Category: މީހުން

0

އަލްގާޒީ މޫސާ ބަދުރުއްދީން (އައިސާދަރު މޫސާ ބެއްޔާ)

އަލްގާޒީ މޫސާ ބަދުރުއްދީނަކީ އައްޑޫ މީދޫ ގަނޑުވަރު އަލްޚަތީބު ހުސައިން ތަކުރުފާނުގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ކުރެ އެންމެ ކީރިތި އަދި އެންމެ މޫރިތި ދަރިކަލެވެ. މިއީ ފަޒީލަތުއްޝައިޚު ހުސައިން ސަލާހުއްދީނުގެ ވިދާޅުވުމެކެވެ. ގާޒީ މޫސާ ބަދުރުއްދީނާއި އެއްބަނޑު އެއްބަފާ ބޭފުޅުންކުރެ ދެން އެންމެ މަޝްހޫރު ބޭފުޅަކީ ފަޒީލަތުއްޝައިޚު...

0

އަލްފަގީހުލް ޚަތީބު މޫސާ (މީދޫ އެދުރުތަކުރުފާނު)

އަލްފަގީހު މޫސާ (މީދޫ އެދުރުތަކުރުފާނު) އަކީ ތާރީޚީ ބައިކުރުމަކުން ބައިކުރާނަމަ މީދޫގެ ފަހުގެ ތާރީޚުގެ ބައްޕަ ކަމުގައި ބަލަން ޖެހެއެވެ. މީދޫގެ ތާރީޚު ބެހިގެންވަނީ މައިގަޑު ތިން ބަޔަކަށެވެ. އެއީ ޔޫސުފު ނާއިބުގެ ދައުރުން ފެށިގެން ޝަމްސުއްދީނު ބޮޑު ފަނޑިޔާރާއި ހަމަޔަށް އޮތް ބަޔާއި ޝަމްސުއްދީނުގެ ދަރިކަލުން...

0

އައްޝައިޚު އަލްގާޒީ އެޅެގޭ އަލީ ދީދީ

އައްޝައިޚު އަލްގާޒީ އަލީ ދީދީ އަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ލިސްޓުގައި ވާގޮތުން ދިވެހިރާއްޖޭގެ 45 ވަނަ އުއްތަމަފަނޑިޔާރެވެ. އޭނާއަކީ އައްޑުއަތޮޅު މީދޫ ގަނޑުވަރު އައްނާއިބު ހަސަންދީދީގެ ދަރިކަލެކެވެ. މި އަލީ ދީދީ އަށް އައްޑޫ މީދޫ އެޅެގޭ އަލީ ދީދީއޭ ވެސް ކިޔައެވެ. އަދި އަލީ އައްސައްބާރުއޭ...

0

ބަބުރު ފަޑިޔައްތަކުރުފާނުގެ ޒިޔާރަތުގެ ހަގީގަތް

އީދިގަންމޫލެ ފަންނުން އަތިރިއަށް ފައިބާއިރު މުލިމަތީގައި ފެންނާން ހުންނަ ކަމަށް ބުނާ މަހާނަތަކާއި ޒިޔާރަތުގެ ހަގީގަތަކީ ކޮބައިބާވައެވެ. މަހާނަތަކޭ މިދެންނެވީ އާދައިގެ މަތިން މާކަންމަތީގައި ވަޅުލެވިފައިވާ މީހުންގެ މަހާނަތަކުގެ ވާހަކައެއް ނޫނެވެ. އިހުގެ މާކަންމައްޗަކީ މިހާރުގެ މުލިމަތިން ބަޔެއްވެސް ހިމެނުނު ސަރަހައްދެކެވެ. އެހެންވީމާ މުލިމަތީގައިވެސް ހަގީގަތް ނޭގޭ...

1

ޖަޕާނު މީހުން ޝަހީދުކޮށްލި މީދޫ އަހައްމައިދީގެ ވާހަކަ 2

ގޭގައި ތިބި އެންމެން ރޮނީއެވެ. އާމިނައިދީގެ ހާލު ވަރަށް ގޯހެވެ. ޅައުމުރުގައި ކުރެވުނު ހަމައެކަނި ކައިވެނީގެ ބައިވެރިޔާ އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީއެވެ. ދާދިއަވަހަށް އައިމިނައިދީ ހަމަޖެހިލައިފިއެވެ. އެކަނިމާއެކަނި މި ތިންކުދީން ބޮޑުކުރެވޭނެ ގޮތަކާއިމެދު ފިކުރުހިންގާލިއެވެ. ކުދިންގެ ކުރިމަގާއި މެދު ވިސްނާލިއެވެ. ކުދިންގެ މުސްތަގުބަލަށްޓަކައި އުމުރު ހޭދަކުރުމަށް...