މީދޫ މީހަކާގެ އުދާސް ބަންޑުންވުން

އީރުގެ ދެން. ސުރި އޮރި. އެއްވެސް އެއްތަކަށް ނިވި. މީހަކާ ދޮންދިޔަގެ ރައްކަލިވިޔަސް ތޭ ދެން ބޮނޑޮވަރޮ. ތެނުނަސް ގޮއު ހުއްޓިގޭ ބަރޮވަލައިން އަވަ ދަކުން. ރާބޯގެން ތޮފި އެޑަގެން ގޫފާލަކި މަތިހެން އަނގަ ހަދަގެން ވޭޑެނަސް ތޭ އަދި މުންދަރޮވަސް ނިކެނޑޭ ކުދު ދާރަށް. މަ ހަމަ ހައިރާނުން ބައިނާޅި ތެއު ހީގެތާ. ކޮންމި ވާހަކާއް ދައްކަގެން ގޮސް މިޖެހެނީ ކުއްދީދީ ރުއް ފަޅަގަނޑި. މަގި މަދިރިގޭ ކަމުގައި ހެދިގެން އޮވެ ތަންތަނުން ބަސް ކާގެން އާސް ތެކެރާ މަސައްކަތް ހުވަދޫ ކަނޑަށް ބޯލައް ވެއްޓުމަކީ އެއްވަރޮ. އަނގަ މުޑޭށި ގަނޑޮ ހޯހަތާ ޖެހިގެން އާސް އެހެން މީހުން ލައްވައި ގަންޑެޅި ގަރުވާއް ތެހިނގަނީ.

ގެރި އައިނާއި ފަހަތި އޮންނަ އެއްތާށަސް އެޔާއި ފުލެ ހިންނަ ގޫނިފެނޭހެއް. ތެހެން ޅިއްޗިއަރަގޮސް ދޮން އަމާ މޫނުހެން މޫނުހަދަގެން ހިށެ ބަޑިތަކުރު ވެހިރެއި އަލަފަތް އާލެކަށް މާއިދިމާއް ގައު އުކިޔަސް މަ ހިތަށް ނިއަރައި އެށެކުދު ފަޅަގަނޑަކި މެހި ކުދާއުއަސް. ޕޮއް ޖެހޭނެއި ތެކަހަލެއި ފޮސް ފަންބުޑާމެން ފޮސް ކަލޯމެން ފޮސް ކާނލޯމެން. އަފިރިން ކަހަލެއި ދޮން ބޮނޑޮ ގުޑް ލަކީ މެންނާއި އެކީ ވޭޑޭނެއި އަބަދަށަސް އެޅެބެޔާ ކޮއް ހައުލާމެއްޔަ. ބެރެބެދި މަލާއްވީވަރޮ ވޭށިޔައު ބެނިކޯ ކޮބާ އަގަލަ؟ ދެނަސް ތިމާއި ވަރުން އެޑިގެންވޭ މީހުންނާއި ނުންފެހޭ މުއަވެގެން ގޫކީގެން ނިވޭޑޭހެއްތި. އެހެންނުންފެހޭ ކައުޅާ ތެއު ނައިށާ ޖަހަގެން އެބޭހެއް.

މީ އައުރުހާއު ކޭމީހައް. ތެ ޒާތަށް ކުކުޅު ކުއްސުރި ވާހަކަ ދައްކަމުން އޭފެހޭ އީސަގެ ކުއްދާ ރޮނޑާއި ހަންދެމިލެކަށް ދަމަލާށުން. އެވަރޮ ކަމިނިވޭފެހެނާ ބޮނޑޮ މަށަގަނޑި ޖަހައި މުގުރަލާށުން. އަވަދެނުން ކެކެރައް ފެޑި ލެކަށް ފަޑާށަސް. ދެން މަ ކެންކެޑެއި. ކެރާނެ އެހެން ކަމަށް ނެތްފެހޭ ރާގައުލާފެއި އިސްސަށި އުހުރާއް އެބޭ. ފައްފަޑަގޭ އޯޑަނާ ހިތައު އަރާ ބަސްދީ ދެން. އަވަ ނިހިނގަން ބޮނޑޮ ދޮންވެލިގަނޑަށް ތާއި ހިފޭއް އޭކަށް. ތެކަހަލެއި މެލަތަންބީ އަކާ ގައިން ދޮވާނެއި ޒަގަރައިޓު ޒަންގާލީ ޒައްބަގުޑާލީ ކުއްލިމޯލިވަސް.

މިދެ ނިދެނި މޫސާ އަންވަރު ވިދާ ގިރިޓީ އެއި މާލިންބޭ ދަބަރާގެ ތަފާތު. ކޮނޑޮ ކެނޑި އެއި ބައު ކެނޑީގެ ތަފާތަކަސް ނިއެނގެއި. ކުބެއްޔާ ބިސްކޯޒު ޑަބިޔާއިން އެރި ދުންފޮދާއް ވަނި މިޔަގެ އޮލަކަން ބޮނޑޮ. ކައްދަށް ދިންމެއި މަށް ދިޔެނެއި ނުންކަމާއި ކިތަންމި ގިނަ އިތިރިފިޅި ރަށަށް އެރިޔަސް މަ ފަޅޯގެހާ ޖަހަލެއި ނިއޭހެއްކަން ހަމަ ނިއެނގެނީޔާ؟ މީދެލާ ރުކައް އަރާލެކަށް ކިތަންމި ހަލޫ ހަލޫކޮށް މަގި ދެކެޑަށް ހިނގިޔަސް ތޭ ހަމަ ދެރެދެރެފެއި ހޯދާ މާވަޑިގޭ ފޭރާ. މަހުވެއި ބިއްލާހި ވައްލާހި ތައްލާހި ބަރާއަތުން މިނައްލާހި އުޑުއުސްކަން ބިންތިރިކަން ކަނޑޮ ފުންކަން ދެނޯ ސިއްތިޔަގެ ކުރަގަނޑަސް ތެއަށް ވަނި ހާސްބައި ހެއު. ނިވެހާ ކޫދަކި ފޫޅު ހޯދާއް ހިނގުމާއި ހަނޮދާ ފޯލާކި މަދޮ ހޯދާއް ހިނގުމާއި އިރަށް ދަރާ ތޮށަލިގަނޑޮ ހޯދުމަސް ތެމީހާ ސީދާ ކެޑުމަށްވަނި ފަސޭހަ ވޭހެއް.

އައުވޭޑަކި ބައު ކުނބަށް ޖެހިމެއި ހިންނަނެ ލެކާއި ކުކުޅާ އިނދޯލަށް އެރުވިމެއި ހިންނަލެކާއި ބުޖަޑާއް ބީވާ ދިން އުސޫލު ނިއެނގޭ ފެހޭ ފުންތާކަށް އެރި ހަނަގަން. ހަނޮ އަނބަރަނީޔައު މީހުން ކޭނީ ތެޒާތުގެ ކަންކަމަށް. މީ ކޮން ވެށެވެއްކާނައް ވެއްޓާ ދާރަކާތައު މަ އެހިކަމަށްޓަކައި މާކަސްލާނު އުޑެޖެހިފެއި ބިމެ ތެޖެހެނީ. ފެހެލަހުކުރާ ތެހިށީ ހެއުކޮށް ބޮލެ ނައިށި ނިބެދި. ހެމެދިޔަގެ އައިސާ އުމުރު ބެނާލެކަށް އަދި އީސާ ހަސަނު ވިޔަކެރާލެކަށް ތޭ ހަމަ މުޑުފެރެޑިގޮސް ހިށި އަކުރު ނިދެންނަ ތައްދާ ވަލި ކެރަނދުރު މުރުތައްދާ. މުހަދާ މަރޮވީފަހުނަސް މިކަހަލެއި ކަމަކާއި ދިމާނިވެއި. ފާތިންދިޔަ މެކުހަށް ޖަހާލެކަށް ޖެހިޔަސް ތެހިށީ މިޅިމީހާ ކަންކޮވާލިވެގޮސް.

