Author: އިމާދު | މުޖުތަބާ

0

އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 15

ދޮއްތޮޑަފި އެދުރު ތަކުރުފާނުގެ ދަރިކޮޅުގެ ފުވައްމުލަކު ގޮފި އަބްދުއްސަލާމް އެދުރު ދޮންތަކުރުފާނާއި އެތަކުރުފާނުގެ ދަރިކަލަކު ފުވައްމުލަކަށް ފޮނުވައިލެވުނީމާ މިދެބަފައިން ދެން އުޅުއްވީ ފުވައްމުލަކުގައެވެ. މާގިނަ ދުވަސްތަކެއް ނުވެ އަބްދުއްސަލާމް އަވަހާރަވެއްޖެއެވެ. އެތަކުރުފާނު ފަސްދާނުލެވިފައިވަނީ ފުވައްމުލަކުގައެވެ. ދަރިކަލުން އެދުރު އަލީ ތަކުރުފާނު ފުވައްމުލަކުން ކައިވެންޏެއް ކުރައްވައިގެން އެބަނޑުން ލިބިވަޑައިގަތީ...

0

އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 14

ސުލައިމާނު އެދުރު ތަކުރުފާނުގެ ވާހަކަ މީދޫ އަލުން އާބާދުވުމާއެކު އިލްމު ފެތުރުމުގެ އާ ސިލްސިލާއެއް ފެށުނު ވާހަކަޔާއި އިލްމުގެ އެދުމުގައި ހަޒުރަމައުތުގެ ތަރީމަށާއި ޔަމަނުގެ ޒަބީދަށް ދަތުރުކުރުމުގެ އޮއިވަރެއް ފެށުނު ވާހަކަ ކުރީގެ ބާބެއްގައި ބަޔާން ކުރެވިއްޖެއެވެ. އީސަލް ޔަމަނީއޭ ކިޔުނު ޔަަމަނުގެ ބެއިކަލަކަށް މިދުވަސްވަރު ކޮންމެވެސް...

0

އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 13

ދަރިކޮޅުތަކުގެ ތައައްސުބާއި ޒުއްރިއްޔާތު އެންމެ ކުރީޒަމާނުން ފެށިގެން މުޖުތަމައު ބައްޓަންވެފައި އޮތީ ދަރިކޮޅުތަކެއްގެ މައްޗަށާއި އިމްތިޔާޒުތަކެއްގެ މައްޗަށެވެ. ހުރިހާ ވަގުފުކުރުންތަކާއި މުޖުތަމައުގެ ގުޅުންތަކާއި ބެހޭ އުސޫލުތައް އަތުރާލެވިފައި އޮތީ މި އިމްތިޔާޒުތަކުގެ މައްޗަށެވެ. އޭގެ ފެށުމާއި ސަބަބުތައް އިސްވެ ބަޔާން ކުރެވިއްޖެއެވެ. އެހެންވީމާ މި ބާބުގައި ލިޔާނީ...

0

އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 12

މިސްކިތްތަކުގެ ބޯގަ އާއި ދަރިކޮޅުތައް ކޯގަންނު މިސްކިތްތަކުގެ ވަގުފަކީ ހަމައެކަނި ވަކިބަޔަކު މަންފާ ލިބިގަތުމަށް އޮތް ވަގުފެއް ނޫނެވެ. މިސްކިތަށް ލިބޭ ރުއްގަސް ނުވަތަ މީދޫގައި ކިޔާގޮތަށް ކައްވަތަށް ލިބޭ ރުއްގަހުގެ މަންފާއިން މިސްކިތްތައް ބަލަހައްޓައި އާބާތުރަ ފިލުވައި ޚަރަދު ހިންގުމަކީވެސް މި ވަގުފުތަކުގެ އެއް ބޭނުމެވެ....

0

އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 11

ވިޔަފާރި ތައާރަފު ވުން ދަތުރު ފަތުރު ތަރައްގީވުމާއި ގުޅިގެން ދެކުނުގައި ނިޔަމިކަމާއި ނުޖޫމީ އިލްމާއި ބޭސްވެރިކަމުގެ އިލްމު ފެތުރި މަސައްކަތްތެރިކަން ވެސް އާ ގޮތަކަށް ބައްޓަންވުމަށް މަގުފަހިވިއެވެ. މިބަދަލުގެ ސިއްރަކީ ހަޒުރަމައުތާއި އަސޭކަރަޔާއި މިނޫންވެސް ތަންތަނަށް ދިވެހިން ދަތުރުފަތުރުކޮށް އުޅޭން ފެށުމެވެ. ފުޅާގޮތެއްގައި ވިޔަފާރި ކުރުމަކީ އެންމެ...

error: Content is protected !!