ހަނޑޫ ފުކެއްގައި قل هوالله ލިޔުނު ކަލޭގެފާނުގެ މިސްކިތް

އައްޑުއަތޮޅުގައި އެންމެ ގިނަ މިސްކިތް އިމާރާތް ކުރެވިފައިވާ ރަށަކީ މީދޫއެވެ. އެހާގިނަ މިސްކިތް މީދޫގައި ހުރުމުގެ މާނައަކީ ކޮންމެހެން އެންމެ ބަރާބަރަށް އެންމެ ގިނައިން ނަމާދުކުރާ މީހުން ތިބެނީ މީދޫގައި ކަމަށް ވުމެއް ނޫނެވެ. މިސްކިތް އިމާރާތް ކުރުމުގައި ތަފާތު ސަބަބުތަކެއް ހުރެއެވެ. ބައެއް ފަހަރަށް އެއީ ފޮރުވިފައިވާ ސިއްރެކެވެ. އަނެއްބައި ފަހަރަށް އެއީ އެންމެން ދަންނަ ސިއްރެކެވެ. ވަރަށް ކުރީގައި ބިނާކުރެވިފައިވާ މިސްކިތެއްނަމަ ތާރީޚުގެ ހިރަފުހުގެ ތެރޭގައި ސަބަބުވެސް ގެއްލިފައި އޮވެދާނެއެވެ.

މިފަހަރު ލިޔާންކަމަށް މިއުޅެނީ ވަރަށް އާދަޔާޚިލާފު ސަބަބަކާ ގުޅިފައިވާ މިސްކިތެއްގެ ތާރީޚެވެ. އަދި މި ބުނެވުނީ މުޅިއަކުން ރަނގަޅަށް ނޫނެވެ. ލިޔާން މިއުޅެނީ ހަނޑޫ ފުކެއްގައި قل هو الله ލިޔުނު ކަމަށް ބުނާ ކަލޭގެފާނަށްޓަކައި އާކުރެވުނު މިސްކިތުގެ ވާހަކައެވެ. ޖަންގަލީގެ ތެރޭގައި ވީރާނާވެ ގެއްލިފައި ހުރި މިސްކިތެއްގެ އާސާރުތަކެއް ފެނި އެއީ ކުޑަވެގެންގޮސް ކިތަންމެ ކުޑަ އެއްޗެއްގައިވެސް ގުރުއާނުގެ އާޔަތްތައް ލިޔުމުގެ ކުޅަދާނަކަން ލިބިގެންވި މާތް ބޭކަލަކާއި ގުޅިފައިވާ މިސްކިތެއްކަން އެނގިގެން އެ މިސްކިތް އަލުން ބަލުން އިމާރާތް ކުރިގޮތުގެ ވާހަކައެވެ.

މީދޫ ޒިޔާރަތް މިސްކިތަކީ ކޮން ޒަމާނެއްގައި ކާކު ބިނާކުރި މިސްކިތެއްކަން އެނގޭކަށް ނެތެވެ. މިސްކިތުގެ ތާރީޚު އެނގެންފެށީ ގަނޑުވަރު ކައްދާދީގެ އަލި ދީދީ އެ މިސްކިތް އާ ކުރެއްވި ހިސާބުންނެވެ. އަލި ދީދީގެ ބައްޕައަކީ ރަހާގެ އިބްރާހިމް މަނިކުފާނެވެ. އަލި ދީދީ ބޮޑަށް މަޝްހޫރުވެގެންވަނީ ކުބެއްޔާގެ ނަމުންނެވެ. ކުބެއްޔާ އާކުރި މިސްކިތް ހުންނަނީ މީދޫ ފެންނާ މަގުގެ ދެކުނު ފަރާތުގައެވެ. ފެންނާ މަގާއި ގަނޑުވަރުފަންނު މަގާއި ގުޅުނުތާގެ ހުޅަނގު ދެކުނު ކަނުގައެވެ. މިހާރު ގަނޑުވަރުފަންނު މަގުގެ ނަމަކީ ޒިޔާރަތް ގޯޅިއެވެ.

