އަކުރަމް ކަމާލުއްދީނަށް ކުރެވުނު އަދި ކުރާ ކަންކަމުގެ ވާހަކަ!

ރާއްޖެޓީވީއާއި ރާއްޖެއެމްވީ ވެބްސައިޓް ހިންގަނީ އިބޫ ސާލިހުގެ ބަފައިބެގެ ފައިސާއިން ހޯރަފުށީ އަހުމަދު ސަލީމާއި އަކުރަމް ކަމާލުއްދީނެވެ. އެޑިޓޯރިއަލް ސިޔާސަތު އެކަށައަޅައި މީސްމީހުންގެ އަބުރަށް އަރައިގަނެ ކަތިލުމުގެ މޭސްތިރިންނަކީ މިދެމީހުންނެވެ. ރާއްޖެޓީވީން ފޮނުވާ މަގޭ ރިޕޯޓާއި ރާއްޖެއެމްވީގައި ޝާއިއުކުރާ އެކިކަހަލަ ލިޔުންތަކުންނެވެ. މި ދެމީހުންގެ ނުފޮރުއްޕާން މިހާރު ޖެހިފައިވާ އެކަކީ ޑރ.މުހައްމަދު މުނައްވަރެވެ. މީގެ ދުވަސްކޮޅެއްކުރިން ބަންޑާރަބެއޭ ކިޔައިގެން ރިޕޯޓެއް ފޮނުވައިފިއެވެ. ބަންޑާރަބެޔަކަށް މިވީ ބަންޑާރަދަޑިގޭ އައުލާދުގެ މީހަކަށްވުމާއި ބަންޑާރަނާއިބުކަން ކުރުމުންނެވެ. އަކުރަމް ބުނެގެން އެ ރިޕޯޓް ލިޔުނު މުހުސިނަށް ސަލާމެވެ. މުހުސިނުގެ ވާހަކަ މި ސިލްސިލާގައި ތަންކޮޅެއްފަހުން ގެންނާނަމެވެ. ހަމައެކަކުވެސް ދުލެއް ނުކުރާނަމެވެ.

ކޮންމެއަކަސް ހުސްވި ހަފުތާގެ ފަހުކޮޅު އަނެއްކާވެސް އައު ލިޔުމެއް ޝާއިއުކޮށް ޓީވީން ރިޕޯޓެއްވެސް ދައްކައިފިއެވެ. ޑރ. މުނައްވަރުގެ އަބުރު ކަތިލައިފައެވެ. އެއީ ކާކުހޭ، ކޮންކަމެއް ކުރެވުނު މީހެއްހޭ، ކޮންކަމެއް ކުރެވޭނެ މީހެއްހޭ ސުވާލުކޮށްފައެވެ. ޑރ. މުނައްވަރަށް މިވެރިންގެ ރުޅި އެންމެ ފުރަތަމަ އަމާޒުވީ މޮރިޝަސްއަށް ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޮޑުބައެއް އިބޫ ސާލިހުގެ ސަރުކާރުން ވިއްކާލީމާ އެކަން ދިވެހި ރައްޔިތުންނަށް ބުނެދޭން ޑރ. މުނައްވަރު މަސައްކަތް ކުރެއްވުމުންނެވެ. ބަންޑާރަދަޑިގޭ ބަންޑާރަބެޔަކަށްވީ އެގޮތުންނެވެ. މިހާރު އެއީ ކާކުހޭ ކޮންކަމެއް ކުރެވުނު މީހެއްހޭ އަހައި ޒާތްޒާތަށް ފޮށެންފެށީ ރައީސް ޑރ. މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ވެރިޔަކަށް ޑރ. މުނައްވަރު އައްޔަން ކުރެއްވީމާ އެކަމާ މޭކަރައިގެންނެވެ. ކޮންމެއަކަސް މި މީހުންގެ ހަގީގަތް ކޮންމެވެސް ސިފައެއްގައި ކިޔައިދޭން އެބަޖެހެއެވެ. މީސްތަކުންނަށް މޭރުންވާ ބަހުރުވަޔަކުންނެވެ. މި މަސައްކަތް ފަށާނީ އަކުރަމް ކަމާލުއްދީނާ ހަމައިންނެވެ. އަކުރަމަކީ ކޮންކަމެއް ކުރެވުނު ކާކުހެއްޔެވެ. ބަލައިލަމާހެއްޔެވެ.

އަކުރަމަކީ ކާކު؟

އަކުރަމުގެ ނަމުގެ ފަހަތަށް ކަމާލުއްދީނު ކިޔަކަސް އެއީ ޖައުފަރު ކަމާލުއްދީނުގެ ދަރިއެއް ނޫނެވެ. އަކުރަމުގެ އަސްލު ބައްޕަޔަކީ މާވާގޭ އަބްދުއްސައްތާރު އަހުމަދުދީދީއެވެ. ހިތްވަރެއް ހުރިއްޔާ މި ބުނުން ދޮގުކޮށްބަލާށެވެ. ނުކުރެވޭނެއެވެ. ޑީއެންއޭއިން މިކަން ސާބިތުވާނެއެވެ.

