ. އެދުވަސްވަރުގެ މީހުންގެ އުފަން ދުވަސް ސާފުކޮށް އެނގޭނެ ގޮތެއް ނުހުރެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!