Category: ވާހަކަ

0

ޕްރިންސް ދީދީގެ ނަމުން ސިލޯނަށް މަޝްހޫރުވި އައްޑޫ މުހައްމައިދީގެ ވާހަކަ 3

ޕްރިންސް ދީދީއަށް ސެލިއުޓްކުރުން ކޮޅުނބަށް ކަލޭ އައީ އަހަރެން ރާއްޖެ ގެންދަންވެގެންނޭ ބުނިއިރު އެއީ ހުވަފެނުގައިވެސް ކަލެއަށް ކުރެވޭނޭ ކަމެއް ނޫނެވެ. މޮޅިއްޔާ އަޅެ ގެންގޮސްބަލާށެވެ. ކަލޭގެ ކުރިމަތީގައި ހުރެގެން ދިވެއްސަކު ގޮވައިފާނެކަމަށް ކަލޭ ހިތަށްވެސް ދުވަހަކު ނާރާތަކެތި އަހަރެން ގޮވައިފީމެވެ. އެހެނޭކިޔާފައި ކުރެވޭނެ ހަމައެއްކަމެއްވެސް ނޯންނާނެއެވެ....

0

ޕްރިންސް ދީދީގެ ނަމުން ސިލޯނަށް މަޝްހޫރުވި އައްޑޫ މުހައްމައިދީގެ ވާހަކަ 2

ސިލޯނުގައި ނުފޫޒުގަދަ މީހަކަށްވުން އެދުވަސްވަރު ސިލޯނުގެ ބޮަޑުވަޒީރަކަށް ހުންނެވީ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ލީޑަރު ޑީއެސް ސެނެނާޔަކައެވެ. ޕްރިންސް ދީދީގެ އިނގިރޭސި މަޒްމޫނުތަކުގެ ފެންވަރު ރަގަޅުކަމާއި ބުނެދިނުން ކުރުކަމާއި ފޮނިކަމުން ޔޫއެންޕީގެ ޕްރޮޕަގެންޑާ ޑިޕާޓްމަންޓަށް ޕްރިންސް ދީދީ ވަރަށް މުހިއްމުވެއްޖެއެވެ. އެހެންވެގެން ބޮަޑުވަޒީރުގެ އޮފީހަށް ޕްރިންސް ދީދީ...

0

ޕްރިންސް ދީދީގެ ނަމުން ސިލޯނަށް މަޝްހޫރުވި އައްޑޫ މުހައްމައިދީގެ ވާހަކަ 1

ޕްރިންސް ދީދީ ޕްރިންސް ދީދީއަކީ ހިތަދޫ ކޮރޮވަލިގޭ އާމިނާދިއާއި ވާރަގޭ އިބްރާހިމް ދީދީގެ ދަރިފުޅެވެ. އަސްލު ނަމަކީ މުހައްމައިދިއެވެ. މިއީ އައްޑޫ ރައްޔިތުންގެ ތެރެއިން ޖަމާއަތުގެ ހައްގާއި ފަރުދީ ހައްގާއި ވިޔަފާރީގެ މިނިވަންކަމާއި ޑިމޮކްރަސީގެ ހަމަތަކަށް ވަކާލާތުކޮށް ސަރުކާރުގެ ވިޔާނުދާ އަމަލަތަކާމެދު ނުރުހިގެން ރާއްޖެދޫކޮށް ސިލޯނަށް ހިޖުރަކުރި...

0

ކަޅިހާރިއޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 10

ބޮމްބޭގެ ބަނދަރާއި ގާތްވުމުން ޕައިލެޓަކު އައިސް ބޯޓަށް އަރައި ބަނދަރުގެ އަމާން ގޯއްޖަކަށް ބޯޓު ލައިދީފިއެވެ. ދެން ބޮމްބޭގެ ސަރުކާރަށް ދިވެހީންގެ ވާހަކައިން ކެޕްޓަން ޚަބަރުކޮށް މުމްބާސާއިން އިނގިރޭސިން ދިން ސިޓީ ފޮނުވީމާ ލަސްތަކެއް ނުވެ ފުލުހުންގެ ތިންމީހަކު އައިސް ދިވެހިން ބާލައިގެން ގެންދިޔައީ ސިފައިންގެ މަރުކަޒަކަށެވެ....

0

ކަޅިހާރިއޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 9

ޖަނާޒާގެ ކަންތަކުން އަވަދިވެގެން ގަބުރުސްތާނުން ނުކުމެގެން އައި މަގުމަތީގައި އެޅެގޭ އަހުމަދުދީދީ ބުންޏެވެ. އަލިކޮއްކޯއޭ އަހަރެމެން އެންމެންނަށް މިދަތުރެއް ކުރެވި މިތާކަށް މިއާދެވުނީ މި ވެލިމުށް ފޮޅައިލާންތާއެވެ. ތަގުދީރަކީ މިކަހަލަ އެއްޗެކެވެ. އަލިދީދީ ބުންޏެވެ. އާނއެކޭ ކަންތައް ވެގެން މިދިޔައީ އެހެންނެވެ. ކޮންމެ ކަމެއްވެސް މިއެނގެނީ އެކަމެއް...