Author: އިމާދު | މުޖުތަބާ
އައްޑޫ ގަމުގައި ދެކޮޅުވެރިކަމެއް ފެށުން ޔޫސުފު ނާއިބު އަވަހާރަވުމަށްފަހު އައްޑޫއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށްވީ ޔޫސުފު ނާއިބުގެ ޔަހުޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަހުމޫދު ނާއިބުގެ ދޮން އަލީ ޚަތީބުގެ ދައުރުގައި އައްޑޫ ގަން ހިލިގަތުމެވެ. ކުރީ ބާބެއްގައި ލިޔެވުނު ފަދައިން ބުދު ދީނުގެ ޒަމާނުގައި...
ހާފިޒުންނާއި ފިގުހުވެރި އާލިމުންގެ ދައުރު މީދޫ އަލުން އާބާދު ކުރުމަށްފަހު ވަޒަންވެރިވި އައު އާއިލާތަކާއި ކުރީގައި ދިރިއުޅުނު މީހުންގެ ތެރެއިން އަލުން ރަށަށް ބަދަލުވި މީހުންނާއި މިއެންމެހައި މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ރަށް ހިންގާން ފެށީ ހާނެއި ކަލޭގެއެވެ. މީނާއަށް ފަހު މީނާގެ ދަރިކަލުން މަހުމޫދު ނާއިބު...
ރަށްރަށް ފަޅުވުމުގެ އެހެން މިސާލުތައް ފުވައްމުލައް އެތަކެއް ފަހަރު ފަޅުވިއެވެ. ފަޅުވި އަދަދާއި ބެހޭ ގޮތުން ޚިލާފު ތަކެއްވެއެވެ. ބުނެވޭގޮތުގައި ތިން ފަހަރު ފަޅުވިއެވެ. އަދި ހަތް ފަހަރު ފަޅުވި ކަމަށްވެސް ބުނެވެއެވެ. މީގެތެރެއިން ތިންފަހަރު ބަޔާން ކޮށްލާނަމެވެ. ފުރަތަމަ ފަހަރު ފުވައްމުލައް ފަޅުވެފައި ވަނިކޮށް އެރަށް...
ނަދުރު ބުނުމުގެ އެހެން މިސާލެއް މިއީވެސް ފޯކްލޯރުގެ ތެރެއިން މީދޫގައި ނަދުރު ބުނުމާއި ބެހޭ ވާހަކައެކެވެ. ފަންނިއަރި ކަލޭގެއަކީ ފޭރާންކުރާ މީހެކެވެ. މީނާ ފޭރާންކުރަން ދަނީ އިސްމެހެލާހެރައަށެވެ. އާދައިގެމަތިން އެއްދުވަހަކު ފޭރާންކުރުމުގެ މަސައްކަތުގައި އަވަދިނެތި އެބައުޅެއެވެ. ވަރަށް ހޫނުގަދަ ދުވަހެކެވެ. ވައިރޯޅިއެއްގެ ހިލަމެއްވެސް ނެތެވެ. ކުއްލިއަކަށް ފިނި...
މީދޫ ފަޅުވިކަން ޔަގީންވާ ހެކިތައް މީދޫގެ އިހުގެ ދަރިކޮޅުތައް ދެމިގެންއައި ގޮތާއިމެދު ތަހުލީލީ ސިކުނޑިއަކުން ވިސްނައިފިނަމަ މީދޫ އޮތީ މަދުވެގެން އެއްފަހަރުނަމަވެސް ފަޅުވެފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. އިހުގެ ދަރިކޮޅުތައް ވަރަށް ދުރުން ދެމިގެން އައިސް ވަކިހިސާބަކުން އަންނަނީ ހުސް ތަންކޮޅެކެވެ. އެ ހުސްތަންކޮޅަށް ފަހު އަނެއްކާވެސް...
ފަހުގެ ޚިޔާލުތައް