އަރަތަކަށް ވެގޭ އައު އަސްފަތާލަ
އައު އަސްފަތާލި ސެހެރީ ގަނޑަ
އައްޑު އަތެޅެ ހިތަދޫ ކޮންމިޔަސްތާކި ސަތޭކަ އެނދެ ހިމެނޭ އަސްފަތާލާއް އެޑާ ވާހަކަ 2005 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން އެނީ ދައްކަމުން. އެކިކޯ އެކި އެއްތެތި ކޭމުން ކޭމުންއާސް އެންމެފަހުން މިކަމާއި ބެހޭގޮތުން ބެނަފެއި ހިށި ވާހަކާކީ މި އަސްފަތާލި މަސައްކަތް ހިނގަމުން މިއޭ އޮކްޓޯބަރި މަހި ބައިނަލްއަގްވާމީ ބީލަމަށް ލާށުމާއު. ހެލްތު މިނިސްޓްރީގެ ފަރާތުން މިގޭ އޮގަސްޓް މަހި ސަތާރަ ވަނަ ދުވަހި އެތަނި ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ބެނީ މި އަސްފަތާލި ޑީޓެއިލް ޑިޒައިނުގެ މަސައްކަތް ސެޕްޓެމްބަރި ނުވަތަ އޮކްޓޯބަރި މަހި ނިމޭށިޔައު.
އަސްފަތާލު އެޑާއް ހިނގާ ސަރަހައްދާއި މަސައްކަތް ފަށާނެ ތާރީޚަސް ހުސައިން ކަލޯ ތެބެ ބެނި. އެފުތާ ބެނީ އަސްފަތާލަ އެޑާނެއި މާމެންދޫ އައު. މި މަސައްކަތް އެންމެ ލަސްވެގެނަސް ކުރިއަށްއޮތް އަހަރި ޖަނަވަރީ މަހި ފެށޭށިޔައުއަސް އެފުތާ ބެނި.
މައުމޫނުގެ ސަރުކާރާއި ނަޝީދުގެ ސަރުކާރުން އަދި ވަހީދުގެ ސަރުކާރުނާއި އަދި މިކޯ ޔާމީނުގެ ސަރުކާރުނަސް މި އަސްފަތާލާއް ނިއެޑިގެން މަރަދަންޖެހޭ ހެން ހީވޭ ހެދި އަދި މިތާން އެޑާއްއެޑާއް ކޭތާން އެތައް އަހަރަށް ވީކަލަސް އެޑިފެއި ނިހިންނަ ހެދި އަދި މިތާން އެޑޭހެއް ކަމުގެ އުންމީދު މިކޯ މަށަސް ގެއްލިފެއިވޭތި މިތަނުގެ ވާހަކައިގެ މައްތަށް ދިރާސާއް ކޮށްލާށުން.
އަސްފަތާލަ އެޑުމުގެ ފާއިސާ
މި އަސްފަތާލާއް އެޑާއް ފާއިސާ ދިންބާކިޔަ ދެރެފިޔަ މީގެ އެތައް އަހަރަށް ކުރިން. މިފައިސާ ދިނުމާއި ބެހޭ އެއްބަސްވުމެ ސަރުކާރާއި އޯޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓާއި ދެމެދެ 2012 ވަނަ އަހަރި އޮކްޓޯބަރި ސޯޅައި ސޮއިކޮށްލިޔަ. އޯފިޑުން ދޭއް ހަމަޖެއްސީ 8.4 މިލިއަން ޑޮލަރުގެ ލޯނަށް. މިޔާއި ސޮއިކެޑެއި ވަހީދުގެ ޒަމާނި. ސައުދީ ސަރުކާރުން ދޭއް ހިނގާ 12.5 ލިއަން ޑޮލަރުގެ އެއްބަސްވުމާއި ސޮއިކެޑެއި ނަޝީދުގެ ދުވަސްވަރި.ފިނޭންސް މިނިސްޓްރީން ބެނަފެއި އޮތީ މި ލޯނުތަކަކީ 4.5 ޕަސެންޓް އިންޓަރެސްޓާއި އެކީ ފަސް އަހަރި ގްރޭސް ޕީރިއަޑަކަސް ހިމެނޭ ގޮތަށް 20 އަހަރި އެތެރެ އަނބަރައި ދައްކާއްޖެހޭ ލޯނަކާއު.
މި ފާއިސާގެ ޖުމްލަ އަދަދަ ތެބެއަރައި ދުއިސައްތަ މިލިޔަން ރުފިޔާއްވަނި މާމައްތަށް. އެހެންވީމެއި ސަތޭކަ އެނދެ ހިމެނޭ އަސްފަތާލާއް އެޑާއް ފުދި އިތިރިވޭ ވަރަށަސް މިވެންނަށް ފާއިސާ މިއޮތީ ލިބިފެއި. މިޔާ ނިއެޑިގެން މިހިނގަނީ ފާއިސާ ނެތިގެނާއި ބެނާއް އެއްވެސް ޖާގާއް ނެތް.
މިހެއިތާން ވެވިފެއި ހިށި މަސައްކަތް
މިވެރިން އެޑާށުމާއި މިބެނާ އަސްފަތާލަކަށް ކެޑެ އަމަލީ މަސައްކަތަށް އެންމެފަހުން ފެނެނެއި މިއަހަރި އެޕްރީލް 28 ވަނަ ދުވަހި. އެދުވަހި ރިޔަން ޕްރައިވެޓް ލިމިޓެޑާއު ކޭބާކިންނާއި މިތަނުގެ ސާރވޭއަށް ކެރާއް ތެބެ ހަވާލަކެޑެޔަ. އޭޔަސް 4.5 މިލިއަން ރުފިޔާ ދެރެގެން. އެވެރިން ޒާތަކި ސާވޭއަށް ހަދަގެން ކުރެހުންތަކަށް ކުރަހާއް އޯޕީޕީގެ ޓީމަކަސް ބެނޑުވަގެން އައްޑު އަށް ތެބެގެޔަ. އަސްފަތާލު އެޑާއް ހިނގާ ބިމަސް ތެބެ ބެލިޔަ. އެފަހުން މިކަން ބަޚަބަރަ.
ހިތަދޫ މިކޯ އެހިށި އަސްފަތާލު ހިނގުވާއް ސެންޓަރި އަބްދުﷲ ސައީދު ހިށިކޯ އެބެއިފުޅާ 2012 ވަނައަހަރި ބެނީ އައު އަސްފަތާލަ އެޑާއް މިގޭ 2013 ވަނަ އަހަރި ފެށޭހެއް ކަމަށް ތިމާފިރިން އުންމީދު ކެރަމާއު. މިތަން ހިންނަށް ޖެހޭ ފެންވަރާއި ލިބޭއްޖެހޭ ޚިދުމަތާއި މެދެ ހެލްތު މިނިސްޓްރީން 2013 ވަނަ އަހަރި ހިތަދޫ މިކޯ އެހިށި އަސްފަތާލި ތިބި މީހުންގެ ލަފާއި މަޝްވަރާ ހޯދާށާއު ކޭފެއި ކަރުދާހަކަސް ތެބެ ފެނޑުވިޔަ. ހިތަދޫ އަސްފަތާލި މެނޭޖްމަންޓާއި ސިއްހީ ދާއިރާއި މަސައްކަތްކެރާ އެހެން މީހުންގެ ޚިޔާލާއި ލަފާ ތެބެ ހޯދިޔަ. އަދި އައްޑޫ ސިޓީ ކައުންސިލެ މަޝްވަރާއި ޚިޔާލަ ހޯދަފެއި އަބްދުﷲ ސައީދު މެއްޔަ މިނިސްޓްރީ އަށަސް ތެބެ ފެނޑުވިޔަ.
މިކަމާއި މެދެ ކައުންސިލުން ދައްކާ ވާހަކަ
މޭޔަރު ސޯބެ ބެނަނީ އައު އަސްފަތާލާއް އެޑުމުގެ ވިސްނުން ސަރުކާރުން ނިގިނިވޭޑެއްޔައު. މިކަން މިހެއި ބޮނޑަށް ލަސް މިވެނީޔަސް ހަމަ މިސަބަބާއި ހެދިޔައު. ސޯބެ މިޒާތަށް އެންމެފަހުން ވާހަކަ ދެއްކީ މިއަހަރި ޖޫން މަހި އެތެރެ. ސޯބެ ބެނީ އަސްފަތާލަ އެޑާއް އެކަށީގެންވޭ ރަނގަޅަ ބިމައް އޮއްވޭލެއި، ފުޓްބޯޅަ ސްޓޭޑިއަމި ކަވެރިއެ އޮންނަ ތާކި އަސްފަތާލަ އެޑާ ވާހަކަ ދައްކަނީ މިކަން ކެރާއް ބޭނުން ނިވޭހެދިޔައު. މިބެނާ އަސްފަތާލާއް އެޑަފެއި އެތަން ހުޅުވަފެއި ދެއްކިމެއި ނުންފެހޭ މީ ދުވަހަކިޔަސް ވޭނެ ކަމަކަށް ތިމާ ގަބޫލު ނިކެރާށުމާއު.
ކައުންސިލުން ބޭނުންމިވެނީ ކުރިން ޕޮލިސް ޓްރޭނިން ސްކޫލު ހިށި ތަނި އަސްފަތާލު އެޑާއް. އެހެންފެހެނާސް ހެލްތު މިނިސްޓްރީން މިބެނަނީ އަސްފަތާލަ އެޑާއް ތިމާފިންނަށް ފާއިސާ ލިބެނެއި ސްޓޭޑިއަމި ކަވެރިޔެ އެކަން ކެރާށާއު. މިކަމާއި މެދެ ސޯބެ ބެނީ ފަންޑު ލިބެނެއި ވަކި ބިމަކި ވަކިކަމަށް ކެރާށާއު ކޭފެއި އެހަދަނީ ހުސް ދޮގާއު. ފަންޑު ދޭ ބާކިންނަށް ވަކިތާކި އަސްފަތާލަ އެޑާއް މަޖުބޫރު ނިވޭށިޔައު. ދެން އެހެންނުނަސް މި ފާއިސާކީ އަނބަރައި ދައްކާ ގޮތަށް ލިބެނެ ލޯނަކަށްވީމެއި ވަކިތާކި މިކަން ކެރާއް މަޖުބޫރު ކެރައްޔައު އެބެނާ ބެނުމަކީ ހެއްވާ ވާހަކާކާއު. އޭހުސް ނޮންސަންސް އައު.
ސްޓޭޑިއަމި ކަވެރިން ނަގަފެއި އޮތް ބިމަށް ވަނި ޕޮލިސް ޓްރޭނިން ސްކޫލް ކުރިން ހިނގުވި ބިން ހާސްބައި ރަނގަޅާއު ސޯބެ ބެނީ. މިއީ ހަމައެކަނި ކައުންސިލެ ވިސްނުމަކަސް ނުނާއު. މީ އައްޑޫ ގިނަ ބާކިން އިއްތިފާގު ވޭ ކަމަކާއު. އެނައްކަލާއި ލޭންޑް ޔޫޒް ޕްލޭނެޔަސް އޮތީ މެހެނާއު ސޯބެ ބެނި.
ދެން މިކޯ ސަރުކާރުން މިކެނީ ކިޔަންކާއު؟
އަސްފަތާލާއް އެޑާށުމާއު އެޑާށުމާއި ކޭފެއި އެކަން ނިކެރާހެއްކަން ދޭހަވޭ ގޮތަށަސް ސަރުކާރުން އަމަލަ ތެބެކެރަތާ. މިސާލާކަށް 2012 ވަނަ އަހަރި މިކޯއެހިށި ތާން މަރާމާތު ކެރާއް ނަޝީދުގެ ސަރުކާރުން އެއްމިލިޔަން ރުފިޔާއް ވަނި ހެއުކޮށް ޚަރަދަ ތެބެ ކެޑެޔަ. ޓާޝަރީ ފެންވަރަށް ތަރައްގީ ކެރާށާއު ކޭފެއި ދެޅެ މިލިޔަން ރުފިޔާއް މި އަހަރި އޮގަސްޓެ ބާކިންނާއި ހަވާލަ ތެބެކެޑެޔަ. މި މަސައްކަތް ހަވާލަ ކެޑެއި ސަންޝެލް މޯލްޑިވްސް އައު ކޭބާކިންނާއި.
މިކަން ކެޑެ ދުވަހި އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމް ބެނީ ހިތަދޫ މިކޯ އެހިށި އަސްފަތާލަ މަރާމާތުކޮށް ނިމެނެމެއި އެތަން ވަރަށް ބޮނޑަށް ތަރައްގީ ވޭށިޔައު. ޓާރޝަރީ ވޭށިޔައު. މައިންނާއި ކުދުކުދިންގެ ސިއްހަތާއި ބެހޭ ބާކާއި ފެންވަރި އައު ކޮންސަލްޓޭޝަން ރޫމަކާއި ޕްރައިވެޓް ރޫމުތަކަސް މިފަހަރަ ހެދޭށިޔައު. ޚިދުމަތް ސައްތައިން ސައްތަވެފެއި ދިގި މުއްދަތަކަށް މިތާން ބޭނުން ވޭށިޔައު. އަޅެ އައު އަސްފަތާލާއް އެޑާއް ހިނގާކޯ ދެން ބޭކާރަ ގޮތެ މިލިޔަނުން މިލިޔަނުން ތާން މަރާމާތު ކެޑުމުގެ ބޭނުމަށް ތެބޯތީ.
ސަރުކާރުން ކަމަށް ކެރާއް ބޭނުންފެހޭ އެވެރިޔަ ކެރާށިޔަ. ކައުންސިލަކާއި ހެދި މިހެއިތާން ކަމަށް ނިވީފެހޭ ދެން އެކަމަކީ މި އެޑާއް ހިނގާ އަސްފަތާލަ އެޑުން. އެކަން އެކަނި ނިވޭއް އޮތީ. އެހެންވީމެއި ދެން މީ ބޮނޑަ އަރަތަށް ނުންތައު މީހާ ބެނާށިޔެ ނުނީ. މާސް ބެނާނެއި އެހެން.
ފަހުގެ ޚިޔާލުތައް