Author: އުނިސާރު މުޖުތަބާ
ގާފަރު އިބްރާހިމް ފާށަނާތަކުރުފާނަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. މާލެއަތޮޅު ގާފަރަށް ނިސްބަތްވާ ގާފަރު ކަޅުއުނބުރެހެމު ނުވަތަ ގާފަރު ކަޅުއުނބުށޭމަކީ އޭނާގެ އުމުރުން އަށެއްކަ އަހަރުން ފެށިގެން ރަސްކަމުގެ ގަނޑުވަރުތެރޭގައި އުޅުމުގެ ނަސީބު ލިބުނު މީހެކެވެ. ވަރަށް ޗާލާކު ސޮރެކެވެ. އުމުރުގެ ކުރީކޮޅު...
އަލިމަނިކުފާނު އެތެރެއަށް ވަނުމާއެކު ޑިއުޓީގައިހުރި ސެކިއުރިޓީ މީހާ ޕާސްޕޯރޓް ކޮބައިތޯ ސުވާލުކުރީމާ ޕާސްޕޯރޓް ނެތްވާހަކަ އަލިމަނިކުފާނު ބުނެފިއެވެ. ސިކިއުރިޓީ މީހާ އައިރުޅީގައި އެތިވަރުތަކެއް ގޮވާފައި އަލިމަނިކުފާނު ކޮއްޕާލުމުން ގުޅަޔަކަށް ބިންމައްޗަށް ޖެހިއްޖެއެވެ. އަލިމަނިކުފާނު ތެދުވުމުން އެތަނުންވެސް އޭނާ ބޭރުކޮށްފިއެވެ. މިމަގުން ކަންކަން ހިނގީމާ ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ....
އެއްދުވަހެއްގެ ހެނދުނު ފެންނާމަނިކުފާނު ބުންޏެވެ. އެހީތެރިކަން ލިބޭނެކަމުގެ އުއްމީދުގައި ވަރަށް ގިނަދުވަހު ތިބެވިއްޖެއެވެ. ދެން މިތަނުން ދާންވީއެވެ. ދެނެއް ނުތިބެވޭނެއެވެ. އަހަރެމެން އެންމެންނަށްވެސް ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެއެވެ. އެކަމަކު މަގޭ މިފޮށި ސަލާމަތުން ގެންދެވޭނެ ގޮތް ހަދައިދޭން ވާނެއެވެ. މިކަން ކުރެވޭނީ އެންމެންގެ އެހީތެރިކަމާއެކުގައެވެ. ކޮންމެ ގޮތެއް...
އެމީހުން އެހިސާބަށް ދިޔައިރު އޮޑީގައި ތިބި މީހުންވެސް ކޮންމެވެސް ގޮތަކުން އެއްގަމަށް ފައިބައި ފޭލިގެ ޖެހުމުގެ މަސައްކަތް އެބަކުރެއެވެ. އޮޑީގެ ކުނބު ލައްގާފައި އޮތެވެ. ކުނބާއި ރިތާއި ރިޔާ ބޭނުންކޮށްގެން ފޭލިގެ ޖަހައި ނިންމައިފިއެވެ. އޮޑީގެ އެންމެން ފޭލިގެއަށް ވަދެއްޖެއެވެ. ފެންނާމަނިކުފާނުގެ ފައިސާފޮށި ހިފައިގެން މަރިޔާގެ އަހައްމަދާ...
ޕައިލެޓް އެނބުރިދިޔުމުން ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ. ނިކަން ވިސްނައިބަލާށެވެ. އަލިމަނިކުފާނު ކަންތައް ކުރިގޮތް ރަނގަޅެއްނޫނެވެ. ޕައިލެޓާ ވާހަކަ ދެއްކިނަމަ ބަންގާޅަށް ވަދެވޭނެގޮތް ހަދައިދޭނެއެވެ. އެކަމަކު އެންމެންގެ ކުރިމަތީގައި އަލިމަނިކުފާނު ކަންތައް ކުރިގޮތް ދެކިބަލާށެވެ. ޕައިލެޓް ދިއުމުން ބަންގާޅާއިވީ ފަރާތުން އެތެރެއަށް އޮޑި އެބަވަދެއެވެ. ވަކިހިސާބަކަށް ދެވުނުފަހުން ކުރިއަށްވުރެ...
ފަހުގެ ޚިޔާލުތައް