އައްޑޫ ބަހުން ކުރުވާހަކަ – 2 ބީރިބޮލް އޭއި ވަގަކަޅާ

ވަރައް މުއްސަންތި ސައުދާގަރަކާގެ ގެން ކޮންމިޔަސް މީހައް ވަރައް ބޮނޑަ ވައްކަމައް ކޮއްގައް. މިކަމުގެ މައްތައް ސައުދާގަރަ ޝައްކު ކެޑެއި އެގޭ ގިނިވޭޑޭ ނޯކަރުންގެ އެތެރުން ކޮންމިޔަސް ނޯކަރަކާއް. މިކަމާއި ދޭތެރެ ވިސްނަފެއި ސައުދާގަރަ އެބެގެ ބީރުބޮލް ވަޒީރު އެކަހައް. ގޮސްކޭފި ތިމާ ގިނިވޭޑޭ ނޯކަރަކާ ވަރައް ބޮނޑަ ވައްކަމައް ކޮއްގަތާއު. މިހިނގަނީ ކަންކާކަން ނިއެނގިގެނާއު. ވީމެއި އޭ ކޮން ނޯކަރަކާކަން ހޯދައި ދެރަފެލާއްކެން.

ސައުދާގަރު އެއި އެކީ ބީރުބޮލް އެގެއްގޮސް ހުށިހެއި ނޯކަރުން ގިނާސް އަހަފި ތަފިރިންގެ އެތެރުން ކަންކާތައު މިވައްކަން ކެޑެއި. ކޮންމި ނޯކަރަކާސް ޖަވާބު ދިނީ ތިމާ ނުންމާއު. ބީރުބޮލް ކުދުކޮއް ވިސްނަލާފެއި ކޭފި އެންމެ ރަނގަޅާއު. ތެވެރިންގެ ކޮންމި މީހަކާށަސް ތިމާ މިދެނީ ދަނޑިކެޑަކާއު. މި ދަނޑިކެޑާ މާދުމެއި ހެންނެއި އޭކަލަކި މިތާން ގިނޭއްވޭށިޔައު. މިކޯ މިހުށިހެއި ދަނޑި އެއްވަރަވިޔަސް މާދުމެއި ވޭކޯ ވައްކަން ކެޑެ މީހަކާގެ ދަނޑިކެޑާ ދެ އިންޗި ދިގިވޭށިޔައު.

ހުށިހެއި ނޯކަރުން އެރެއި ގެއް ގޮއްސެއި އެނައްދުވެހި އާކޯ ބީރުބޮލް އެނގުވި ގޮތައް ދަނޑިކެޑާ ގިނާސް ދެރެފިޔަ. މިތަނުން އެހެކާ ގިނާ ދަނޑިކެޑާ އޮތީ ދެ އިންޗި ކުރުވެފައި. ބީރުބޮލް ކޭފި ސައުދާގަރާއު މިގެން ވައްކަން ކެޑެމީހާ މިއޮތީ ފަޑައި އަރަފެއްޔައު. ވައްކަން ކެޑެއި މިޔައު. ދެން އެ ނޯކަރަ މީހާ ބެނދެފެއި ހުރަގެއް ފެނޑުވަލިޔަ.

އެދުވެހި ތަންކެޑައް ފަހުން ބީރުބޮލް އެކުހުން ސައުދާގަރު އަހަފި ދަރުމާސް ވޭށިޔައު ވައްކަން ކެޑެ މީހާ ދެނެގަތީ ކޮންކަހަލެއި ހިކުމަތަކުންތައު. ބީރުބޮލް ކޭފި ވަގަ ނޯކަރަ ގިނިގޭ ދަނޑިކެޑާ ދެ އިންޗި ދިގިވޭހެއް ކަމައް ޔަގީންކޮއްގެން އެރެއި އެޔަ ނިދީ ދަނޑިކެޑާން ދެ އިންޗި ބުރިކޮއްލައިޔައު. އެހެންވެ އެހެން ނޯކަރުން ގިނިގޭ ދާނޑައް ވަނި ވަގަ ނޯކަރު ގިނާ ދަނޑިކެޑާ ކުރުވޭހެއް ނުންތައު. އެލެކުނާއު ހޯދަގަތީ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *