Category: މީދޫ މިސްކިތްތައް
ކުރީގެ މިސްކިތް އައްޑުއަތޮޅުގައި އިމާރާތް ކުރެވުނު އެންމެފުރަތަމަ މިސްކިތަކީ އަދި ދީން ކިޔަވައިދިން ފުރަތަމަ މަދަރުސާއަކީ މީދޫ މާމިސްކިތެވެ. އިސްލާމްދީން ގަބޫލް ކުރުމާއި ގުޅިގެން އަތޮޅުގެ މީހުންނަށް ދީނުގެ ހުކުމްތަކާއި ނަމާދު ކުރާނެގޮތް ދަސްކޮށްދޭން ބޭނުންކުރެވުނު އެންމެފުރަތަމަ އިމާރަތަކީ މީދޫ މާމިސްކިތެވެ. ދެކުނުގެ ތިން އަތޮޅުގައި އިސްލާމް...
އައްޑުއަތޮޅުގައި އެންމެ ގިނަ މިސްކިތް އިމާރާތް ކުރެވިފައިވާ ރަށަކީ މީދޫއެވެ. އެހާގިނަ މިސްކިތް މީދޫގައި ހުރުމުގެ މާނައަކީ ކޮންމެހެން އެންމެ ބަރާބަރަށް އެންމެ ގިނައިން ނަމާދުކުރާ މީހުން ތިބެނީ މީދޫގައި ކަމަށް ވުމެއް ނޫނެވެ. މިސްކިތް އިމާރާތް ކުރުމުގައި ތަފާތު ސަބަބުތަކެއް ހުރެއެވެ. ބައެއް ފަހަރަށް އެއީ...
ލޮނޑިކެޑެ މިސްކިތް ނުވަތަ ރަންފުތު ފަނޑިޔާރު ކަލޭގެފާނު މިސްކިތަކީ މީދޫގެ އެންމެ ހުޅަނގު ފަރާތުގައި ހުންނަ މިސްކިތެކެވެ. އެންމެ ފުރަތަމަ ލޮނޑިކެޑެ މިސްކިތް އިމާރަތް ކުރެވުނީ ހިރިގަލުންނެވެ. ކުރީގެ މިސްކިތުގައި ދެ ދާލާއި މިހުރާބުގެ ހުއްޓެވެ. ލޮނޑިކެޑެ މިސްކިތް ބިނާކުރެއްވީ މަހުމޫދު (ރަންފުތު) ފަނޑިޔާރު ކަލޭގެފާނެވެ. ލޮނޑިކެޑެ...
ފަނޑިޔާރު މިސްކިތަކީ ކޯގަންނު އިރުދެކުނު ދޮރާށިން ވަންނަ މީހާގެ ކުރިމަތީގައި ހުރި ފުރަތަމަ މިސްކިތެވެ. މިސްކިތުގެ ހުޅަނގު އުތުރު ކަނުން ފެށިގެން މެދުޒިޔާރަތުގެ އިރުދެކުނު ކަނަށް ހުންނަނީ 70 ފޫޓެވެ. ފަނޑިޔާރު މިސްކިތުގެ ކައިރީގައި ހުރި ހިރިގަލުގެ މިންބަރަކީ ގާތްގަނޑަކަށް 800 އަހަރުވެފައިވާ ތަނެކެވެ. މިސްކިތުން ފެށިގެން...
އަތަރާ މިސްކިތް އަތަރާ މިސްކިތް އަތަރާ މިސްކިތަކީ އައްޑޫމީދޫ ކޯގަންނު އުތުރު ފަރާތުގައި ހުރި މިސްކިތެކެވެ. މި މިސްކިތަކީ ކޯގަންނު އިރުއުތުރު ދޮރާށިން ވަންނަ މީހާގެ ކުރިމަތީގައި ހުރި މިސްކިތެވެ. މި މިސްކިތުގެ އިރުދެކުނު ކަނުން ފެށިގެން މެދުޒިޔާރަތުގެ އިރުހުޅަނގު ކަނަށް ހުންނަ ދުރުމިނަކީ 77 ފޫޓެވެ....
ފަހުގެ ޚިޔާލުތައް