ޒިޔާރަތް މިސްކިތް ހުރި ސަރަހައްދަކީ ކުރީ ޒަމާނުގައި ބޮޑެތި ގަސްތައް ހެދިފައިވާ ޖަންގައްޔެކެވެ. އެ ސަރަހައްދުން އަތިރިއަށް ފޭބުމަށްޓަކައި ކުބެއްޔާ އާއި އޭނާގެ ބޮޑުބޭބެ ގަނޑުވަރު އަހުމަދު ދީދީ މަގެއް ހެދިއެވެ. މަގުގެ ނަމަކީ ފަހުން ގަނޑުވަރުފަންނު މަގެވެ. މަގު ހެދުމަށްޓަކައި ގަސްތައްކޮށައި ސާފުކުރުމުގެ ތެރޭގައި ކުބެއްޔާ އަށް ބޯދާ މިސްކިތެއްގެ އާސާރު ފެނުނެވެ. އެޒަމާނުގައިވެސް މިސްކިތެއްގެ އާސާރުކަން ދެނެގަތުމަކީ އުނދަގޫކަމެއް ނޫނެވެ. އޭގެ ސަބަބަކީ މިސްކިތްތައް ހަދާފައި ހުންނަނީ އާއްމުގޮތެއްގައި ހިރިގަލުން ކަމަށް ވުމުންނެވެ. މި އާސާރެއްގެ ހުޅަނގުން ތިރީހަކަށް ފޫޓު ދުރުގައި ޒިޔާރަތެއް ހުއްޓެވެ. އެ ޒިޔާރަތުގެ ވަށައިގެން ފާރެއްވެއެވެ. ޒިޔާރަތުގައި ހިރިގަލުގެ މަހާނަގަލެއް ޖަހާފައިވެއެވެ. އެ ގަލުގައި ލިޔެފައިވާ ލިޔުމުން އެނގުނީ އެތާގައި ފަސްދާނުލެވިފައިވާ ބެއިކަލަކީ ހަނޑޫ ފުކެއްގައި قل هو الله ލިޔުއްވި ކަލޭގެފާނު ކަމެވެ.

މި ބޭކަލެއްގެ ފުރިހަމަ ނަމާއި ވަނަވަރާއި ހަސަބާއި ނަސަބު ސާފެއްނުވެއެވެ. ހަނޑޫ ފުކެއްގައި އާޔަތެއް ލިޔުނީ ކީއްވެގެން ކޮން ބޭނުމެއްގައިކަން ވެސް އެނގޭކަށް ނެތެވެ. މަހާނަގާ ހުރީ ޒަމާންވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކު ވެފައެވެ. އެ ސަރަހައްދުގައި މިސްކިތެއްގެ އާސާރު ހުރުމާއި ޒިޔާރަތެއް ހުރުމާއި ގިނަ އަދަދެއްގެ މަހާނަ ވެސް ހުރުމުން ކުބެއްޔާއާއި ގަނޑުވަރު އަހައްމައިދި އަށް ޔަގީންވީ އެއީ ކުރީ ޒަމާނުގައި އިސްލާމުންގެ ގަބުރުސްތާނެއް ކަމެވެ.

ކުބެއްޔާއަށް ފެނުނު އާސާރުގެ މަތީގައި އާ މިސްކިތެއް އިމާރާތް ކުރިއެވެ. އެ މިސްކިތުގެ ނަމަކަށް ޒިޔާރަތް މިސްކިތޭކިޔައި ނަން ދިނެވެ. އެދުވަހަށްފަހު މިސްކިތުގެ ބަލަދުވެރިޔަކީ ކުބެއްޔާއެވެ. ކުބެއްޔާ ނިޔައުވުމަށްފަހު މިސްކިތް ބެލެހެއްޓުމާއި ހަވާލުވީ އޭނާގެ ދަރިންގެ ތެރެއިން އަބްދުﷲ ދީދީ އެވެ. އަބްދުﷲ ދީދީގެ ޒަމާނުގައި އޭނާވެސް މިސްކިތް އާކުރިއެވެެ. މި މަސައްކަތެއް ކުރުވީ ގަމުން ފަންނުވެރިން ގެނެސްގެންނެވެ. މިސްކިތް އާކުރީ ވަށައިގެން ގާ ޖަހައިގެންނެވެ. ގަލުގައި ކޮރުނަގައި ގަލުގެ މަތީގައި ލަކުޑި ހަރުކޮށް ދަނޑިފަނުންނެވެ. ފުރާޅު ހަދާފައިވަނީ ރުއްލަކުޑިއާއި ފަނުންނެވެ. ހިޔާކުރެވުނީ ދެ ފުރާޅަށެވެ. މިސްކިތުގެ އުތުރު ފަރާތުގައި ވެޔޮ ކޮނެ ހިރިގަލުގެ ސިޑިބަރިއެއް ބެހެއްޓިއެވެ. ވެޔޮ ބެހެއްޓީ ގަނޑުވަރުފަންނު މަގާއި ޖެހިގެންނެވެ.

