Category: ތާރީޚީ

0

ހިމިއްޗާއި ބޮޑު ދެކުނުގެ ގުޅުން

ނިލަންދެ އަތޮޅު އުތުރުބުރީ ހިމިއްޗަކީ އައްސުލްތާނު މުހައްމަދު ގިޔާސުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނު އަރުވާލެވުނު ރަށެވެ. އައްސުލްތާނު މުހައްމަދު ގިޔާސުއްދީން ޝަހީދުކޮށްލުމަށް ފަހު އެ ރަދުންގެ ތުއްޕުޅު ދަރިކަލުން އަބްދުﷲ ފޮނުވައިލެވުނީ ފުވައްމުލަކަށެވެ. އެ ރަށުގައި ހުންނަވައި ބޮޑުފުޅުވުމުން ދޮންބަންޑާރައިންގެ ދަރިކަލުން ހަސަން ނޫރައްދީންގެ ރަސްކަމުގައި...

0

ދިވެހިރާއްޖޭގެ ތައުލީމުގެ އައުބާބެއްގެ ފެށުން 1

އައު ބާބަށް ތަންގީދީ ނަޒަރަކުން ތަން ހޯދައިލުން ދިވެހި ތާރީޚަކީ ވަކި ބައެއްގެ ހައްގެއް ނޫނެވެ. އެއީ އެންމެންގެ ހައްގެކެވެ. ދިވެހި ތާރީޚަކީ މާލޭގެ ވެރިކަމުގެ ތާރީޚު އެކަންޏެއް ނޫނެވެ. އެއީ މުޅި ދިވެހިރާއްޖެއާއި އެންމެހައި ދިވެހިންގެ ތާރީޚެވެ. އެހެންނަމަވެސް ހިތާމައަކީ ތާރީޚުގެ އަސާސީ މި ސިފައަށް...

0

އިހުމާލު ކުރެވފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 18

ބޮޑު ތިލަދުންމަތީގެ ބަތަލުންނާއި ބޮޑު ދެކުނުގެ ގުޅުމުގެ ތެރެއިން ޕޯޗުގީޒުންގެ އިސްތިއުމާރު ނިމުމަކަށް ގެންނަވައި އުތީމު ބޮޑުތަކުރުފާނު ރާއްޖޭގެ ރަސްކަމަށް ވަޑައިގަތުމަށްފަހު ދެކުނުގެ ކުރިއަށް ތިބި ބައެއް މީހުން މާލެ ގެންނަވައި ދަރަޖަތަކާއި ލަގަބުތައް ދެއްވި ވާހަކަ އިސްވެ ހިގާއްޖެއެވެ. މިއީ ކޮންމެހެން ދެކުނުގައި އަތޮޅުތަކެއް ހުރެފައި...

0

މާލޭގެ ފުރަތަމަ މަދަރުސާ އާއި ދެއްވަދޫ ރަސްގެފާނު

މި ލިޔުމުގައި ބަލައިލެވޭތޯ މަސައްކަތްކޮށްފައި ވާނީ ދިވެހިދައުލަތުގެ ފަރާތުން މާލޭގައި ހިންގަވަން ފެއްޓެވި ފުރަތަމަ މަދަރުސާއާއި ދެއްވަދޫ ރަސްގެފާނާއި ގުޅިވަޑައިގަތުމެއް އޮތްކަމަށް ބެލެވޭތީ އެ ކަމުގެ މައްޗަށެވެ. މި މަޢުލޫމާތު އަޅުގަނޑު ބައެއް ބޭފުޅުންނާއި ޙިއްޞާކުރުމުން ފެންނަން ހުރި ކަންކަމަށް ރިޢާޔަތް ކުރައްވައި އެ ބޭފުޅުންވެސް އެ...

0

އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 17

ތޫނޑިޔަރު ދޮން އަހުމަދު ގާދިރު ކަލޭގެފާނު ރާއްޖޭގައި ދެމިގެން އަންނަ އިލްމީ ސިލްސިލާގެ ބައްޕަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ކާފަ ކަމަށްވާ ދޮރޮބައިގެދަރު ފެހެލާނޑާގެ ވާހަކަ ކުރީގެ ބާބުގައި އިސްވެ ހިގާއްޖެއެވެ. މި ބާބުގައި ބަލައިލާނީ ބޮޑު ފަނޑިޔާރުގެ...