Category: ވާހަކަ

0

ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 7

އެހީތެރިކަން ލިބޭނޭކަމުގެ އުއްމީދުގައި މިތާގައި ތިބޭތާ ދުވަސްތަކެއްވީފަހުން އެއްދުވަހެއްގެ ހެނދުނު ފެންނާމަނިކުފާނު ބުންޏެވެ. އެހީތެރިކަމެއް ނުލިބުނެވެ. ވަރަށް ގިނަދުވަހު އިންތިޒާރުގައި ތިބެވިއްޖެއެވެ. ރޯދަމަސްވެސް ނިމެނީއެވެ. ދެން މިތަނުން ދާންވީއެވެ. ދެނެއް ނުތިބެވޭނެއެވެ. އަހަރެމެން އަމިއްލަޔަށް އުޅެގެންވެސް ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެއެވެ. އެކަމަކު މަގޭ ފޮށި ރައްކާތެރިކަމާއެކު ގެންދެވޭނެ...

0

ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 6

މިއަޑު އިވިފައި ފެންނާމަނިކުފާނު ގަންނާކުރެއްވި ބިރަކުން އާދޭހުގެ ރާގެއްގައި ބުންޏެވެ. އިބިރިހިންމަނިކާއެވެ. ކަލެއަށް ސަވާބާއި ދަރުމަ ހުންނާނެއެވެ. ތިޔަހެން ނުކިޔާށެވެ. އަހަރެމެން އެންމެންގެ ހިތްވަރަކީ މިފޮށްޓެވެ. ފޮށްޓާއި އެކަކުވެސް ނުބެހޭށެވެ. އިބިރިހިންމަނިކާ ބުންޏެވެ. މިތާގެ މީހުންވެސް ވާހަކަދައްކައި އުޅެނީ އައްޑޫބަހުން ބާވައެވެ. އެހެންވިއްޔާ އަހަރެން މިދެއްކި ވާހަކަ...

0

ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 5

އޮޑި ފަރަށްއެރުން އައްޓިއަރި މުހައްމަދުދީދީ ކުނބަށް އަރައި ބަލައިފައި ބުންޏެވެ. ދުރުން ވަރަށް ބޮޑު ފަރެއް އެބަފެނެއެވެ. ފަރުގެ މަތިން އަރައިގެން ދެވިއްޖެނަމަ ރަނގަޅެވެ. އެހެންނޫނީ ކުރާނެ ކަމެއް ނެތެވެ. މިހެން ތިއްބައި ފަރާއި ވަރަށް ގާތްވެއްޖެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. އޮޑި މިހިރަގެން ދަނީ ފަރު މެދަށެވެ....

0

ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 4

ވައިބާރުކަމުގެ ވާހަކަ ދެއްކުމެއްނެތެވެ. އޮޑި ދިޔައީ ސިލޯނާއި ވަރަށް ކައިރިންނެވެ. އެއްގަމުގައި ހުންނަ ތަކެތިވެސް ފެނެއެވެ. ކޯރު ފަހަނަޅައި ދިއުމުން ފަޅުވެރީންނާއި ދިމާލަށް ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ. ކުދީންނޭވެ. ނިކަން ވިސްނައިގެން ތިބޭށެވެ. ކަންތައް ވަރަށް ގޯސްވާނެއެވެ. އަހަރެމެން މީދޫން ފުރީ މާލެ ދިއުމަށެވެ. މާލެއަކަށް ނުދެވުނެވެ....

0

ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 3

ސިލޯނަށް ކުރި ދެވަނަ ދަތުރަށްފަހު ނިންމާފައި އޮތީ އިރުވައިމޫސުން އައިމާ މާލެއަށް ދަތުރެއް ކުރާގޮތަށެވެ. އޭރު ރައްޔިތުންގެ އޮޑީގެ ނަމުގައި ދުއްވަމުން އައި ގެރިބަނޑާ އޮތީ ކޮންމެވެސް ގޮތަކުން ފުނޑިފައެވެ. ކާޑުގެއިން މާލެއަށް ފޮނުވާންޖެހޭ ރޯނާއި ކުފުރާޔާއި ކާށްޓާއި މަހާއި މިޒާތުގެ އެނޫންވެސް ތަކެތި ހުރީ ފުނިޖެހިފައެވެ....