މިސްކިތުގެ ވެވަށް ފަސް އަޅައި ފޮރުވައިލީ މުހައްމަދު އަމީނުގެ ވެރިކަމުގައެވެ. ވެޔޮ ހުރިތާގައި ދެން ބެހެއްޓީ ވަޅެކެވެ. މި ވަޅު ބެހެއްޓީ ކުބެއްޔާގެ އިބްރާހިމް ދީދީގެ ކުދު އަހުމަދު ދީދީ (ކުދު އަހައްމާބެ) އެވެ. މިސްކިތުގެ ތަޅުން ހަދާފައިވަނީ ދެ ފޫޓު އުހަށް ވެލި އަޅައި އޭގެ މަތީގައި އުވައިންނެވެ. މިސްކިތުގެ ދިގުމިނުގައި ބާރަ ފޫޓް އަދި ފުޅާ މިނުގައި ސާދަ ފޫޓެވެެ. މިހުރާބުގެއެއް ނުހުރެއެވެ.

މިސްކިތުގެ މަސައްކަތް ނިންމާލާފައި قل هو الله ލިޔުއްވި ކަލޭގެފާނުގެ ޒިޔާރަތް ބޮޑުކޮށް އެ ޒިޔާރަތުގެ ވަށައިގެން އެއް ފޫޓް އުސްމިނަށް ހިރިގަލުން ފާރެއް ރޭނިއެވެ. ޒިޔާރަތުގައި އިތުރު މަހާނަގަލެއްވެސް ބެހެއްޓިއެވެ. ޒިޔާރަތުގެ ބޮޑު މިނަކީ 10 ފޫޓު 8 ފޫޓެވެ. ކުރިން ހުރި ދިދަ ދަނޑިއަށް ވުރެ ބޮޑު ދިދަ ދަނޑިއެއް ޖަހައި އެ ދަނޑީގައި ދިދައެއް ނެގިއެވެ. މި ދިދަ ހުރީ ޒިޔާރަތުގެ އިރުމަތީ ފަރާތު ކަނުގައެވެ.

ކުބެއްޔާގެ އަބްދުﷲ ދީދީގެ ޒަމާނުގައި މި ޒިޔާރަތާއި ޖެހިގެން އެދީދީގެ މާފަ ކުއްޖަކު ވަޅުލިއެވެ. އެކުއްޖަކީ ކުބެއްޔާގެ އަބްދުﷲ ދީދީގެ މަރިޔަމް ދީދީ އާއި ކައްދާދީގެ އެޅެދީދީގެ އަހުމަދު ދީދީ އާއި ދެމީހުންނަށް ލިބުނު ފިރިހެން ކުއްޖެކެވެ. އުފަންވި އިރު ވަނީ ނިޔާވެފައެވެ.

ޒިޔާރަތް މިސްކިތް ބެލެހެއްޓީ ކައްވަތަށް ރުއްނަގައިގެން ނުވަތަ ބޯގަ ނަގައިގެނެއް ނޫނެވެ. ސަރުކާރުން މިސްކިތްތައް ބަލަހައްޓަން ފެށުމާއި ހަމައަށް މި މިސްކިތް ބެލެހެއްޓީ އަމިއްލަ ޚަރަދުގައި ކުބެއްޔާގެ ދަރިކޮޅު މީހުންނެވެ. މިއަދު ސަރުކާރުގެ އެހީ ލިބުމާއެކުވެސް މިސްކިތް ބަލަހައްޓަން ހަވާލުވެ ތިބެނީ ހަމަ އެ ދަރިކޮޅުގެ މީހުންނެވެ. ކުބެއްޔާއަށް ފަހު ކުބެއްޔާގެ އަބްދުﷲ ދީދީ އެވެ. އަބްދުﷲ ދީދީއަށް ފަހު ކުބެއްޔާގެ އިބްރާހިމް ދީދީގެ ކުދު އަހުމަދު ދީދީ އެވެ. ކުދު އަހުމަދު ދީދީ އަށް ފަހު އެ ދީދީގެ ކޮއްކޮ ކުދު އަލި ދީދީ އެވެ. ކުދު އަލި ދީދީ އަށްފަހު ކުބެއްޔާގެ ފާތިމަތު ދީދީގެ އުވަގޭ ހުސައިން ދީދީ އެވެ.

ހުސައިން ދީދީއަށް ފަހު ހަވާލުވީ ކުބެއްޔާގެ އިބްރާހިމް ދީދީގެ ކުދު އަހުމަދު ދީދީގެ ސާރާގެ ފިރިމީހާ އައްޓިއަރި އަބްދުﷲ ދީދީ އެވެ. އަބްދުﷲ ދީދީ ރަށުން ބޭރުގައި ހުންނަ ދުވަސްތަކުގައި މިސްކިތް ބަލަހައްޓަނީ ކުބެއްޔާގެ އަބްދުﷲ ދީދީގެ އާމިނަތު ދީދީގެ މުހައްމަދު ދީދީ އެވެ. ރަސްމީކޮށް މިސްކިތް ބެލެހެއްޓުމާއި މުހައްމަދު ދީދީ ހަވާލުވީ 1997 ގައެވެ. މެދުނުކެނޑި 6 އަހަރާއި 6 މަހާއި 3 ދުވަހު މުދިންކަން ކުރުމަށްފަހު މުހައްމަދު ދީދީ ރިޓަޔަރ ކުރުމުން ދެން މިސްކިތާއި ހަވާލުވީ ކުބެއްޔާގެ މުހައްމަދު ދީދީގެ ނަދީމާގެ އާމިނަތު ދީދީގެ ފިރިމީހާ ބޭރެގޭ ހަސަން ދީދީއެވެ.

