މީދޫއަށް ކަމެއްކޮށްދެވޭތޯ އުޅުމަކީވެސް ކުށެކެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުރި ފޭދޫ މުހައްމަދު ފައިސަލް ދަންނަން ހެއްޔެވެ؟ ފައިސަލްއަކީ ފޭދޫ މީހެކެވެ. ފޭދޫގެ ޕީޕީއެމް އެކްޓިވިސްޓް އީނާ ނަސީރުގެ ފިރިމީހާއެވެ. ގިނަ މީހުންނަށް އެނގޭނީ މިވަރަށެވެ. ފައިސަލް ކުއްލިގޮތަކަށް މަގާމުން ވަނީ ވަކިކުރެވިފައެވެ. ވަކިކުރެވުނު ސަބަބު އެނގޭހެއްޔެވެ؟

ފައިސަލްއަކީ މީދޫ ކޮޑަގޭ އައުލާދެވެ. ކޮޑަގޭ މުހައްމަދުގެ ޒާހިދާގެ ފައިސަލްއެވެ. މީދޫ އޮނބޮރާގެ، ކޮޑަގެ، ކުދުރަހާގޭގައި އެތިބަ މީހުންނަކީ ފައިސަލްއާއި ދެބެންގެދެދަރި މީހުންނެވެ. މިއީ އެއްބަޔަކު އަނެއްބަޔަކާ ގާތްތިމާގެކަމުގެ ގުޅުން ބާއްވާ އައުލާދެކެވެ. މިގޮތުން ފައިސަލްވެސް އޭނާގެ ތިމާގެ މީހުންނާ ގުޅުން ބާއްވައެވެ. ކާބަފައިން އެރަށަކަށް ނިސްބަތްވާ މީދޫއަށްޓަކައި ކަމެއްކޮށްދެވޭތޯ ބާރުއެޅިއެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުރެގެން މީދޫއާއި ހުޅުދޫއަށް ފައިސަލް ކުރި ގިނަގުނަ ދަތުރުތަކުގައި ވަރަށް އެހެންކަހަލަ ތިން ކަމެއް ފާހަގަ ކުރެވުނެވެ. އެއީ މީދޫގެ ހައްގުގައި ވާހަކަ ދައްކާނެ ބަޔަކު ޕީޕީއެމްގެ ކުރީސަފުގައި ނެތްކަމާއި މީދޫގައި ތިބި ޕީޕީއެމްގެ އެކްޓިވިސްޓުންނަކީ އެއްވެސް ފޯރަމެއްގައި އަޑުވީއްލައި ވާހަކަ ދެއްކޭވަރުގެ ބައެއް ނޫންކަމެވެ. ދެވަނަ ކަމަކީ މީދޫ އަވަށު އޮފީހާއި ހަވާލުވެގެން ތިބި މީހުންނަކީ ޒިއްމާއަށް ފިލުން ނޫން އެހެން އެއްވެސް ހުނަރެއް ނެތްބައެއްކަމެވެ. ތިންވަނަ ކަމަކީ އަނެއް ދެކަމުގެ އެޑްވާންޓޭޖު ހުޅުދޫ މީހުން އެންމެ މަތީ ދަރަޖައަށް ނަގާކަމެވެ.

ކޯޑިނޭޓަރުގެ މަގާމުގައި ހުރެގެން މީދޫ މީހުންނަށް ގޯތި ދޫކުރެވޭތޯ ފައިސަލް ބާރުއެޅިއެވެ. އެކަމަށް ހުރަސް ކުރިމަތިކުރަނީ ހުޅުދޫ ޖަމީލެވެ. ދެން ކައުންސިލަރު އަލީ މުހައްމަދެވެ. މިއީ ހުޅުދޫ މަޖިލީސް މެންބަރު މުހައްމަދު ޝާހިދުގެ ވާގިވެރިންނެވެ. މިކަހަލަ ކަންކަމުގައި ވަރަށް ގިނައިން ޖަމީލާއި އަލީ މުހައްމަދުގެ ފާޑުކިޔުންތައް ފައިސަލަށް އަމާޒުވެގެންދިޔައެވެ. ކަޅިހާރު އަބްދުﷲ ވަސީމުމެން އިސްވެ ތިބެގެން މީދޫގެ ވަށައިގެން ރިންގް ރޯޑެއް ހަދަންއުޅުނު ފަހަރު އެކަމަށް މަގުފަހިވީ ފައިސަލް މަގާމުގައި ހުރުމާއި އެވަގުތު ހުޅުދޫ ޖަމީލު އަތޮޅުން ބޭރުގައި ހުރުމުންނެވެ.

އައްޑޫގައި ޓޫރިޒަމްގެ ޚާއްސަ މަޝްރޫއުތަކެއް ހިންގުމުގެ ނަމުގައި އެކި ތަންތަނުން ސަރަހައްދުތައް ވަކިކޮށް ޚާއްސަކުރިއިރު މީދޫ މުލިމަތިން މާބޮޑު ސަރަހައްދެއް ކަޑައަޅައިގެން އެކަމާވެސް ހުޅުދޫ ޖަމީލާއި ކައުންސިލަރު އަލީ މުހައްމަދު ވަރަށް ބޮޑަށް ފައިސަލާ ސުވާލުކޮށް މަައްސަލަތަކެއް އުފެއްދިއެވެ.

ސަރުކާރުން ކުރާ ކަންތައްތަކުގެ ޗާޓަށް މީދޫ ގެނެވޭތޯ ފައިސަލް ކުރި ކަންތައްތަކާއި ދެއްކި ވާހަކަތަކުގެ ސަބަބުން ޖަމީލާއި އަލީ މުހައްމަދުމެން ކެނޑިނޭޅި ޝަކުވާކުރުމުގެ ނަތީޖާއެއްގެ ގޮތުން އަދި އެކަމުގެ ފަހަތުގައި މެންބަރު ޝާހިދުވެސް ހުރެގެން ފައިސަލް މަގާމުން ވަކިކުރުމުގައި ކާމިޔާބު ހޯދައިފިއެވެ. މިކަމަށް ފޭދޫ ދާއިރާގެ މެންބަރު އައިބީގެ ރުހުންވެސް ހޯދައިފިއެވެ.

މި އައިބީއަކީ މަރަދޫފޭދޫ ޝަމްއޫނޭ ކިޔުނު މީހަކަށް މީދޫދާއިރާގެ ކައުންސިލް ޓިކެޓް ދިނުމުގެ މޭސްތިރިއެވެ. މިކަމުގައި ހުޅުދޫ މެންބަރު ޝާހިދުގެ ދައުރެއްވެސް އޮތެވެ. އައިބީއާއި ޝާހިދުގެ މަގްސަދަކީ ކައުންސިލަރުކަމަށްވެސް މީދޫ މީހަކު އަޔަ ނުދިނުމެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!