ޖައުފަރު ކަމާލުއްދީނު އަވަހާރަވެގެން އޭނާގެ ތަރިކަ އެކިކުދިންގެ މެދުގައި ބަހަން ހިންގި ސަރިޔަތުގައި އަކުރަމަކީ ޖައުފަރު ކަމާލުއްދީނުގެ ހަލާލު ދަރިއެއް ނޫންކަން ޖައުފަރުގެ އެންމެ ދޮށީ ދެ ފިރިހެން ބޭފުޅުންކަމަށްވާ އަބްދު ﷲ ކަމާލުއްދީނާއި ނަސްރު ﷲ ކަމާލުއްދީނު ވަނީ ސަރިޔަތުގައި ވިދާޅުވެފައެވެ. އެގޮތުން ޖައުފަރުގެ ގެ ކަމަށްވާ މައްޗަންގޮޅީ އެވަރލާސްޓުން އެންމެ އިންޗިއެއްވެސް އަކުރަމަށް ލިބެން ނުޖެހޭކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އެ ހާލަތުގައި އަކުރަމު ރޮމުން ހޭރެމުން އެހީތެރިކަން ހޯދަން ދުވުނީ ކާކުގެ ކައިރިޔަށް ހެއްޔެވެ.

ހަލާލު ނޫންބައެއް ހޯދުން

ފޫޅުމާ ފޯމުގައި ބައްޕަގެ ނަމަކަށްއޮތީ ކާކުގެ ނަމެއްތޯއާއި އުފަންދުވަހުގެ ސެޓްފިކެޓްގައި ބައްޕަގެ ގޮތުގައި އޮތީ ކާކުގެ ނަމެއްތޯއާއި ސަރިޔަތުގައި އަކުރަމަކީ ޖައުފަރުގެ ދަރިއެއް ނޫންކަމަށް ވިދާޅުވެފައިވޭތޯ ސުވާލުކުރާން ބުނެދިނުމާއެކު އެވަރލާސްޓުން ބައެއް އަކުރަމަށް ހޯދައިދިނީ ކާކުހެއްޔެވެ. ޑރ. މުނައްވަރެވެ. އަކުރަމަކީ ޖައުފަރުގެ ހަލާލު ދަރިއަކަށް ނުވާއިރުވެސް ޖައުފަރުގެ ބިމުން ބައެއް އަކުރަމަށް ލިބުނީ ޑރ. މުނައްވަރުގެ ސަބަބުންނެވެ. އެކަމަކު މިއަދު އަކުރަމު ތިޔަ ސުވާލުކުރަނީ ޑރ. މުނައްވަރަށް ކުރެވުނީ ކޮންކަމެއްހޭ އެވެ. ބަޔަކު އަޅެ ހައިރާނެއް ނުވާނެ ހެއްޔެވެ. ތިމާޔަށް ހަލާލު ނޫން އެއްޗެއް ހޯދައިދިނީމާވެސް ތިޔަ އަހަނީ އޭނާއަށް ކުރެވުނީ ކޮންކަމެއްތޯއެވެ. އެއްކަމެއް ނުކުރެވުނަސް އެވަރލާސްޓް ގޯތީގެ ބައެއް އަކުރަމަށް ހޯދައިދިނީ ޑރ. މުނައްވަރެވެ. އެހެންވީމާ ސުވާލު ތިޔަކުރަނީ ނުކުރެވޭނެ މީހެކެވެ. އެކަން ހަނދާންކޮށްދެމެވެ.

ޖޭކޭއެސް ރަމްޒުކޮށްދެނީ ކޮން އެއްޗެއް؟

ޖައުފަރުގެ ބިމުން އަކުރަމަށް ލިބުނު ތަންކޮޅަށް ކިޔާންފެށި ނަމަކީވެސް ވަރަށް ފައްކާ ނަމެކެވެ. ޖޭކޭއެސްއެވެ. ރަމްޒުކޮށްދެނީ ޖައުފަރު ކަމާލުއްދީން ސަން މި ޖުމްލައެވެ. ހަލާލުނޫން އެއްޗެއް ލިބިގެން ޖައުފަރުގެ ހަލާލު ބޭފުޅުންނަށް ޖޫސް ބޯންދިނުމުގެ ނިޔަތުގައެވެ. މި އަކުރަމަކީ އެހައިވެސް ހަޔާތްކުޑަ ގޮތްކުޑަ އިންސާނެކެވެ. ބުނެވިދިޔަ މަގުން ހޯދި ބިންކޮޅު ތަންކޮޅެއް ފަހުން އަކުރަމުގެ އަތުން ބީވެގެންދިޔައީ ޑރ. މުނައްވަރަށް ކަމެއް ނުކުރެވިގެނެއް ނޫނެވެ. ޚުދު އަކުރަމުގެ ވިޔާނުދާކަމުންނެވެ. އެބިމުގައި ފިހާރައެއް ހިންގަން ފުވައްމުލަކު ވިޔަފާރިވެރިއެއް ކަމަށްވާ ކެމްޕަސް ޑީޑީއަށް ކުއްޔަށް ދިނީއެވެ. ޑީޑީ އަތުން އެޑްވާންސަށް، ދަރަންޏަށް ފައިސާ ނަގަމުން ނަގަމުންގޮސް ދަރަނިވެރިވެގެން އެބިން ޑީޑީއަށް އެންމެފަހުން ދޫކޮށްލަން ޖެހުނީއެވެ. އެކަންވީ އެހެނެއް ނޫނޭ އަޅެ ބުނެބަލާށެވެ. ނުބުނެވޭނެއެވެ.

މެސްކޯގެ ހިއްސާ ލިބުނުގޮތް

މީޑިއާނެޓުގެ އެއް ބައިވެރިޔާ މެސްކޯގެ ހިއްސާއިން ކުޑަކުޑަ ބައެއް އަކުރަމަށް ލިބުނުގޮތް އަޅެ ހަނދާން އެބަހުރި ހެއްޔެވެ. އެކަމަށް އަނެއްކާވެސް މެދުވެރިވީ ޑރ. މުނައްވަރެވެ. އެހެން މީހަކަށް ލިބިލިބިއޮތް ބައެއް މަށަށްދޭށޭ ބުނެ ރޮއިހޭރިގަތީމާ އާނއެކޭ ދެން މީނާއަށް ދޭށޭ ބުނެ އެކަމަށް ބާރުއެޅީ ޑރ. މުނައްވަރެވެ. އެހެންވީމާ އެއޮތީވެސް ޑރ. މުނައްވަރަށް ކުރެވުނު ކަމެއް ފެންނާށެވެ. ކައިގެން ބޮއެގެން އުޅެވޭވަރު ކޮންމެފަހަރަކުވެސް ތިޔަ އަކުރަމަށް ކޮށްދެނީ ޑރ. މުނައްވަރު ފިޔަވައި އެހެން މީހެއް ނޫނެވެ.

ރައުދާއި އަކުރަމުގެ ލޭގެ ގުޅުން

ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރު ކުރެވިފައިވާ ރައުދު ޒިލާލް ސަލާމަތް ކުރުމަކީ ޑރ. މުނައްވަރުގެ މަސްލަހަތެއް ނޫނެވެ. އެ މަސްލަހަތު އޮތީ އަކުރަމުގެއެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން އަކުރަމުގެ އަސްލު ބައްޕަޔަކީ މާވާގޭ އަބްދުއްސައްތާރު އަހުމަދުދީދީއެވެ. ރައުދުގެ ކާފަޔަކީ މި ބުނި ސައްތާރާއި އެއްބަނޑު އެއްބަފައި ހުސައިންދީދީއެވެ. މާވާގޭ ހުސައިންދީދީއެވެ. އެހެންވީމާ ރައުދުގެ ބައްޕަ ޒިލާލްއާއި އަކުރަމަކީ ލޭގެ ގުޅުމުން ފަސްޓް ކަޒިނުންނެވެ. ދެން މައްސަލައެއް ނެތެވެ. ސަރިޔަތުން އެހެނެއް ނޫނެވެ. އެހެންވިޔަސް އަކުރަމަށްވުރެ ހަގަށް ތިބި އަކުރަމުގެ އެއްބަނޑު މީހުންނަކީ ރަސްމީގޮތުންވެސް ސައްތާރުގެ ކުދިންނެވެ. އެމީހުންނާ ޒިލާޔާ ކަޒިންވާނެއެވެ. އެގޮތުންވެސް ރައުދު ހިމާޔަތް ކުރުމަކީ އަކުރަމަށް ލާޒިމު ކަމެކެވެ. މިވާހަކަ މިގެނައީ ރައުދުގެ މައްސަލަ ފުރޮޅާލައި އެހެން މީހުން ބަދުނާމުކުރުމުގެ ހުއްޖަތަކަށް ހެދުމާ ގުޅިގެންނެވެ. އާއިލީ މަސްލަހަތު، ނުވަތަ ލޭގެ މަސްލަހަތު އޮތީ ކާކުގެތޯ ބުނެދިނުމުގެ ގޮތުންނެވެ.

ތިމާގެ އަމިއްލަ އުނަގަޑުގައި މުންޑު ހަރުނުލާއިރު އެހެން މީހުން އޮރިޔާންކުރާނަމޭ ހިތުލައިގެން އުޅޭއިރު އަކުރަމަށް ބުނަމެވެ. ހައުސިން މިނިސްޓްރީގައި ހުރެގެން ކުރި ވައްކަމާއި ރާއްޖެޓީވީ ވުޖޫދުކުރަންވެގެން ހިންގި ވައްކަމާއި މިހެންގޮސް އަކުރަމުގެ ވައްކަމުގެ އެކި ބާބުތައް ހެއްކާއެކު ބަޔާންކުރުން އަދިއޮތީ ކުރިއަށެވެ. މިއަދު މި ބަޔާންކުރެވުނީ މީހާގެ ނަޖިސް ފެށުމުގެ ވާހަކައެވެ. ކަންކަން ކޮށްދިނީ ކާކުކަން ބުނެދިނުމުގެ ވާހަކައެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *