Category: ތާރީޚީ

ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -4 0

ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -4

މިފޮޓޯއިން ފެންނަނީ ވާރުގެ(އަތޮޅުއޮފީސް)ގެ އިރުމަތިން ފާލަން ސަޙައްދު ނުވަތަ މާވަށްދިހެރޭ އެވެ. ބޮޑުފާލަން ސަރަޙައްދުން ދެން ބަޑިޖަހާދޯނި ދިޔައީ ދެކުނަށް ރޯޝަނީމަގާއި ދިމާލުން ދޯނި ނުބީހޭ ހިސާބަށެވެ. މިފަރާތަށް ދޯނި ދާތަން ފެނުމުން ފަސްބާޑީގެ ރައްކާތެރިކަން ހޯދައިގެން ތިބި މީހުންނަށް އެތާނގައި ތިބެވޭނޭގޮތެއް ނުވިއެވެ. އެއީ މިފަރާތްގަނޑުގައި...

ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -3 0

ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -3

މިފޮޓޯއަކީ ބޮއްކުރާގެ ނަމޫނާއެކެވެ. ޢަބްދުލްވައްހާބާއި، މުޙައްމަދު ޙުސައިނާއި ދެކަލުން ފަތުޙުލްމުބާރިކް އޮޑީގެ ބޮއްކުރާ ބާލައިގެން ތިނަދޫ މާފުއްޓާ ދިމާލުން އިރުމައްޗަށް ކަނޑުތެރެއަށް ނުކުތީ ރިޔަލެއް ފައްޔެއް ރިތެއް ފަދަ އެއްޗެއް ވެސް ނެތިއެވެ. ކާނެ ބޯނެ އެއްޗެއްވެސް ނެތިއެވެ. އުތުރުން ޖެހޭ ވައިގައި ބޮއްކުރާގެ ދެކޮޅުގައި ތިބެގެން...

ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -2 0

ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -2

ފޮޓޯގައި އެވަނީ “ސިލްވަރކްރެސްޓް” އެވެ. ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ދެވަނަފަހަރަށް އުފެދުނު ހަމަނުޖެހުމާއިގުޅިގެން އެކަން ހަމަޖެއްސުމަށް ކުރި ދަތުރުގައި ހަވަރުތިނަދޫއަށް “ސިލްވަރކްރެސްޓް” ދިޔައީ 30 ޖެނުއަރީ 1962މ. އަންގާރަދުވަހު މެންދުރު ދެގަޑިބައި- ތިނެއް ޖަހާކަންހާއިރުއެވެ. މިދަތުރުގައި ހިމެނިވަޑައިގަންނަވަނީ ބޮޑުވަޒީރު އިބްރާހިމް ނާޞިރާއި، މަޙުކަމަތުއްޝަރުޢިއްޔާގެ ވެރިޔާ އަޙުމަދު ޒަކީ އާއި،...

ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -1 0

ހަވަރުތިނަދޫން މީހުން ބޭލުމުގެތެރެއިން -1

ދިވެހިދައުލަތާމެދު ހުވަދުއަތޮޅުގައި ދެވަނަފަހަރަށް އުފެދުނު ހަމަނުޖެހުމާއިގުޅިގެން އެކަން ޙައްލުކުރުމުގެ ދަތުރުގައި ދިވެހިސަރުކާރުގެ އުޅަނދު “ސިލްވަރކްރެސްޓް” ހަވަރުތިނަދޫއަށް ދިޔުމާއި އޭގެފަހުން ހިނގިކަމެއް ހިނގައި ނުހިނގިކަމެއް ނުހިނގުމަށްފަހު އެރަށުން މީހުންބޭލުމާއި މިދެމެދުގެ ކަންކަން ހިނގައިދިޔަގޮތް ބަޔަކުލިޔުނުނަމަ، ލިޔެފައިވީ ނަމަވެސް އެލިޔުންތައް ޢާއްމުކޮށް ގިނަބަޔަކަށް ނުފެނި މިހާރު ބައިޤަރުނަށްވުރެ ގިނަ ދުވަސްވަނީއެވެ....

ސައްޔާޙެއްގެ ޔައުމިއްޔާއިން 0

ސައްޔާޙެއްގެ ޔައުމިއްޔާއިން

އެއީ ވެސް މުސްލިމުންނެވެ. އަޅުގަނޑުމެންގެ މިރާއްޖޭގައި ތިބީ ވެސް މުސްލިމުންނެވެ! މީގެ ދެތިން ދުވަސްކުރިން، ބައްދަލު ނުވާތާ ދުވަސްކޮޅެއްވެފައިވާ ރައްޓެއްސަކާ ބައްދަލުވިއެވެ. ދުވަސްކޮޅެއް ވެފައި ބައްދަލުވީތީ ޙާލު އަހުވާލު އަހައި، ބައްދަލުނުވެ އެހާ ދުވަސްވީ ކީއްވެގެންތޯ އަހާލީމެވެ. އޭނާ އައީ ރާއްޖެއިން ބޭރުގައި އުޅެފައެވެ. ބައްދަލުނުވެ ދުވަސްކޮޅެއްވީ...