އެއުރެންގެ މިޒާޖު 1
ކޮސްވެދާނޭ ހީލަތާ މަކަރުވެރި ވާހަކަތަކުން
ޅޮސް އުނދޯއްޔަށް އަރުވަމުން ފިރިހެނުން ދައްކާ ދަޅައިން
ލޯބިލޯބިން އުފަލުގާ އެކު އުޅެން ވަޢުދެއް ވެފާ
ލޯބިވެތި ފަދަ ބަސްތަކެއް އިއްވަޔޭ ހައްލާލަމުން
ގެންދަވާފައި އަރިހުގައި ޢިއްޒަތާ ޝަރަފެއް ދެމުން
އެންމެ ފުރަތަމަ ދުވަހުވެސް މަރުޙަބާކީ ފުއްޑަނުން
އަހަރަކަށް ފަހު އަހަރެކޭ ކުރިޔަށް މިހިރަ ހިނގަމުން ދަނީ
އަހަރަކުން އަދިި އެއްފަހަރު ދެން ނިގާރަށް ވެސް ލަމުން
ކައްކަމުން ކުނިވެސް ކަހާ ހައްސަދަރި ގެންގުޅެ ބަލައި
ލައްކަ ހީވޭ މީގޮލާ ކަނަކަށް އަރާ ތިން ރާޅުހެން
ވަގުތު ވަގުތަށް ކާންހަދާ ޚިދުމަތަށް ޙާޒިރުވިޔަސް
އަގު ވަޒަން ކުޑަވެސް ނުކޮށް މަންޑެލި ސޮހޯއިން ނަންދިނުން
ރަށުތެރަށް މާގިނަވެގެން ދަންވިޔަސް ގެއަކަށް ނުވަދެ
ރަށުތެރޭ އެނބުރޭނެޔޭ ނެރުމަތީ ބުރޮޅެއް ފަދައިން
ކަންމިހާ މާބޮޑުވުމުން ނަގިލި ކެހުމަށް ޖެހިދެޔޭ
ނެތް ކަމުން ތިންބެއް ސަފުން ދާޅިއެއްވެސް އަދި ނެތްކަމުން
ވެއްޓުނޭ ގޮރު ލޯގަނޑަށް ޢިއްޒަތުއް ނަފްސާއެކީ
ހެއްލުމުން ސައްދާދު ވާހަކަ ތަކަކަށް ނުވިސްނާ އަމުދަކުން
ބޭނުމޭ ހުންނަން ކުރަނގި ތިން ހަތަރު އައިނުގެ ތެރޭ
ކޭމުގާ އެއްބިސް ޖަހާ ނާށިލާން ލަގޮނޑީގަ ދެން
ދެން ދެބަޑި ބަޑިއިން ޖަހާފައި ދާން މުޅިން މަޖުބޫރުވީ
ދުށް އެހުރިހާ ހުވަފެނެއް ބޭކާރުވީކަން ވިސްނުމުން
ފަހުގެ ޚިޔާލުތައް