އައްޑޫ ބަހުން ކުރުވާހަކަ 8 – ބޯޑެއްޔާގެ އިނގިރޭސި ހޮއްލުން

ދިވެހިން ފުޓުބޯޅަ ޖަހާއް ދަސްކެޑެއި މުހައްމަދު އަމީނުގެ ދައުރެ ސިލޯނުން ގިނާ ކޮންމިޔަސް މައިކަލް ޑިސިލްވާކާ އެކުހުން. އެހެންފެހެނާސް އައްޑޫ މީހުން ފުޓުބޯޅަ ޖަހާއް ދަސްކެޑެއި ގަމި ތިބި އިނގިރޭސިން އެކުހުން. އެޒަމާނަކީ ދުނިޔޭގެ ފުޓުބޯޅައި އިނގިރޭސިން އެންމެ ވިދި ޒަމާން. އެހެންވީމެއި އިނގިރޭސި ކޮރަ ބެއްޔާކާ ގަމައް އާހަސް ބޯޅަ ޖަހައި ހަދައި.

އިނގިރޭސިން އެކަހައް ވަޒީފާއް ގޭ އައްޑޫ މީހުންނައް އެކޯ ކޭއި ހަދަނީ ކާމައް އޭ މީހުން ނުންފެހޭ ލޭބަރުންނާއު. ކާމައް ގޭ ގިނަ މީހާ އިނގިރޭސިން އެކުހުން ފުޓުބޯޅަ ޖަހާއް ދަސްކޮއްގެން ނިކަން ފޯރީއޭއި އެކީ ބޯޅާ ޖަހާއް ފަށަގަތާ. އެދުވަސްވަރި މާލޭ ކިޔަވާއް ތިބަފެއި އިސްކޯލެ ޗުއްޓީއެ ރަށައް އާ ކޫދަކާމެންނާއި އެކީ ހިތަދޫ ލޭބަރުންގެ މީހާ ފުޓުބޯޅަ މެޗައް ރާވަލިޔަ. ލޭބަރުންގެ ޓީމެ ތިބި މީހުންގެ އެތެރެ ވަނަމަކައް ބޯޑެއްޔާ އައު ކޭ ހިތަދޫ މީހަކަސް ހިށި. މި ބޯޑެއްޔާކީ އިނގިރޭސި ބަހައް ކަނޑި ކަތުރު މީހައް. ގިނަފަހަރައް ރަށި މީހުންނާއި އަދި ގޭ މީހުންނާއިޔަސް ވާހަކަ ދައްކައި ހަދަނީ އިނގިރޭސި ބަހުން.

މެޗާ ފަށަގެން ކޮޅެމުން ގޭކޯ ބޯޑެއްޔާ އޮންނެއި ލަނޑަ ޖަހާ ފޯވާޑަކައް. ބޯޑެއްޔާ ދިވަދިވަ ހިށިވޭލެއި ލޭބަރުންގެ މީހަކާ ބޯޑެއްޔާއް ދޭއްވެގެން ބޯޅާ ޕާސްކެޑެމެއި އެޔާ ގެއި ބޯޑެއްޔާއްވަނި މާ ފަހަތައް. މިކަމާއި ރިޑިއަރަގެން ބޯޑެއްޔާ ކޭފި އޯއި ޔޫ ބުލަޑީ ފޫލް އައު. ޕާސް ދަ ބޯލް ޓު މައި ފިއުޗަރ އައު. ނޮޓް މައި ޕާސްޓް އައު. ބޯޑެއްޔާގެ މުރާދަކީ އޯއި މިހިށި މުއާއު. ބޯޅާ ޕާސްކެރާއްކެން ތިމާގެ ކުރިމައްތައް. ފަހަތައް ނުނާއު ދޭއްވީ. މެހެން ކޭއް ހިނގި ފެހެނާސް ކީފެއި އޮއް އެއްތާގެ މާނާކީ އޯއި މިހިށި މުއާއު. ބޯޅާ ދޭއްކެން ތިމާގެ މުސްތަގުބަލައް. މާޒީއައް ނުނާއު ތިޔާ ފެނޑުވާއްވީ.

ކޮންމިއަކަސް މިބަހާ އެންމެންނަށަސް ވަރައް މަޖާވެގެން ބޯޑެއްޔާއި ދާވާއް ފަށަގަތާ. މިކަމާއި ބޯޑެއްޔާ ހަމަ އަޅާސް ނިލައި. މާކަންތެތި ބޮނޑަވެގޭފެހޭ އިނގިރޭސި ރާގަ ލާފެއި ހަމަ އިނގިރޭސިން ކޭ ޒާތައް އަހުވަލާހެއް ވޮޑިޔައް ޓޮކިނަބާ އައު. މީ ބޯޑެއްޔާ ކީމެއި އަޑަ އަހާއް ތިބޭ މީހުން ކަންފަތައް ވަންނަލެއް.  އެހެންފެހެނާސް މިބަހާގެ އަސްލަކީ ވަޓް އާ ޔޫ ޓޯކިން އެބައުޓް އައު. މިބަހާން ބޯޑެއްޔާގެ މުރާދަކީ ތަފިރިން ތެ ހޮއްލަނީ ކޮން ހޯޅައްތައު.

You may also like...

Leave a Reply

Your email address will not be published. Required fields are marked *