އައްޑޫ ހުޅުދޫ ވާރުގޭ

އައްޑޫ ހުޅުދޫ ވާރުގެއަކީ ބަނޑޭރި ޙަސަން މަނިކުފާނުގެ ފާތިމަތު ދީދީ އާއި ފިޅިހެރައި މޫސާތައްކާނު ކައިވެނި ބައްލަވައިގެން އެދެމީހުން ދިރި އުޅުއްވުމަށްޓަކައި ހަސަން މަނިކުފާނު އަޅުވައިދެއްވި ގެއެކެވެ. އެދުވަސްވަރު ވާރުކަންކުރީ މިގޭއެވެ.

މީދޫގައި މީނާގެ ނަން މަޝްހޫރު ވެގެންވަނީ އަލްވަޒީރު މޫސާ ކުޑަބަނޑޭރި ތަކުރުފާނުގެ ނަމުންނެވެ. ހުޅުދޫ ގައި މީނާގެ ނަން މަޝްހޫރުވެގެން ވަނީ އަލްފަޤީހު ފިޅިހެރައި މޫސާ ތައްކާނުގެ ނަމުންނެވެ. މި މޫސާ ތައްކާނަކީ މީދޫ ދޮން ދޮންދޮނަބޫގޭ ޚަތީބު މަނިކާގެ މޫސާ ތައްކާނެވެ.

އަލްވަޒީރު މޫސާ ކުޑަބަނޑޭރި ތަކުރުފާނު ކައިވެނި ބެއްލެވީ އައްޑޫ ހިތަދޫ ބޭރުމާތެ ގަނޑުވަރު ބަނޑޭރި ޙަސަން މަނިކުފާނުގެ ފާތިމަތު ދީދީ އާއި ފިޅިހެރައި މޫސާ ތައްކާނު ކައިވެނި ބައްލަވައިގެން ލިބުނު ވާރުގޭ އާއިޝަތު ދީދީ އެވެ. މި އާއިޝަތުދީދީގެ އިބްރާހިމް ދީދީ އަކީ މަޝްހޫރު ވާރުގޭ ދީދީ އެވެ. މި ދީދީގެ ބައްޕައަކީ ދޮން ދިޔަގެ އަލްޚަޠީބު މުހައްމަދު ތައްކާނެވެ. ވާރުގޭ އިބްރާހިމް ދީދީ ކައިވެނި ބެއްލެވީ އަތިރަގޭ އައިސެއިފާނާއި އުވަގޭ އާއިޝަތު ދީދީ އާއެވެ. އަތިރަގޭ އައިސެއިފާނާއި މި އިބްރާހިމް ދީދީ ކައިވެނި ބައްލަވައިގެން ލިބުނީ އަބްދުﷲ ދީދީ އާއި ކުދު ދީދީ އާއި އަލި ދީދީ އާއި ޙަސަން ދީދީ (އެޅެ ދީދީ) އާއި ވާރުގޭ އަހުމަދު ދީދީ އެވެ. އުވަގޭ އާއިޝަތު ދީދީގެ ބޭފުޅެއް ނެތެވެ.

ރ. ކަނދޮޅުދޫ ދަގަނޑުގޭ ފާތިމާ ފާނާއި ފިޅިހެރައި މޫސާ ތައްކާނު ކައިވެނި ބައްލަވައިގެން ލިބުނީ ވާރުގޭ މުޙައްމަދު ތައްކާނު އެވެ. މި މުހައްމަދު ތައްކާނު ކައިވެނި ބެއްލެވީ އައްޑޫމީދޫ އައިސާދަރި އެޅެމަނިކެ އާއެވެ. އެމީހުން ދިރިއުޅުނީ ވާރުގޭގައެވެ. އެ މީހުންނަށް ލިބުނީ ވާރުގޭ މޫސާތައްކާނާއި ވާރުގޭ އަލި ތައްކާނާއި ވާރުގޭ އެޅެތައްކާނާއި ވާރުގޭ ޙުސެން އަބޫ އާއި ވާރުގޭ ދޮންމަނިކެ އާއި ވާރުގޭ ފާތިމާ މަނިކެ އެވެ.

ފިޅިހެރައި މޫސާ ތައްކާނު ރ. ކަނދޮޅުދު އަށް އަރުވާލެވިފައި ވަނިކޮށް އޭނާގެ ދި ފާތިމަތު ދީދީ މާލެވަޑައިގެން ބައްޕަ މޫސާތައްކާނު ސަލާމަތް ކުރުވިއެވެ. އެނބުރި އައްޑޫ ހުޅުދޫއަށް ވަޑައިގަތީ އެ ދީދީގެ ބައްޕަ މޫސާތައްކާނާއި ކޮއްކޮ މުހައްމަދު ތައްކާނު ގޮވައިގެންނެވެ. އެ މީހުން ހުޅުދޫއަށް ވަޑައިގެން އެމީހުން ދިރިއުޅެންފެށީ ހުޅުދޫ ވާރުގޭ ގައެވެ.

ފިޅިހެރައި މޫސާ ތައްކާނުގެ މުޙައްމަދު ތައްކާނުގެ އާއިޝަތު ދީދީ އާއި ކައިވެނި ބެއްލެވީ އައްޑޫ ހުޅުދޫ ދޮންދިޔަގެ އަލްޚަތީބު މުޙައްމަދު ތައްކާނެވެ. އެދެމީހުން ދިރިއުޅުމަށްޓަކައި ހުޅުދޫ ދީދީގެ ބިމުގައި ގެއެއް އަޅައި އެގެއަށް އެމީހުންގެ ދިރިއުޅުން ބަދަލުކުރިއެވެ. އަދި އާއިޝަތު ދީދީގެ ކޮއްކޮ މުޙައްމަދު ތައްކާނަށް ވާރުގެ ދިނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!