އަރަފެއި އޮންނަ އޮޅުމައް ފަލުވައި ދިނުން

އައްޑޫ މީދޫ އުތުރެ ފަރާތި އޮންނަ މާކަނާހެރަފާ އޮތީ މީދޫ އެއި ވަކިވެފެއި.

މާކަނާހެރަފާއި ކުދުހެރާއި ދޭތެރޭ އޮންނެއި ވަކިވެފެއި. މިދޭތެރައްކޭނީ އެޅެތޮށިގޭ ވެހަ.

ކުދުހެރާއި ހިކަހެރަ އޮންނެއި ވަކިވެފެއި. މިދޭތެރައް ކޭނީ އަލިޔާ ވެހަ.

ހިކަހެރާއި އިސްމެހެލާހެރަ އޮންނެއި ވަކިވެފެއި. މިދޭތެރައް ކޭނީ ހިކަހެރައިވެހަ. (ތިންވެހަ ނުވަތަ ތިންވެހައިފޫ) މިކޯ ފަރެންދާ އެޑަފެއި ފުންކެރަނީ މިތަން.

އިސްމެހެލާ ހެރާއި ކެޑެވާހެރަ އޮންނެއި ވަކިން. ދެޔަ ބޮޑޮވީމެއި ދެރަށަކުގެ ގޮތެ ފެނެއި.

ކެޑެވާހެރާއި އެއްގެސްހެރެއި ގައްލީޝާ (މަށަގަނޑޮ) އޮންނެއި ވަކިވެފެއި. މިދޭތެރައް ކޭނީ ކެޑެވާހެރައި ވެހަ.

އެއްގެސްހެރެއި ގައްލީޝާ އޮންނެއި ބޮނޑޮ ހެރަގަނޑި ހުޅަނގޮ ފަރާތި. އެއްގެސްހެރެއި ގައްލީޝާއި ބޮނޑޮ ހެރަގަނޑޮ އޮންނެއި ވަކިވެފެއި.

ބޮނޑޮ ހެރަގަނޑާއި މާހެރައި ގައްލީޝާ (މަށަގަނޑޮ) އޮންނެއި ވަކިވެފެއި. މާހެރައި ގައްލީޝާ އޮންނެއި ބޮނޑޮ ހެރަގަނޑާއި ކެޑެވާހެރައި ވެހާއި ދޭތެރެ.

ހެރެއިކެޑެ ހެރަފާއި (ހެރަފާ ގަނޑޮ) މުޑަކަން އޮންނެއި ވަކިވެފެއި. މިދޭތެރައް ކޭނީ ހައިކަލޭގެ ވިލު.
މުޑަކަނާއި ކަނޑިހެރަ އޮންނެއި ވަކިވެފެއި. މި ދޭތެރެ އޮންނެއި މާކަނޑޮ.

ކަނޑިހެރާއި ފަތިކެޑެ ހެރަގަނޑޮ އޮންނެއި ވަކިވެފެއި. ފަތިކެޑެ ހެރަގަނޑާއި ހިތަދޫ ފަރާއި ދޭތެރެ އޮންނެއި ވަކިވެފެއި. މިދޭތެރަށް ކޭނީ ކޮޑަކަނޑޮ.

ކޮޑަކަނޑި ހުޅަނގި ފަރާތި އޮންނެއި އިށެފަޅޮ. އިށެފަޅާއި ޖެހިގެން އޮންނަ ހަނި ނެރައް ކޭނީ އަންހެނުންގެ ނެރެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!