ކަޅިހާރި ދަރިކޮޅު
ކަޅިހާރު ދަރިކޮޅަކީ މީދޫގެ ބޯދާ ދަރިކޮޅެވެ. ޔޫސުފު ނާއިބުކަލޭގެފާނު އައްޑޫ މީދޫއަށް ވަޑައިގެން މީދޫގައި ހުންނެވީ ކަޅިހާރުގޭގައެވެ. އެގެއަކީ އެކަލޭގެފާނުގެ އެކުވެރިޔާ ކަޅައިހާރާގެ ގޯއްޗެވެ. އެގޭގެ ކަނބަލަކާއި ޔޫސުފުނާއިބު ކައިވެނި ބައްލަވައިގެން ބޭފުޅުންލިބުނެވެ. މިއަދާއިހަމައަށް މިދަރިކޮޅު ދެމިގެން އައިސްފައިވެއެވެ.
يوسف نائب ކަލޭގެފާނަކީ سليمان قادر ކަލޭގެފާނުގެ ފުތް صور قادرކަލޭގެފާނުގެ ފުތް عيسي قادر ކަލޭގެފާނުގެ ފުތް الفقيه الورع الذاهدالشيخ عا لم يوسف (يوسف ނާއިބު) ކަލޭގެފާނެވެ. ޔޫސުފު ނާއިބުގެ ފުތް النائب يحى ގެދި خديجة (ދޮން ކަދީދާބޫ) ކައިވެނިބެއްލެވީ، ހާނައިގެ ފުތް ދޮންސީދިކަލޭގެ ފުތް ދޮން އަލިކަލޭގެ (ދެގޭ ދޮން އަލިކަލޭގެ) އާއެވެ.
މި ދޮންޢަލިކަލޭގެ، ޚަދީޖާ ކަނބުލޯ އާއި ކައިވެނިބައްލަވައިގެން ލިބުނު މަހުމޫދު ނާޢިބު ކަލޭގެ ފާނުގެ ދޮންބުބޫގެ ކުދީންނަކީ:-
1- ކަޅިހާރި ދޮން ޙަސަން ޚަޠީބުކަލޭގެ (ތިންގޭ ދޮން ޙަސަން ޚަޠީބު ކަލޭގެ)
2- ކަޅިހާރި ދޮން ފާތިމާ
މި ދޮން ޙަސަން ޚަޠީބު ކަލޭގެ ކަޅިހާރި އަންހެނަކާއި ކައިވެނި ބައްލަވައިގެން ލިބުނީ 4 ކުދިންނެވެ. އެއީ
1- ކަޅިހާރި ދޮން ޔޫސުފް ޚަޠީބު ކަލޭގެ (ކަޅިހާރި ތުއްބީ)
2- ކަޅިހާރި ދޮން ސީދީ ކަލޭގެ (ކަޅިހާރި ޙަސަން ނާއިބު ކަލޭގެފާނު)
3- ކަޅިހާރި ދޮން ސިއްތި
4- ކަޅިހާރި އަބޫބަކުރު ޚަޠީބު (ކަޅިހާރި އަބޫ) މިއެވެ
ދޮން ހަސަން ޚަތީބު ކައިވެނިބެއްލެވި ކަމަނާއަށް ނިސްބަތްކޮށް ކިޔުނީވެސް ކަޅިހާރާ އެވެ. ޒަމާންތަކެއްވާދެން ކަޅިހާރާގެ ނަމުން ނަންކިޔުނު މީހުން މީދޫގައި އުޅެމުން ދިޔައެވެ. ބުނެވޭގޮތުގައި އެނަން ކިޔުނީ ލަގަބެއްގެ ގޮތުގައެވެ.
ފަހުގެ ޚިޔާލުތައް