އުވަގޭ ހުސައިން ދީދީ މި މިސްކިތް ބެލެހެއްޓި ދުވަސްވަރު މިސްކިތުގެ ވަރައްމަ ފަރާތު ކަނުގައި ވަޅެއް ބެހެއްޓިއެވެ. ވަޅު ބެހެއްޓުމަށް ބޭނުންވި ސާމާނު ދިނީ ހުޅުދޫ ދޮންދީސާކަލޭގެ މުހައްމަދު މަނިކާގެ އަހުމަދު މަނިކާގެ އަބްދުލް ބާރީ (ބޮޑު ބާރީ) އެވެ. ވަޅު ރޭނުމުގެ މަސައްކަތާއި ވަޅު ބެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރީ ކުބެއްޔާގެ އަބްދުﷲ ދީދީގެ އާމިނަތު ދީދީގެ މުހައްމަދު ދީދީ (އަލިބެއްޔާގެ ބޭބެ) އެވެ. ވަޅު ކޮނުނީ މޫސާ މަނިކާގެ މަރިޔާގެ އަހުމަދު މަނިކާގެ މަރިޔާގެ އަލިމަނިކާގެ މުހައްމަދު މަނިކުފާނު (ބުއްލާ) އާއި މަގިބެޔާގެ ނަސީމެވެ.

މިޒަމާނުގެ ގޮތަށް މި މިސްކިތް ބޮޑުކުރީ ކުބެއްޔާގެ އަބްދުﷲ ދީދީގެ އާމިނަތު ދީދީގެ މުހައްމަދު ދީދީގެ ފަރުޒާނާގެ ފިރިމީހާ ސައިގޭ ސައީދެވެ. ސައީދުގެ އަމިއްލަ ޚަރަދުގައި މިސްކިތްބޮޑު ކުރުމަށްފަހު ފުރަތަމަ ފަހަރަށް އަރަބި ނަމަކުން ނަން ކިޔަން ފެށުނެވެ. ޒިޔާރަތް މިސްކިތުގެ މިހާރުގެ ނަމަކީ މަސްޖިދުއްޒިކުރާ އެވެ.

You may also like...

4 Responses

  1. mohonu says:

    meedhoo gai huri mifadha ethah aasaaree miskii thah halaaku koh vanee naththaalaafa. meedhoo akee bodu aa miskii alhan bin nei rasheh noon.. konme hen aasaaree binaa halaaku nukoh ves aa miskii binaa kurevuneees..

    • މޮހަނާ..! މީހަކު ކަމެއްކޮށްދިނަސް ބަލައިގަންނާކަށް ނޭގޭނީތަ. ކަމެއްކޮށް ނުދިނަސް ބަލައި ނުގަނެވޭނެ. މީދޫގައި އާސާރީ މިސްކިތޭ ކިޔާ ކިތައް މިސްކިތް އެބަހުރި.އެކަމަކު އެއިން މިސްކިތެއް އާސާރީ ލިސްޓްގައި ހަމަނަން މޮހަނު ކުރީ ކޮންމަސައްކަތެއް.

  2. rippi guaa says:

    އާސާރީވީމާ ވާސަރީއޭ ކިޔާފައި ތިބީމަ ނިމުނީ ދޯ؟ ބަލަގަ އާސާރު ދަމަހައްޓަން އެއްވެސްކަމެއްނުކޮށް ތިހެން ތިއްބާ ބާސާރަށްވެ އެހެރަގެން ނިމިގެންދަނީ. ބާކީ ހުރި ތަނެއް ވިއްޔާ ހާބީންގެ ބަހަށް ޕާޓޭން ނިކުމެ ތަޅައި ނިންމާލަނީ.

    • މީދޫ ކެހެޅާ says:

      ކޯގަންނެ މެދެޒިޔާރަތި ތިބި ކީލާއި ކޯގަންނެ ދެންތިބި ކީލަ މުގުރައި ސުންނާފަތިކެޑެއި ކަނޑުން އެރި ކަނޑޮގެރިއަކީ. މީދޫ އަށް ކަނޑޮ ގެރި އަރަނީޔާ. ކޮބާ ހިމާޔަތުގެ ވާހަކަ.

Leave a Reply

Your email address will not be published. Required fields are marked *