ހެއުނިވޭހެއް އަފިރިން ބާތިބައު

ހިތަށް ކެރާ އަސަރާއި އަރާ ބާރަ ބޮނޑަކަމުން މި އުދާސްތައް ބޭރެކެރާއްވެގެން އެއްތައް ލޭނަށް ވޭޑިވޭޑި އެކަމަށްނިވި. ލޭނަށް  މިޖެހެނީ މާލޭ ބަހުން. އެކަމަކި ހިތަށް އަރާ އެއްތެތި މިއަރަނީ އައްޑޫ  ބަހުން. އެހެންވީމެއި އަތާއި ހިތާއި ދިމާނިވެގެން ލިޔޭލެއް ނިވީމެއި މިކޯ މިލޭނައި އައްޑޫ ބަހުން. ބޭނުންވޭ އެއްތާ އެންމެ އަސަރާއި އެކީ ބެނޭނެއިހަމަ އައްޑޫ ބަހުން.

ރީނދޫ މައު ޖަހަގެން ތިބޭ ކުދިން އެނައްކޯ އެވެރިންގެ ބޮނޑަ ޖަލްސާ އައްޑޫ ބާވާހަކަ ނޫހުން ފެނިގެ. މަ ހިތަށް އެރީ މީދެން ކިހެއި ބޮނޑަ މުސީބާތަކާއި ދުއްޕާނަށްތައު އަފިންނާއި ކުރިމަތިވެފެއި މިއޮތީ. ވެރިކަމާއި ހެދި ބޫތު ކާގެން ހިނގާ ދެ ކުލާކި ބާކިންގެ ކަމަކީ އެއްބާކިން އެނައްބާކިންނަށް ކަންދެއްކުމާއި ޖެއްސުން ކެޑުން. މީން ކޮންމި ބާކިންއަފިރިން އައްޑޫ މީހުން ބޭނުން މިކެރަނީ އެވެރިން ޖަހާއް އޮންނަ ބޯޅާކި ގޮތެ. މި ބޯޅާ މިވެރިން ދެކެޑަށް ތަޅަމުން ތަޅަމުން ގޮސް އަފިރިން ހަފުސްވެގެ. މިވެންނަށް ޖާނާއި މާލު ދެރެގެން ގުރުބާންވެގެން އަފިރިން ތިބިކޯ އަފިންނަށް ލިބެނެ މުޅަކީ ކޮބާ؟ އަފިރިން ލައްވައި ހާލި ހަދުވަލެއި މިވެރިން ފަނާއި ކެޑަށް އަރައި ތިބެ ހޯއް ޖަހަފެއި އަފިރިންގެ މުއަކަމާއި ދޭތެރެ އިހުން ނުން ކަމަށް ނިކެރަތާ.

މި ދިވެހިރާއްދެ ޕާޓީ ނިހަދާކަލަސް މިވެރިންގެ ކަމަކީ އަފިރިންގެ ނިކަމެތިކަމާއި މާޔޫސްކަމުގެ ނާޖާއިޒު ފާއިދާ ނެގުން. ޕާޓީ ހެދުމަށްފަހި ކެރާ ކަމަކީ އަފިރިންގެ ބޯގިނަވެފެއި އެބޮލުގެ ބޭނުންކެރާ މީހުން މަދަވީމެއި އެކަމުގެ ނާޖާއިޒު ފާއިދާނެގުން. މަ މެހެން ބެނިމެއި ރިޑިއަރާމީހުން ދަތް ބިނދެނަސް ކަމުގެ ހަގީގަތަކީ ހަމަމީ. ތެވެރިޔަ ތަންކެޑަށް ކުރީގެ ތާރީޚަކަށް ރުޖޫއަވެފެލައު. ގަމި ފެކްޓަރީތަކުގެ ޒަމާނަށް ގޮއްސެލައު. މާލޭ މީހުން ވަފުދުވަފުދަށް އައްޑޫއަށް އޭއް ފެށީ އެދުވަސްވަރުން ފެށިގެން. އޭގެ ކުރިން އެވެރިޔަ އަފިރިން ތިބޭތާކަށް ނިޔެތާ. އޭގެ ކުރިން ބާކިން އާހަސް އާއްސެއި އޮތީ އިނގިރޭސިން ތިބިކޯ ގަމި ހަސްފަތާލުން އެވެރިންގެ ވައިއެރިފެއިވޭ ކޮންމިޔަސްތާކުން ވައި ދިއްވުއާއް. އޭގެފަހުން ނިޔެތާ.

ފެކްޓަރީތަކި ޒަމާނި މިވެރިންގެ މުސީބާތް އަފިންނަށް ފާވެގެ. ދެން މިކެރާކަމަކީ އަފިރިންގެ ވެރިންނަށް ތިބޭ މީހުން ލައްވައި އަންހެންކުދިން ހޯދުން. މިވެރިން އައްޑޫއަށް އެނީ އެކަމި. ކުލަ އަލިކޮށް ރޫފަ ހެއުކޮށް ހިށި ކޫދަކާފެހޭ އޭ ކޮންމި ރަށަކި ކޮންމި އާއިލާކި ކޫދަކާއްވިޔަސް މިވެރިންގެ ކިބައިން ސަލާމަތަށް ނިވެއި. މިކަމުން ދޭހަވެނީ ކޮންތައް؟ އަފިންނަކީ މީހުންކަމަށް ނިބެލުމާއި އަބުރަކާއި އިއްޒަތަކާއި ތިބި ބާކިން ކަމަށް މިވެރިން އިއުތިރާފް ނިވޭކަން މިވަރުން ދޭހަނިވެއި؟

ޕާޓީ ހެދިމެއި އޭގެ ނިރައްކައުތެރިކަމަސް އެންމެ ބޮނޑަށް ތަހައްމަލް ކެރާއް މިޖެހެނީ ހަމަ އަފިންނަށް. މިވެރިން އަނގުވަލީމެއި ފިށި ޖަހަގެން ގޮސް ޖަލްސާތައް ބާވައިދޭއް ތެބެޖެހެއި. ތެވެރިޔަ ތަންކެޑަށް ހެއުކޮށް ހެއިޖެހިފެލައު. ތެވެރިޔަ ތެލެކަށް ކިތައް ޖަލްސާ ބާވައިދެރެފިޔަ. ހެންނެއި އަސިރިމައު ޖަހަގެން ރެއިގަނޑި ރީނދޫ މައު ޖަހަގެން ހަމަ ހެއިވައްޓަލައި ޖަލްސާ ބާވައި ދިންމެއި ވެނީ ކޮންކަމަށް؟ މިވެރިޔަ ދެނުތާ އަފިރިންގެ ބޮލަކަށް ހިންނެއި އޮނބަށްކަން. އެހެންވެ އަފިރިން ލައްވައި ގަންޑެޅި ގަރުވާކަށް އިތިރި ވިސްނުމަކަށަސް އެވެރިޔަ ނިޔެތާ.މިކޯ އަވާސް އޭށުމާއު އެކަނިޔަސް އޭށުމާއު ކޭފެއި ފޭދޫ ބަނދަރި ސަރަހައްދެ ބޮނޑަ ޖަލްސާ ބާއްވެގެން މިހިނގަނީ އެނައްކަލެއްޔަސް އަފިންނަށް ބޮނޑި ދޭއްވެގެން. ބޮނޑި ދޭށާއު މިބެނީ މިވެރިން މިހިނގަނީ ސަރުކާރަށް ކަން ދައްކާއްވެގެން. ޖެއްސުން ކެރާއްވެގެން. ކޮއްބަ ކޮބާ ކޭއްވެގެން. ތަފިންނަށް ކައުންސިލަސް ނިނެގެނެ ނުންތައް ދެން އަޅިލާފޭއްކެން ބެނާއްވެގެން. މިވެރިންގެ މިމަޅިޔެ އަފިރިން ޖެހެނެމެއި ދެން ލިބޭއް އޮތީ ކޮންތަށް؟ ޔާމީނު މެން އިތިރަށް ރިޑި އެރިމެއި އަފިންނަށް ވޭނެއި ފާއިދާކީ ނުވަތަ ގެއްލުމަކީ؟ ސަރުކާރަ ހިނގުވާއް ތިބީ އެވެރިން ވީމެއި އެވެރިން ރިޑިއަރުވަގެން އަފިންނަށް ލިޔޭނެ އާޅަށް ތެބޯތީ؟

