އައްޑޫ ބަހުން ކުރުވާހަކަ – 4 ބީރިބޮލް އޭއި ކައުޅާމެންގެ ބޯހިމެނުން
އަކުބަރު ރަސްގެފާނާއި ބީރިބޮލް ވަޒީރާއި ދެވެރިން ގަނޑަވަރި ބަގީޗާއި އެތެރެ ހިނގަލާއް އެއްދުވަހަކި ނުކުމިގަތާ. އޭ ވަރައް އައުއަރަފެއި އޮއް ރިއެތި ދުވަހަކި ހެންނެ. ބަގީޗާއި އެތެރެ އޮއް ނަލަ ފެންގަނޑަކި ފުރެއި ކައުޅާމެން ތިބިވޭލެއި ރަސްގެފާނައް ފެނިގެ. ކައުޅާމެންނާއި ދޭތެރެ ފިކުރު ކެރަމުންގޮސް ރަސްގެފާނު ހިތައު އަރަގެ ތިމާގެ ރަސްކަން ހިނގާ ސަރަހައްދި ކިތެއް ކައުޅު ވޭނޑޭހެއްތައު.
ބީރިބޮލް ވަޒީރަސް ރަސްގެފާނާއި އެކީ ހިށިމެއި އުދުރައް އަހަފި ބަލަ ވަޒީރާއު އަދަ މިތެއި ހައުދަހައި ކައުޅަކާމެންނާއު މިތިބީ. ބަަލައި ދެރެފެލާއްކެން މި ގައުމެ ވޭނޑި ހަދަނީ ކިތައް ކައުޅުކަން. ބީރިބޮލް ވަޒީރު ކުދުކޮއް ވިސްނާއް ހިށަފެއި ޖަވާބު ދެރެފި. ނުވަދެހަ ފަސް ހާސް ހަތަރަ ސަތޭކަ ފަސްދޮޅަސް ތިން ކައުޅު މި ގައުމައް ނިސްބައް ވެގެން ވެއްޔައު.
މެހެއި އަވަހައް ބީރިބޮލް ވަޒީރު ޖަވާބު ދިންމެއި ރަސްގެފާނު ވަރައް ހައިރާންވެގެން އެނައްކޯ އިތިރައް ވަޒީރު އިމްތިހާނު ކެޑުމުގެ ނިޔަތި އަހަފި. ތެ އަދަދައް ވަނި ކައުޅު ގިނަވެގޭފެހޭ ދައްކާއް އޮއް ހުއްޖަތަކީ ކޮބާތައު. ބީރިބޮލް ކޭފި މި އަދަދައް ވަނި ކައުޅާމެން ގިނަވެގޭ ފެހެނާ އިތިރިވޭ ބާކީ މިތެއި ކަވެރިއެ އެހެން ގައުމުތަކުން ވަގުތީގޮތުން އާސްގެން ވޭނޑޭ ކައުޅާމެންނާއު. ރަސްގެފާނު އަހަފި މަދަވެގޭ ފެހެނާ އޭގެ ސަބަބަކީ ކޮބާތައު. ބީރިބޮލް ކޭފި މަދަވީފެހެނާ އެހެން އެވީ މި ގައުމެ ކައުޅާމެން ޗުއްޓީ ހަދާއް އެހެން ގައުމުތަކައް ގޭމެއްޔައު.
ފަހުގެ ޚިޔާލުތައް