އައްޑޫބަހުން ކުރުވާހަކަ – 6 އަކުބަރު ރަސްގެފާނުގެ އަނގޮޓި

އަކުބަރު ރަސްގެފާނު ގޫލާއް ވެއުކަނދައް ވަންތަން ބަލާއް ހިށަފެއި ކޮންމިޔަސް ވަޒީރަކާ ހެދިލެހަކީ ކޮޓަރިއައް ވެދެ ރަސްގެފާނު އަނގޮޓި ވަގައް ނާގައް. ހޯދައިހޯދައި އަނގޮޓި ނިފެނިގެން ދަރުބާރައް ހުށިހެއި ބޮނޑުން އެއްކޮއްގެން ބީރިބޮލް ވަޒީރު އެކެހި ކޭފި. ތިމާ ކުދުވޭލެއި ބައްޕާ ދެރެފެއި އޮއް އަނގޮޓި އަދަ ގެއްލިގެޔައު. ވީމެއި އަވަހައް އެޔާ ހޯދައި ދޭއްކެން.

ބީރިބޮލް ކޭފި. ތޭ އެއްވިޔަސް ކަމައް ނުނާއު. ހަމަ މިކޯ ހޯދާށުމާއު. ތިޔާ ވަގައް ނެގި މީހާ ތިނބިޅެ ބައްފުކައް އަލަފެއި ހިންނަށިޔައު. އެމީހަކާ މިކަލަސް ދަރުބާރި ތެބިހިށާއު. މެހެން ކޭފެއި ނިކަން ހަލޫކޮއް އެންމެންނައް ބެލިކޯ ގަނޑަވަރި ވެއުކަނދާއި ބެހޭ ވަޒީރު އެށެދާހެލި ކެކިފެއި ހިށިތަނާއި ތިނބިޅެ އައްކޭއްތިތާން ފެނިގެ.

ހަމަވަގުތުން ބީރިބޮލް އަނގުވަފި ރަސްގެފާނު އަނގޮޓި ވަގައްނެގި މީހާ މިހިށީޔައު. އަވަހައް މިޔަ ފާސްކެރާއްކެން. މިވެރިން އެޔަ ފާސްކެޑެކޯ ފަތަހެރިގަނޑި އެތެރެ އަނގޮޓީ ފޮރަވަފެއި އޮއް. އަކުބަރު ރަސްގެފާނު ވަރައް ހައިރާންވެގެން އަހަފި ބަލަ ބީރިބޮލް އައު. ތެހެއި އަވަހައް ހޯދަގަތީ ކެހެނަކައްތައު. އެޔަ ވައްކަން ކެޑެކޯ ބަލަގެންދީޔައު ހިށީ. ބީރިބޮލް ކޭފި. ވަގުން ހިފާފެހޭ ބަލާއްވީ އެވެރިންގެ ހާސްކަމާއު. ހާސްކަން ދުވަހަށަސް ނިކެނޑޭށިޔައު. އެލެކުނާއު ހޯދަގަތީ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!