ފަންނިޔަރި ކަލޭގެ ބެނި ނަދުރާހެން މި މިއޮތީ ހަމަބިން ކަކުލާއި ހަމާއް ގަނބުވަގެން ހައްތަރި ކަހަތުގެ ޖައުޒު ބަލާއިން މިންޖު ނިވެވިފެއި. އަހަންމަދާގެ ދިޔަ ހެނިހެނުން ބާތިލުވީ ލެކަށް ކެރާ ކޮންމި ކަމަށް މިއެނީ ފަންފުލުން. މާއި ޖެހިފެއި މިއޮތް ބާސްމާ މުޑޭށި ގަނޑަކީ ނަގުލަށް ވަޅި ނިދަރައި އޮތް ކުކުޅު ހުންގާނަށް. ޒުވާރި ދަޑި ހަންޑިޔަކަށް ވަނި މިޔަ ވައްތަރީ ވަށޮ ބެއްޔާ ގިނާ ޖިއްނާއި. ފަންނިޔަރި ކުކުޅެހިން އަރުވާ އެއްތެންނާސް ކުނިފެޅަ މުޑޭށި މިކޭއެއްތާ އަޑޮ އަހާއް ފަސޭހަވެގެ. އެކަމަކި މިޔަ މިޖަހަނީ މެދެ އުޑުން ގުގުރު. ހައްވާގެ ތެލިފޯނާއިނަސް ނިކޭ އެއްތެތި މިކެނީ. މުދިބައި ހުސްކެޑެ ވަގާ އިރިކިޓި މަލާ ލާފެއި އޮޑިހަނޮ ގޭވި ވާހަކާއި މޫސާ ބެއްޔާ ބޮލެއެޑި އެއި ބަންދާއި މެދެގޭ ބެޔާ މުހީއްދީނަށް ދިން ކެއުއަރިޔަގެ ވާހަކަ މިތާކަށް ބޭނުމައް ނުން. ލިބާހެ ގަނޑޮ އެޑެނަސް ހިތެ ގަނޑޮ ނިއެޑޭހެއް.

ކޮންމެހެން ބުރުދާ ގާއިމުކޮށް ފޮތިގަނޑި އަތްނިލެވިޔަސް އޭ އެންމެންނަށް އެނގޭ ކަމަށް. އެންގެވި ގޮތަށް ނިވޭޑޭ ކޮންމި މީހަކާއި ދިމާއް ރޯދަ  ނިހިފާ ކަންބަރާ އީދިގަލިގޭ ހަސަންބަރާއު ކޭ އެއްތެންނާ ތާއި ދިމާށަސް ކޭނެއި އެހެން. މާކަންނެތާ ލީ ވައިގެޅާއި ހުސޭނު ހަރޮ ގޫބާޑަކީ ފެލާވަޅައް އެއްތެންނާ ދޯނި މުހުންމާއި ރެއްކާއި ދެވެރިޔަ މަސްލާގެން ނިކާށިޔަ. ގަބުޅާ. އަވަނިބެނަމޭ ބުއްލާ ވިލެ ހިނގިޔަސް މަ ހިނގާށުމާއު. ކަޅޮވެމާ ބޮލެޖެހިމާއު ހިތެއި އޮންނަހެއްތި. އަނގަ ގަދަ ހިވަޅާއްވަނި މަގޭ ކަންތެތި މައްތައް އެބެގެދީ. މަ އަދޮ ހަމަ ލޮޑޮކުރައްވަފި. މިޔައި ބޯދައްފަޑާއް ޖެހިގެންގޮސް ހަސްލާއި އުޅި ހަޅި ބޭވި ހިމެ އޮތް ރޮދިގަނޑަސް ނިލިބޭ ހިސާބަށް އެބެގެ. ބޮނޑޮ ރަތްފާދިގާ ކޮޓަންކުރާ. ދެން އަދޮ ކުދިން ބަލިވެގޭމެއި ވެށެފެލަ ބާވަނީ. ވައްސަލާން

You may also like...

Leave a Reply

Your email address will not be published. Required fields are marked *