ރީނދޫ މައު ޖެހި މީހުން ވެރިކަމި ތިބިކަލަސް އަފިންނަށް ވީކަމަށް އޮތީއަށް ނުން. ބެއްޔާ ހިށިކަލަސް ވީކަމަށް އޮތީއަށް ނުން. މިކޯ އަސިރިމަލާ މެން ފަރިމަލާމެން ތިބަގެނަސް ވޭކަމަށް އޮތީއަށް ނުން. ވީމެއި އަފިރިން ތެބެ ޖެހެއި ތަންކެޑަށް ހެއި ޖެހޭ ބާކިންނަށް ވޭއް. ބާކިންގެ އަމެއްލަ ބޭނުމަށް ޗާޖްކޮށްފެއި ދޫކެޑެމެއި ރޮބޮޓްހެން ތިބަގެން އަފިރިންގެ އެއްވެސްކަމަށް ދުވަހަކި ކެޑުނަސް ހެވަށް ނިވޭހެއް. ވީފެހޭ ވޭނެއި ގޯސް.

ފޭދޫ މީހުން އެވެރިން ބޭނުންވޭ ގޮތް ވޯޓުން ނިންމަފެއި އަނގުވަލިޔަ. ތިމާފިރިން ބޭނުމީ އަހަންމާގެ ފަހުމީޔައު އީނަ ބޭނުމަށް ނުނާއު ބެނަފިޔަ. ދެން އެކަން އެހިސާބުން ނިމެނެއި ނުނީ. ޑިމޮކްރަސީއަކީ އޭ ނުނީ. ވޯޓުން ކަންކަން ނިންމުން ނުނީ. ދެން އެވެރިންގެ ނިންމުން އީސަގެ އާދަނު ހޮޓަލި ތެލެލާ ގެޅައިގެ ބީދައިން މަސްހުނިގަނޑަކަށް ހަދަގެން ސަރުކާރަށް މެސެޖުދޭއްވެގެން ބައުރަށި ޝިފާޒު އެއި ތޮއްޑޫ އަލީ ވަހީދުމެން އާސް ގާއް ނިތާހެރިވީމެއި މިޖެހެނީ ކޮންތާކި؟

އައްޑޫ ސިޓީ ކައުންސިލެ އެތިބީ ހުސް އައްޑޫ މީހާ. އެވެރިޔަ ކޮންމި ދުވަހަކި ބޮނޑަ ޖަލްސާ ބާފެލައު އަފިރިންގެ ކަންތެތި ރަނގަޅަ ކެރާނެގޮތާއި ބެހޭ ގޮތުން ވާހަކަދައްކާއް. ބޮއްސުންލާފެއި ތެތިބިޔޭ ހައުދަހައި ގިނަ ކަންތެތި. އެކަންނިކޮށް އަފިންނާއި ދޭތެރެ އެއްވެސް ގޮތަކި ނިވިސްނާ ބާކިން ގިނާސްގެން އެވެރިން ލައްވައި ގާއްނިތާހެރި ކެރުވަގެން އެނަޖިސް އަފިރިންގައި އުނގުޅުވާއް ނިހިނގައު. ހެއުނިވޭހެއް އަފިރިން ބާތިބައު.

You may also like...

Leave a Reply

Your email address will not be published. Required fields are marked *