އައްޑޫ ބަހުން ކުރުވާހަކަ – 5 ބީރިބޮލް ބައްކެއްކުން

ފިނި މޫސުމެ ދުވަސްތަކި އެތެރުން ދުވަހަކި އަކުބަރު ރަސްގެފާނާއި ބީރިބޮލް ވަޒީރާއި ދެވެރިޔަ ކުދުކޮއް ހިނގަލާއް ނުކުމިގަތާ. ފިނިގަދަކަމުނާއި ހީކަރާވަރުން ކުއްލިއަކައް ބީރިބޮލް ހިތައު އަރަގެ ކަވެރިޔެ އޮއް ފެންގަނޑަސް ހަމަ މިވަރައް ނުންފެހޭ މިއައްވަނިޔަސް ބޮނޑައް ފިނިވޭށިޔައު. މެހެއި ފީނެ ފެންފަނޑި އެތެރެ ކެއްވޭ އާދަމުގެ ދާރަކާސް ނިހިންނަށިޔައު. އެހެން ފެހެނާސް ފާއިސާ ދެރެފީފެހޭ އެބޯއްނަށިޔައު. ފާއިސާއްޓަކައި ހަމަ ކޮންމި ކަމަކަސް މީހުން ކޮއްލާށިޔައު. މެހެން ހިތައު އަރަގެން މިވާހަކަ އަކުބަރު ރަސްގެފާނަށަސް އިއްވަލި. ފެންގަނޑި ފިނިކަން ހިށިވަރަ ބަލާއް ރަސްގެފާނު އިނގިލާ ޖެއްސިކޯ ކެއްވޭވަރައް ވަނި މާފިނި. އެހެންވެ ރަސްގެފާނު އުދުރައް ކޭފި ކިތަންމި ގިނަ ފައިސާއް ދިނަސް މި ފެންގަނޑި އެތެރެ އެއްރެއިވޭތިކޮއް އޮތުމަކީ އެއްވެސް އާދަމުގެ ދާރަކާއް ކުޅަދާނަ ކަމަކައް ނިވޭށިޔައު. މިކަމާއި އެއްބަސްނިވޭ ރާގާކައް ބީރިބޮލް ކޭފި ތޭ ރަސްގެފާނައް ހަމަ ހީވޭލެކާއު. ފާއިސާއްޓަކައި މީހުން ކެރަނީ ތެކަހަލެއި ކިތެއް ކަންތައު. ރަސްގެފާނު ކުދުކޮއް ރިޑިއަރާ ޒާތަކައް ކޭފި. ތޭ ވެޑެ ވާހަކާއު. ބަލާއް ތެކަހަލެއި މީހަކާ ހޯދަގެން އާސް އެއްރެއިވޭތިކޮއް މި ފެންގަނޑި އެތެރެ ބާފެލާއްކެން. ބޭވިގޭފެހޭ އެމީހަކާއް ތިމާ އެއުހާސް ރަން ދީނާރަ ދޭށުމާއު.

މިވަރައް ފާއިސާ ދިންމެއި މިކަން ކެރާއް އެއްބަސްވޭ މީހަކާ ހިށިތޯ ހޯދަމުން ބީރިބޮލް ވަޒީރު އޭވޭލެއި ވަރައް ފަކީރި މުސްކުޅި ބެއްޔާއް ކޭފި ތިމާއް ވޭށިޔައު. ތެ ފާއިސާ ލިބޭހެއްފެހޭ ވަރިހަމާއު މަރަވިޔަސް. އެވަރައް މިހިށީ ލާރިކެޑަކައް އެދިގެނާއު. އެހެންވީމެއި އަވަހައް ހިނގާއްކެން. އެރެއި މި ބެއްޔާ ފެންގަނޑައް ބާލިޔަ. ސިފައިންގެ އެތެރުން ހައެއްކަވެރިން ފެންގަނޑި ކަވެރިއެ ބާތިބައި އެވެންނައް ރަސްގެފާނު އަނގުވަލި މާދުމެއި އިރިއެރުމުގެ ކުރިން މިބެއްޔާ ފެންގަނޑުން އެރިޔަނިދޭހެއްތިޔައު. އެނައްދުވެހި އިރިއެރިމެއި ސިފައިންގެ މީހާ މި ބެއްޔާ ފެންގަނޑުން ނާގެން ގަނޑަވަރައް އެބެގިނިގެޔަ. ރަސްގެފާނު އަހަފި ބަލަ ބެއްޔާއު. އިރި އަރާތިކޮއް ތަ އޮތީ ހަމަ ފެންގަނޑި އެތެރެތައު. ބެއްޔާ ކޭފި ހާނއު. ރަސްގެފާނު ވަރައް ހައިރާންވެގެން އަހުވަލި ކެހެނަކައްތައު އެހެހި ފީނެ ކެއްކެޑެއި.

ފަކީރި ބެއްޔާ ކޭފި ވަރައް ދުރުން ފެނެއި ނުންތައު ފިޅިބައްތިޔަކި އަލި. ދެން ތިމާ އޮތީ އެބައްތިޔައި ކަވެރިޔައް ގީގޭފެހޭ ހީފަލާހެއް ކަމައް ހިތައް އަރުވަގެނާއު. ބައްތިޔަ ހިތައް އަރުވަގެން އޮންމެއި ފެންގަނޑި އެތެރެ ކެއްވެގެޔައު. ރަސްގެފާނު ރިޑިއަރަގެން ކޭފި ތަކައް އެއްވެސް ފާއިސާއް ނިދޭށުމާއު. ތަ އޮތީ ފިޅިބައްތިޔަކުން ހީފަލުވަގެން ނުންތައު. ވީމެއި ތަކައް ފާއިސާ ހައްގައް ނުނާއު. މިކަމާއި މިބެއްޔާ ދެރަވެގެން އެންމެފަހުން އެބެގެ ބީރިބޮލް އެކަހައް. ގޮސްކޭފި ވަޒީރު ސާހިބާއު. ލާރި ނިދިންތަނި ހެއުބަހަކަސް ނިދިނާއު. ތިމާގެ ފަކީރިކަމާއި ނިކަމެތިކަމައް ހަމްދަރުދީވޭއްކެން.

އެނައްދުވެހި ރަސްގެފާނުގެ ދަރުބާރަ ހަމަވީކޯ މިތަނުން ބީރިބޮލް މަދަ. އެޔަ އޮތީ ދަރުބާރައް ނިގޮސް ގޭ. ބީރިބޮލް ހޯދާއް ރަސްގެފާނު މީހަކާ ފެނޑުވިމެއި އެމީހާ އާސް ކޭފި ބީރިބޮލް އެބިހިށާއު ބައްކައްކާއް. ކައްކައި އަވިދިވެގެން ބޭށުމާއު އެނގުވިޔައު. ބީރިބޮލް ނިޔާސް ލަސްވެގެން އެންމެފަހުން ރަސްގެފާނު ރިޑިއަރަގެން މިތަނުން ޖަމާއަތަކި ބާކިން ބެނޑުވަގެން އެބެގެ ބީރިބޮލްގެ ގެއް.

ރަސްގެފާނު ގޭކޯ ބީރިބޮލް ހިށީ އުނދުން ރޯކޮއްގެން އުނދުނައް ވަނި ފަސް ފޫޓެ އުހެ ތާހައް ބާގެން އެޔާއި އެތެރައް ހަނޑޫ އެޑަގެން ބައްކައްކާއް. ރަސްގެފާނު ކޭފި ބަލަ ބީރިބޮލް ވަޒީރާއު މީހަކާ އަންތަރީސް ނިވޭހެއްތައު. ތެ އުނދުނެ ހިށި އަލިފާނެ އަސަރަ ބައްތާހާއް ކެރާހެއްތައު. ތެހެން ހިށަގެން ގަރުނައްވިޔަސް ތެ ބައްތާހާ ނިކެކޭށިޔައު. މިކޯ ކިހެއި ވޭލާއްތައު މިވީ. ބީރިބޮލް ކޭފި. ސާހިބާއު ކިތަންމި ދުރެ ހިށި އަލިފާނަކުނަސް ބައް ކެއްކޭށިޔައު. އެހެންކަންކަމަސް ވޭށިޔައު. އެހެންވެގެން ނުންތައު މޭލަކި ދުރެ ހިށި ފިޅިބައްތިޔަކި އަލިން ހީފަލުވަގެން ރެއި ހަތަރަދަމި މިރަށި ފަކީރިކަލޭގެ ފިނި ފެންގަނޑަކި އެތެރެ އޮތީޔަސް.

އަކުބަރު ރަސްގެފާނު ކޭފި ތޭ މިކޯ ތިމާއް ދިން ފެލާވަޅައް ދީޔައު. ހާނ ތޭ ހެއުކޮށާއު. ފަކީރި ބެއްޔާއް އެއުހާސް ރަންދީނާރަ ހައްގު ވޭށިޔައު. މެހެން ކޭފެއި ފަކީރި ބެއްޔާ ގިނާސް ވަގުތުން އެޔައް އެއުހާސް ދީނާރަ ދެރެފިޔަ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!