Mathikilhi Eco Garden





















Mathikilhi Eco Garden













Kudhuhera













Addu Meedhoo













WWII Bunker used by British













Koagannu
0

ތިޔައީ ގަޓުހުރި ފަނޑިޔާރެކެވެ.

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދަކީ ގަޓުހުރި ފަނޑިޔާރެކެވެ. އެކަން އެމަނިކުފާނު ދައްކަވައިފިއެވެ. ރައްޔިތުންވެސް ބަލައިގެންފިއެވެ. މަނިކުފާނަށް އައްސަރިބަހާއި ސާބަހެވެ. މަނިކުފާނުގެ ނަންފުޅު ތާރީޚުގައި ލިޔާނީ މަނިކުފާނުގެ ކާބަފައިންގެ ތެރެއިން ތިޔަ އިއްޒަތްތެރި މަގާމު ފުރުއްވާފައިވާ މަޝްހޫރު ބޮޑެތި އާލިމުންގެ ނަންފުޅުވެސް ލިޔެވޭ ލިސްޓުގައެވެ. ތާރީޚެއް ދުނިޔެއެއް އާޚިރަތެއް...

0

އައްޑޫ މީދޫ ފަޅުތެރޭގައިވާ ރަށްފަތީގެ އެހާރާއި މިހާރު

ފަށައިގަތުން މީދޫ މައިފަޅު ތެރޭގައި ތަންކޮޅެއްކުރީން ހުރި ބައެއް ފަޅުރަށްރަށް ނެތިގެން ފުހެވިގެން ގޮސްފައިވާކަން އެގޭހެއްޔެވެ. އެއްރަށް އަނެއްރަށާއި ގުޅި ޖިއޮގްރަފީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެގޭހެއްޔެވެ. ނެތިގެންގޮސްފައިވާ ރަށްރަށް ހުރި ތަންތަނާއި އެރަށްރަށުގެ ނަމަކީ ކޮބައިކަން އެގޭހެއްޔެވެ. މީދޫގެ ހުޅަނގުއުތުރުން ފެށިގެން މާކަނޑާ ހަމައަށް ދެމިގެން...

0

މުޅި ފޭދޫ ރޮއްވައިލި ގްރީކްބޯޓު ކާރިސާ 5

އަހުމަދުރަހާ އާއި އޭނާގެ އާއިލާ ގްރީީކްބޯޓު ބަންޑުންޖަހައިލުމުގެ ހާދިސާގައި ފޭދޫން އެންމެ ބޮޑު ހިތާމައެއް ކުރިމަތިވި ކުދުގަނޑަވަރި އަހުމަދުރަހާޔަކީ ހުޅުދުވަށް އުފަން ހުޅުދޫ މީހެކެވެ. މަންމަޔަކީ ހުޅުދޫ ކުދުފޮކޮޅެގޭ އާމިނާމަނިކުފާނެވެ. ބައްޕަޔަކީ ހުޅުދޫ މާމަގިގޭ މުހައްމަދެވެ. ވަރަށް ކުޑައިރު ގަމުގެ ކުދުގަނޑަވަރޭ ކިޔުނު ގެއެއްގައި އުޅޭންފަށައިފިއެވެ. ގަމުގައި...

0

މުޅި ފޭދޫ ރޮއްވައިލި ގްރީކްބޯޓު ކާރިސާ 4

އިނގިރޭސީންގެ އެހީ ލިބުން ބޯޓު ބަންޑުން ޖަހައިލި ހާދިސާ ހިގި ވަގުތަކީ ފޭދޫގެ ވެރީން ވޯކީޓޯކީން އަތޮޅުއޮފީހަށް ގުޅުމަށްޓަކައި އޮފީސްފަންނުން އަތިރިމައްޗަށް ނުކުމެ ތިބި ވަގުތެވެ. އެދުވަސްވަރު ވޯކީޓޯކީން ވާހަކަ ދައްކާނީ އާއްމުގޮތެއްގައި އަތިރިމަތީގައި ތިބެގެންނެވެ. ބޯޓު ބަންޑުންޖަހައިލި މަންޒަރު ފެނުމާއެކު އެޚަބަރު އަތޮޅު އޮފީހަށް ދީފައި...

0

މުޅި ފޭދޫ ރޮއްވައިލި ގްރީކްބޯޓު ކާރިސާ 3

ބޯޓަށް އެރުމަށްފަހު މަންމަ ގޮސް އިށީނީ އިންޖީނު ފަލްކާގެ މަތީގައެވެ. އަހަރެންވެސް އިނީ އިންޖީނު ފަލްކާގެ ކައިރީގައި އިންޖީނަށް ބަލަހައްޓައިގެންނެވެ. ކޮއްކޮ ރޮއެހަދާތީ މަސަލަސްކުރަން މަންމަ އިނީ އޭނާއަށް ކިރުދިނުމުގައެވެ. މިހެންތިއްބައި އެއްފަރާތަކަށް ބޯޓު ވަރަށް ބޮޑަށް އަރިއަޅާލައިފިއެވެ. އިރުކޮޅަކުން އަނެއްފަރާތަށް އަރިވެއްޖެއެވެ. އެވަގުތު ބައްޕަ އައިސް...